Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމަސްނޫޢީ ގުނަވަންތައް

މަސްނޫޢީ ގުނަވަންތަކަށް ގެނައި ބަދަލާއެކު ނުކުޅެދޭ މީހުންގެ ދިރިއުޅުމަށް އުޖާލާ ބަދަލެއް

4 ނޮވެމްބަރު 2023 | ހޮނިހިރު 05:14

ބްރެއިންކޯއިން ބުނާ ގޮތުގައި، އެ އަތުގެ ކޮންމެ އިނގިއްޔަކީވެސް ވަކިވަކީން ހަރަކާތްތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައި ވާ އަތެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 ނޮވެމްބަރު 2023 | ހޮނިހިރު 05:14
ބްރެއިންކޯ އިން ވަނީ މަސްނޫޢީ އަތުގެ އިތުރުން، މަސްނޫޢީ ފަޔެއްވެސް އީޖާދު ކޮށްފައި

ބްރެއިންކޯ އިން ވަނީ މަސްނޫޢީ އަތުގެ އިތުރުން، މަސްނޫޢީ ފަޔެއްވެސް އީޖާދު ކޮށްފައި

ސައެންސްއާއި ޓެކްނޮލޮޖީގެ ރޭހުގައި ޗައިނާއިން ހޯދަމުން ދާ ކުރިއެރުންތަކަކީ ވާދަވެރި ޤައުމުތަކާ އަޅާ ބަލާއިރު މާ ކުރީގައި އޮތް ކަމެކޭ ދެންނެވިދާނެއެވެ. މަސްނޫޢީ ތޫނުފިލިކަން އަސްލަކަށް ބަލައިގެން، އިންސާނާގެ ސިކުނޑިއަށް މަސްނޫޢީ ދިރުމެއް ގެނެސް ދިނުމުގައި ޗައިނާގެ ސައެންސްވެރިން ކުރިއެރުން ހޯދަމުން ދަނީ ހަލުވި ދުވެއްޔެއްގައެވެ. އެކަމަކު ފައިދާ، ސީދާ ގޮތުން ކުރަމުން ދަނީ އެކި ގޮތް ގޮތުން ސިކުނޑީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމަށް އިތުރު ލުއި ފަސޭހަ ކަމާއި، ކުރިއެރުން ހޯދައިދެއެވެ.

ސިކުނޑީގެ ތޫނިފިލަކަމާ ގުޅިފައި ވާ ޓެކްނޮލޮޖީގެ ތަޖުރިބާތައް ކުރިއަރުވާ ތަރައްޤީ ކުރުމުގައި ޗައިނާއިން ވަނީ މިދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ކަމުގެ ނަތީޖާއަކަށް ވީ، ގިނަ ޢަދަދެއްގެ ދިރާސާ ޓީމުތައް އުފެދި، ބައިނަލްއަޤުވާމީ ނުފޫޒާއެކު، އާ އީޖާދުތަކަށް ޚާއްޞަ ކުންފުނިތައް އުފެދިގެން ދިއުމެވެ.

ހީވެސް ނުކުރާ ގޮތްގޮތަށް ޓެކްނޮލޮޖީ ބޭނުން ކުރާ މިންވަރު ދަނީ އިތުރު ވަމުންނެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރެވެ ޕްލެޓްފޯމްތަކުގައިވެސް ޗައިނާއިން މިހާރު ދަނީ ސިކުނޑީގެ ތޫނުފިލިކަން އަސްލަކަށް ބަލައިގެން ތަރައްޤީ ކުރަމުން ޓެކްނޮލީޖީ ބޭނުން ކުރަމުންނެވެ. އެގޮތުން ޗައިނާގެ ޝީޖިއާންގް ޕްރޮވިންސްގައި ދާދި ފަހުން ކުރިއަށް ގެންދިޔަ 4 ވަނަ، އޭޝިއަން ޕެރާ ގޭމްސްގައިވެސް އެ ޓެކްނޮލޮޖީގެ ބޭނުން ހިފި މަންޒަރު ވަނީ ފެނިފައެވެ.

އޭޝިއަން ޕެރަ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި، ޗައިނާގެ ފެތުން ތެރިޔާ ޝޫ ޖިއާލިންގް، 'ލޯރެލްސް' ދަންމަރު ހިފައިގެން ހުރީ، އޭނާގެ ސިކުނޑިން ކޮންޓްރޯލް ކުރަމުން ދިޔަ މަސްނޫޢީ އަތެއްގެ އެހީގައެވެ. އިވެންޓް ފެށުމުގެ ގޮތުން، ހުޅުގަނޑު ރޯކުރީވެސް އެ ޓެކްނޮލޮޖީގެ އެހީގައެވެ.

ޝޫ ބޭނުން ކުރަމުން ދިޔަ މަސްނޫޢީ އަތް އީޖާދު ކުރި ބްރެއިންކޯއިން ބުނާ ގޮތުގައި، އެ އަތުގެ ކޮންމެ އިނގިއްޔަކީވެސް ވަކިވަކީން ހަރަކާތްތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައި ވާ އަތެއް ކަމަށެވެ.

ބްރެއިންކޯ އިން ވަނީ މަސްނޫޢީ އަތުގެ އިތުރުން، މަސްނޫޢީ ފަޔެއްވެސް އީޖާދު ކޮށްފައެވެ. އެއީވެސް ސިކުނޑިން ކޮންޓްރޯލް ކޮމްޕިއުޓަރ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފައްދާފައި ވާ މަސްނޫޢީ ފަޔެކެވެ. މަސްނޫޢީ ތޫނުފިލިކަމުގެ އެހީގައި އެއްކުރާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މަގުތަކުގެ ޙާލަތު ދެނެގަނެ، އެ ފައި ޖަހައިގެން ހުންނަ މީހާ ވެއްޓުމުގެ ފުރުޞަތު ވީހާވެސް ކުޑަ ކުރުމަށް، ބްރެއިންކޯއިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

އެ ކުންފުނީގެ އުފެއްދުންތަކާއި އީޖާދުތަކުގެ ސަބަބުން، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ އެތައް ހާސް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައި ވާ ކަމަށް ބްރެއިންކޯއިން ބުނެއެވެ.

ސިކުނޑީގެ ތޫނުފިލިކަން އަސްލަކަށް ބަލައިގެން ފަރުމާ ކުރާ ޓެކްނޮލޮޖީއަކީ، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން، ރީހެބިލިޓޭޝަން މަރުޙަލާގައި އުޅޭ އޯޓިސްޓިކް ކުދިންނާއި، ނިދުމުގައި އުނދަގޫތައް ހުންނަ މީހުންނާއި، ހާސްކަމާއި ނުތަނަވަސްކަން ނުވަތަ އެންޒައިޓީ ހުންނަ މީހުންނަށްވެސް އެހީއެއްގެ ގޮތުގައި ކޮންމެވެސް ވަރަކަށް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ.

މަސްނޫއީ ގުނަވަންތައްޗައިނާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް