Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މަސްނޫއީ އަތް

"ހަށިގަނޑާ ވަކިވެފައި އޮތް އަތަށް ކުރެވޭ އިޙްސާސްތައް ދެނެގަނެވޭ"

ދިރާސާވެރިން އީޖާދު ކުރީ 'މިނީޓަޗް' އަކީ، މަސްނޫއީ އަތުގެ އިނގިލި ކުރިތަކަށް ކުރެވޭ ފިނިހޫނު ކަމުގެ އިޙްސާސްތަކުގެ މަޢުލޫމާތު، އެ މީހާގެ ގުނަވަނުން ބާކީ އޮތް ބަޔަށް ފޯރުކޮށްދޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2024 | ބުދަ 09:36
މިހާރު އޭނާ ބޭނުން ކުރާ މަސްނޫއީ އަތަކީ، ދެވަނަ މީހެއްގެ ގައިގައި އަތް ޖައްސާލުމުން، އެމީހެއްގެ ގައިގައި ހުންނަ ހޫނުކަން އިޙްސާށް ކޮށްދޭ މަސްނޫއީ އަތެއް

މިހާރު އޭނާ ބޭނުން ކުރާ މަސްނޫއީ އަތަކީ، ދެވަނަ މީހެއްގެ ގައިގައި އަތް ޖައްސާލުމުން، އެމީހެއްގެ ގައިގައި ހުންނަ ހޫނުކަން އިޙްސާށް ކޮށްދޭ މަސްނޫއީ އަތެއް

އެކްސިޑެންޓްތަކުގައި ލިބޭ އަނިޔާއަކީ ބައެއް ޙާލަތުގައި މުޅި ޢުމުރަށްވެސް އެކަމުގެ އަސަރުތައް ދެމި ހުންނަނިވި އަނިޔާތަކެކެވެ. އެއީ މީގެ 37 އަހަރު ކުރިއެވެ. ހިނގި އެކްސިޑެންޓެއްގައި، ފެބްރީޓްޒިއޯގެ އަތުގެ ބަޔަކަށް، ޢުމުރު ދުވަހަށް އަލްވަދާޢު ކުރަން މަޖުބޫރުވިއެވެ.

މިފަދަ ކަންކަމަކީ ދިރިއުޅުމަށް ބޮޑު އަސަރެއް ފޯރުވާ ކަންކަމެވެ. ހަށިގަނޑުން ބައެއް ވަކިވެގެން ދާ އިރު، ބައެއް މީހުންނަށް، މަސްނޫއީ ގުނަވަނެއްގެ ނަޞީބު ލިބެއެވެ. އެވަރުން އަދި ފުދުނީ ކަމަށް ބެލޭކަށް ނެތެވެ. އަހަރެމެންނަކީ އަނެކާގެ ލޯތްބާއި އަޅާލުން ބޭނުންވާ ބައެކެވެ. އެންމެ ނުތަނަވަސް ވެފައި ހުންނަ ވަގުތެއްގައިވެސް، ލޯބިވާ މީހެއްގެ ފަރާތުން އެ ލިބޭ ފިރުމުންތަކުން ހިތަށް ހަމަޖެހުން ގެނެސްދޭ ގޮތްވެއެވެ. މަސްނޫއީ ގުނަވަނަކުން އެ އިޙްސާސްތައް ކުރެވޭނެ ހެއްޔެވެ؟

އެކްސިޑެންޓަށް ފަހު މަސްނޫއީ އަތެއްގެ އެހީ ބޭނުން ކުރާ ފެބްރީޓްޒިއޯ މިހާރު ދަނީ، މި ދެންނެވި ފަދަ އިޙްސާސްތައް ތަޖުރިބާ ކުރަމުންނެވެ. މިހާރު އޭނާ ބޭނުން ކުރާ މަސްނޫއީ އަތަކީ، ދެވަނަ މީހެއްގެ ގައިގައި އަތް ޖައްސާލުމުން، އެމީހެއްގެ ގައިގައި ހުންނަ ހޫނުކަން އިޙްސާށް ކޮށްދޭ ފަދަ ގޮތަކަށް އުފައްދާފައިވާ މަސްނޫއީ އަތެކެވެ.

މީހެއްގެ ހަށިގަނޑުން ބުރިކޮށްލާ ގުނަވަނުން ބާކީ އޮންނަ ބަޔަށް ކުރެވޭ އިޙްސާސްތައް، ދިރާސާވެރިން ވަނީ ރަނގަޅަށް ދެނެގަނެފައެވެ. ނަމަވެސް މިއީ، އެމީހަކު މިހާރުވެސް ބޭނުން ކުރާ މަސްނޫއީ ގުނަވަނުގެ އެހީގައި، ފިނިހޫނުމިން ދެނެގަނެވޭ ގޮތަށް ފަރުމާކޮށް އީޖާދު ކުރި، މުޅިން އައު ޓެކްނޮލޮޖީއެކެވެ.

ދިރާސާވެރިން އީޖާދު ކުރީ 'މިނީޓަޗް' އަކީ، މަސްނޫއީ އަތުގެ އިނގިލި ކުރިތަކަށް ކުރެވޭ ފިނިހޫނު ކަމުގެ އިޙްސާސްތަކުގެ މަޢުލޫމާތު، އެ މީހާގެ ގުނަވަނުން ބާކީ އޮތް ބަޔަށް ފޯރުކޮށްދެއެވެ.

ސްވިސް ފެޑަރަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން ލޯޒޭން (އީޕީއެފްއެލް) ގެ ނިއުރޯއިންޖިނޭރެއް ކަމަށް ވާ ޑރ ސުލައިމާން ޝުކޫރު ފާހަގަ ކުރި ގޮތުގައި، މަސްނޫއީ އަތަށް ކުރެވޭ އިޙްސާސްތަކަކީ، ގުނަވަންތައް ސަލާމަތުން ހުރި މީހަކަށް ކުރެވޭ އިހްސާސްތަކާ އެއްގޮތް އިހްސާސްތަކެކެވެ.  

ދިރާސާވެރިން އީޖާދު ކުރި މި ހާއްސަ ޑިވައިސް ހަރުކޮށްފައި ވަނީ، ފެބްރީޓްޒިއޯ މިހާރުވެސް ބޭނުން ކުރަމުން ދާ މަސްނޫއީ އަތުގައެވެ. އެ ޑިވައިސް ގުޅާފައި ވަނީ، ބުރިކޮށްލި އަތުން ބާކީ އޮތް ބަޔާއެވެ. އެގޮތަށް އެކަން ކުރުމުން، ފެބްރީޓްޒިއޯގެ 'ފެންޓަމް' ޝަހާދަތް އިނގިއްޔަށް އެނގުން ވާ ކަހަލަ  އިޙްސާސެއް އޭނާއަށް ކުރެވެއެވެ. 'ފެންޓަމް' އިނގިއްޔަކީ، ހަށިގަނޑާ ވަކިވެފައި ވާ ނުވަތަ ބުރިކޮށްލާފައި ވާ ގުނަވަން، ހަށިގަނޑުގައި އަދިވެސް އިން ކަމުގެ އިޙްސާސް ކުރެވޭ ގޮތް ވުމުން ދެވޭ ނަމެކެވެ.

ފެބްރީޓްޒިއޯއަކީ ދިރާސާގެ ހަމަ އެކަނި ބައިވެރިޔާއެއް ނޫނެވެ. ހަށިގަނޑު ގުނަވަންތައް ބުރިވެފައިވާ އިތުރު ބަޔަކުވެސް ދިރާސާ މަރުހަލާގައި ބައިވެރިވިއެވެ. އެމީހުންވެސް ބުނެފައި ވާ ގޮތުގައި، އިތުރު މީހެއްގެ ހަށިގަނޑުގައި ބީހިލުމުން ނުވަތަ ޖެހިލުމުން އެ ކުރެވޭ އިޙްސާސްތައް، އަމިއްލަ ނަފުސަށް ކުރުމުގެ ފުރުޞަތު އަލުން ލިބުމަކީ، މި ނިޒާމުގެ އެންމެ މުހިންމު ފައިދާއެވެ.

ސުވިޓްޒަރލަންޑްގެ އީޕީއެފްއެލްއާއި އިޓަލީގެ ސެއިންޓް އާނާ ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒް އިން ޕީސާ ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި ދެން އޮތީ، އަމިއްލަ ގެތަކުގައި ތިބެގެންވެސް ޑިވައިސް ބޭނުން ކުރެވޭ ގޮތް ހެދުމެވެ. އަދި އެންމެ އިނގިއްޔަކަށް އިޙްސާސްކޮށް ދިނުމުގެ ބަދަލުގައި، އެ ކުރެވޭ އިޙްސާސްތައް ގުނަވަނުގެ އެކި ހިސާބުތަކަށް ގެނެސްދިނުމަކީވެސް ޢަމާޒެކެވެ. އެގޮތުން ހޫނު އެއްޗެއްގައި އަތް ޖެހުމުން، ފިނިހޫނުމިން އިޙްސާސް ކުރެވުމާއި، މީހަކު އޭނާގެ އަތުގައި އަތް ލުމުން އެ ކުރެވޭ އިޙްސާސްގެ ތަފާތު ވަކި ކުރަން އެނގޭ ވަރު ކުރުންވެސް އަދި އޮތީ ކުރިއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން

އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން

28 ޑިސެމްބަރު 2017
ސަލްމާން ހާންގެ "ޓައިގާ ޒިންދާ ހޭ" ޕާކިސްތާނުގައި ރިލީޒް ކުރެވޭކަށް ނެތް

ސަލްމާން ހާންގެ "ޓައިގާ ޒިންދާ ހޭ" ޕާކިސްތާނުގައި ރިލީޒް ކުރެވޭކަށް ނެތް

14 ޑިސެމްބަރު 2017
ޕަދްމަވަތީއަށް އޮތް ތާއީދު ހާމަކުރުމަށް އިންޑިއާގެ ފިލްމް ސެޓުތައް ހުއްޓުމަކަށް!

ޕަދްމަވަތީއަށް އޮތް ތާއީދު ހާމަކުރުމަށް އިންޑިއާގެ ފިލްމް ސެޓުތައް ހުއްޓުމަކަށް!

25 ނޮވެމްބަރު 2017
ޓްވީޓް ކުރާއިރު ބޭނުންކުރެވޭ ކެރެކްޓާ ލިމިޓް 140ން 280އަށް

ޓްވީޓް ކުރާއިރު ބޭނުންކުރެވޭ ކެރެކްޓާ ލިމިޓް 140ން 280އަށް

08 ނޮވެމްބަރު 2017
މި ކުއްޖާގެ ލޯ ބޭރުގައި، ފަގީރުކަމުން ބޭސްކުރެވޭކަށް ވެސް ނެތް؟

މި ކުއްޖާގެ ލޯ ބޭރުގައި، ފަގީރުކަމުން ބޭސްކުރެވޭކަށް ވެސް ނެތް؟

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު