Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު

ޔާމީނާ ނުލައި އިންތިޚާބެއް ކާމިޔާބުނުވާނެކަން ރައީސް މުޢިއްޒު އަށް ޤަބޫލުކުރެވެނީތޯ؟

ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއް ކަމަށާއި، ރައީސް ޔާމީނަަށް ކޮށްފައި ވަނީ "ޙަރާމް" ޙުކުމެއް ކަމަށް ވިދާޅުވީ ވެސް، މިހާރުގެ ރައީސް މުޢިއްޒު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2024 | ބުދަ 05:58
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު އަދި ކުރީގެ ރައީސް ޔާމީން

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު އަދި ކުރީގެ ރައީސް ޔާމީން

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އޮތް ރިޔާސީ އިންތިޚާބުގައި، ދިވެހި ގިނަ ރައްޔިތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ވޯޓު ދިނީ، އެމަނިކުފާނުގެ މޮޅުކަމުންނެއް ނޫނެވެ. ނުވަތަ ގަދަ ކަމުންނެއް ވެސް ނޫނެވެ. އެއީ، ޕީޕީއެމް-ޕީއެންސީގެ އިސް ލީޑަރަަކަށް އޭރު ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ޙައްޤުގައި، އެމަނިކުފާނަށް ދެއްވި ވޯޓެވެ. ސިޔާސީ ގޮތުން ކިތަންމެ ޚިޔާލު ތަފާތު ވިޔަސް، މި ޙަޤީގަތް ޤަބޫލު ކުރަން ޖެހެ އެވެ. ރައީސް މުޢިއްޒުގެ ބަދަލުގައި، އޭރު ރައީސް ޔާމީން ކޮންމެ ބޭފުޅެއް ދެއްކެވި ނަމަވެސް، ޕީޕީއެމް-ޕީއެންސީގެ މެންބަރުން އެ ބޭފުޅަށް ތާއީދު ކުރައްވާނެ އެވެ.

ރައީސް މުޢިއްޒު އަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ މެދުގައި މަޤުބޫލު ބޭފުޅެއް ނޫނެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް، އަދި މިހާރު ވެރިކަމުގައި ހުންނެވިއިރު ވެސް އެކަން އޮތީ އެގޮތަށެވެ. ވެރިކަމަށް ވަޑައިގަތުމަށް އަބަދުމެ މުޢިއްޒު ދެއްކެވީ ރައީސް ޔާމީންގެ ވާހަކަފުޅެވެ. ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއް ކަމަށާއި ރައީސް ޔާމީނަަށް ކޮށްފައި ވަނީ "ޙަރާމް" ޙުކުމެއް ކަމަށް ވިދާޅުވީ ވެސް، މިހާރުގެ ރައީސް މުޢިއްޒު އެވެ. ވާހަކަފުޅު ދެއްކެވި ކޮންމެ ޕޯޑިއަމެއްގައި ވެސް ބިސްމި އާއި ޙަމްދު ޞަލަވާތަށްފަހު އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ ވެސް ރައީސް ޔާމީންގެ ނަން ފުޅެވެ. ރައީސް މުޢިއްޒު އެކަންޏެއް ނޫނެވެ. ދެ ޕާޓީގެ އެހެން ލީޑަރުންގެ ބަސް މަގު ވެސް ހުރީ ހަމަ އެގޮތަށެވެ. އޭރު ކެންޑިޑޭޓަކަށް ހުންނެވި މުޢިއްޒު އަށް މުޚާތަބު ކުރައްވަނީ ވެސް، "ރައީސް ޔާމީން އެންޑޯސް ކުރައްވާފައިވާ ކެންޑިޑޭޓް" މި ބީދައިންނެވެ.

ވެރިކަމަށް އިންތިޚާބުކޮށްދެއްވައިފި ނަމަ، އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށް ވިދާޅުވެ، މޮޅު ލަވައެއް ވެސް ވިދާޅުވި އެވެ. އެ ލަވައިގެ ކޮންމެ ކަޑިއެއްގައި އޮންނަނީ ރައީސް ޔާމީންގެ ނަން ފުޅެވެ. ރައީސް ޔާމީންގެ ވާހަކަފުޅެވެ. ވެރިކަމުގެ ހުވާކުރެއްވުމަށް ވެސް ވަޑައިގަންނަވާނީ ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެން ކަމަށް ވެސް، ލަވައިގެ މެދުން މޮޅު ކަޑިއެއް ވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް، އިންތިޚާބު ކާމިޔާބުވުމާއެކު، މަޑު މަޑުން ލަވަ ބަދަލުވާން ފެށި އެވެ. ޝުކުރު އަދާކުރުމަށް ބޭއްވި ޖަލްސާގައި، މިފަހަރު ރައީސް ޔާމީންގެ ނަންފުޅު ވިދާޅެއް ނުވި އެވެ. ފަހަރުގައި "ސިސްޓަމަށް" ދިމާވި މައްސަލައެއް ކަމަށް ވެސް ވެދާނެ އެވެ. އޭގެ ފަހުން ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރެއްވި ފަހުން، އެމަނިކުފާނުގެ ފޯނު ކޯލަކަށް ޖަވާބު ނުދެއްވާތާ، ކުރެއްވި މެސެޖު ވެސް ދޫކޮށްލެއްވީ "ސީން ޒޯން" އަށެވެ.

ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަޤުރީރުގައި ވެސް ރައީސް ޔާމީނަށް ޝުކުރު އަދާކުރެއްވުން ނެތްތާ، ނަން ފުޅު ވެސް ނެތީ އެވެ. ބަދަލުގައި ވިދާޅުވީ، މިއަދުން ފެށިގެން ރައީސް އޮފީހުން ޝަރުއީ ނިޒާމަށް އަތް ބޭނުން ނިމުނީ ކަމަށެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހު، ރައީސް ޔާމީން މިނިވަން ކުރަން، އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ. ރައީސް ޔާމީނަށް އޮތީ، ކުރީގެ ސަރުކާރުން ދެއްވި ލުޔެކެވެ. މި ސަރުކާރުން އެ ލުއި އިތުރު ވެސް ކޮށް ނުދިނީ އެވެ. ވެރިކަަމަށް ވަޑައިގެންނެވި ފަހުން، ތަކުރާރުކޮށް އެކި ފަހަރު މަތިންް ރައީސް ޔާމީނާ ގުޅޭ ސުވާލު ނޫސްވެރިން އަމާޒު ކުރިޔަސް، އެކަމަށް ރައީސް މުޢިއްޒު ވެސް އަދި ސަރުކާރުން ވެސް މާބޮޑު ސަމާލުކަމެއް ނުދެއްވަ އެވެ. އެންމެ ފަހުން ގޮސް ސަރުކާރުން ބުނީ، ރައީސް ޔާމީން މިނިވަން ކުރުމަށް، ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅު އެ އޮތީ ފުދިފައި ކަމަށެވެ.

ސަރުކާރުގެ އިސްވެރިންގެ ބަސް މަގު ވެސް ހުރީ ހަމަ އެފަދައިންނެވެ. ރައީސް މުޢިއްޒު ވަރުވަރުން ލައްވާފައި ތިބި ވަޒީރުންނާއި ނައިބު ވަޒީރުން އަދި އެހެނިހެން ސަރުކާރުގެ އިސްވެރިންގެ ބަސް މަގު ވެސް ހުރީ ވަރަށް ހުތުރު ކޮށެވެ. މީގެ ކުރިން ރައީސް ޔާމީނާ ދިމާލަށް އިދިކޮޅު މީހަކު އެއްޗެއް ބުނެފި ނަމަ، ޖާާނުން ފިދާވަން ތައްޔާރަށް ތިބި މީހުންގެ ރާގު ބަދަލުވީވަރު ނިކަން ދެކިބަލާށެވެ. ރައީސް ޔާމީން މިނިވަން ވާނީ، އަމިއްލަފުޅަށް މައުސޫމުކން ސާބިތު ކޮށްދިނުމުން ކަމަށް އެމީހުން ބުނެފި އެވެ. އަނެއްކޮޅުން އިސް ވަޒީރު ވެސް ވިދާޅުވީ، އެންމެ ފަރުދަކަަށް ވުރެ މުޅި ޤައުމުގެ މަސްލަހަތު ބޮޑު ވާނެ ކަމަށެވެ. ރައީސް ޔާމީންގެ ސިޔާސީ މިތުރުގެ ގޮތުގައި މީގެ ކުރިން ހުންނެވި އިސް ވަޒީރު، ނުސީދާ ގޮތެއްގައި އެ ވިދާޅުވަނީ ރައީސް ޔާމީނަށްވުރެ މުޅި ޤައުމު އިސްވާނެ ކަމަށެވެ.

ރައީސް ޔާމީނުގެ ވާހަކައިގައި ސަރުކާރުން ތާށިވެފައި އޮއްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވެއްޖެ އެވެ. ރައީސް މުޢިއްޒު ގެންދަވަނީ ބައެއް ރަށް ރަށަށް ދަތުރު ކުރައްވަމުންނެވެ. ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު މީގެ ކުރިން ގެންގުޅުއްވި ހުސް ގޮނޑި، އަދިވެސް ރަށް ރަށުގެ ރައްޔިތުން އެބަ ގެންގުޅެ އެވެ. އެ ގޮނޑި ހިފައިގެން ރައީސް މުޢިއްޒުގެ ފަހަތުން އެބަ ހިނގަ އެވެ. އެހެން ވިޔަސް، އަނެއްކާ ވެސް ރައީސް މުޢިއްޒު އަށް އޮތީ ރައީސް ޔާމީންގެ ނަން ފުޅާއި، އެއްކަލަ ހުސް ގޮނޑި އެވެ.

ރައްޔިތުންގެ މެދުގައި މަޤުބޫލުކަމެއް ނެތް މި ސަރުކާރުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، އަނެއްކާ ވެސް ރައީސް ޔާމީންގެ ވާހަކަ ދައްކަން ފަށައިފި އެވެ. ރައީސް ޔާމީނަށް އިންސާފު ލިބެން ޖެހޭ ވާހަކަ އާއި ރައީސް ޔާމީނަށް އިންސާފު ނުލިބުމަކީ ގޯހެއް ކަމަށް ވެސް ބުނެ އެވެ. އޮތީ އެންމެ ބޭނުމެއްކަން ޔަގީން ކަށަވަރެވެ. ރައީސް ޔާމީންގެ ނަން ބޭނުންކޮށްގެން، އަނެއްކާ ވެސް ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމެވެ. ސަރުކާރަށް ތާއީދެއް ނެތުމުން، ތާއިދު ލިބޭނެ ކޮންމެ ވެސް މަގަކުން ހިނގަން ޖެހޭނެތާ އެވެ!

ބަހާއި އަމަލު ދިމާނުވާ، ރައީސް މުޢިއްޒުގެ މިސަރުކާރުން ކަންކުރާ ގޮތުން ސާފުވާ އެއް ކަމެއް އެބައޮތެވެ. އެއީ ރައީސް ޔާމީނާ ނުލައި ނުވަތަ އެމަނިކުފާނުގެ ނަންފުޅާ ނުލައި، މި ސަރުކާރަށް އަދި ރައީސް މުޢިއްޒު އަށް އިންތިޚާބެއް ކާމިޔާބު ނުވާނެކަން އެ ބޭފުޅުން އަމިއްލަފުޅަށް ޤަބޫލުކުރެއްވުމެވެ. އެ ނޫންނަމަ، މީގެ ކުރިން ވެސް ރައީސް ޔާމީންގެ މައުޟޫގައި ގަދަފައި ވިއްދައިވައިގެން ހުންނެވިހެން، މިހާރު ވެސް ނުހުންނަވަންވީ ސަބަބެއް ނެތްތާ އެވެ؟ ގަޓު ރައީސް ކަމާމެދު ވެސް ސުވާލު އުފެދިއްޖެ އެވެ. އިންތިޚާބެއް ބޯމަތިވުމުން އެންމެ ފުރަތަމަ ދައްކަވަން އެ ފެއްޓެވީ ރައީސް ޔާމީންގެ އިންސާފުގެ ވާހަކަ ވިއްޔާ އެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު