Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާއިން ޝަހީދުވަމުންދާ މީހުން

އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 29،195ށް އަރައިފި

ފާއިތުވި 24 ގަޑިއިރުތެރޭގައި އިތުރު 103 މީހުން ޝަހީދުވެ، 142 މީހުން ޒަޚަމްވެފައި ވާކަމަށް ފަލަސްތީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 20 ފެބުރުއަރީ 2024 | އަންގާރަ 14:37
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 29،195ށް އަރާފައިވާކަމަށް ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ. އަދި އިތުރު 69،170 މީހުން ވަނީ ޒަޚަމްވެފައި ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން މިހެން ބުނެފައިވާއިރު، އިސްރާއީލުން ދެމުންދާ ހަމަލާތަކަށް 137 ދުވަސް މި ވަނީ ވެފައެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި އެކަނިވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހިންގި ލާއިންސާނީ ޖަރީމާތަކުގައި 103 މީހުން މަރުވެ، 142 މީހުން ޒަޚަމްވިއެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައި އަދިވެސް އެތައް ބަޔަކު ތާށިވެފައި ވާކަމަށާއި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުންނަށް އެމީހުންނާ ހަމައަށް ނުދެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އިސްރާއީލުގެ ނިރުބަވެރި ސިފައިން ކޮންމެ ދުވަހަކު އެތައް ބަޔަކު ޣައްޒާގައި ޝަހީދުކުރަމުން ދާއިރު، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ބައިތުލް މަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލް އަޤްޞާގައި ނަމާދުކުރުމަށް ހުރަސްއަޅާނެކަން ވެސް މިހާރުވަނީ ޔަހޫދީން ހާމަކޮށްފައެވެ. މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. ރަމަޟާން މަހާ ދިމާކޮށް އެ ތަނުގައި ނަމާދު ކުރުމަށް މުސްލިމުންނަށް ހުރަސް އަޅާނެކަން ޔަހޫދީން އިޢުލާންކޮށްފައި ވަނީ ފަލަސްޠީނުގެ މުސްލިމުންނަށް ކުރާ ދުއްތުރާތައް އިތުރުކުރުމުގެ ގޮތުންނެވެ.

ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރަމަޟާން މަހާ ދިމާކޮށް މަސްޖިދުލް އަޤްޞާގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމުގައެވެ. އަދި އެ ތަނަށް ވަދެ ނަމާދު ކުރެވޭ މީހުންގެ އަދަދު ކޮންޓްރޯލް ކުރާނެ ކަމުގައެވެ. އެ ކަމާ ގުޅިގެން ފަލަސްތީނުގެ މުސްލިމުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ވަނީ ޖައްބާރު ނަތަންޔާހޫގެ އަމުރުތަކަށް ތަބާނުވުމަށް މުސްލިމުންނަށް ގޮވައިލާފައެވެ. ޙަމާސްއިން ބުނީ އަޤްޞާއަށް ވަނުމަށް މުސްލިމުންނަށް ހުރަސްއެޅުމަކީ ކުށެއް ކަމުގައެވެ. އަދި ޔަހޫދީންގެ އެންގުމާ ޚިލާފުވެ، އަޤްޞާ މިސްކިތް ހިމާޔަތްކުރުމަށް އެ ޖަމާޢަތުން ވަނީ އެންމެހައި މުސްލިމުންނަށް ގޮވައިލާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ، ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ ޢުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.ން ބުނެއެވެ.

ބައިނަލްއަޤްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާ ހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކޯޓުން ނެރުނު ވަގުތީ ޙުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޖިނާއީ އަމަލުތައް ހުއްޓާލުމަށް ތެލްއަވީވަށް އަންގާފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު