Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަސްޖިދުލް އަޤްޞާއަށް ވަނުން މަނާކުރުން

ރަމަޟާން މަހު އަލްއަޤްޞާ މިސްކިތަށް ފަލަސްތީނުގެ ރައްޔިތުން ވަނުން މަނާކުރަން އިސްރާއީލުން ވިސްނަނީ

19 ފެބުރުއަރީ 2024 | ހޯމަ 09:23

ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާން މަހު އިސްރާއީލާއި ގުދުސްގައި ދިރިއުޅޭ ފަލަސްތީނު މީހުން އަލްއަޤްޞާ މިސްކިތަށް ވަނުން މަނާކުރުމަށް ތެލްއަވީވްއިންވަނީ ރުހުން ދީފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 19 ފެބުރުއަރީ 2024 | ހޯމަ 09:23
މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް އަލްމަސްޖިދުލް އަޤްޞާ

މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް އަލްމަސްޖިދުލް އަޤްޞާ

ބަރަކާތްތެރި ރަމަޟާން މަހު، އަލްއަޤްޞާ މިސްކިތަށް ފަލަސްޠީނުގެ ރައްޔިތުން ވަނުން މަނާކުރުމަށް ވިސްނަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެކަމަކު އެއީ އަލިފާނަށް ތެޔޮ އެޅުން ފަދަ ކަމެއްކަމުގެ އިންޒާރު އިސްރާއީލްގެ ސަލާމަތީ އިދާރާއިން ދީފައިވީނަމަވެސް، ކަނާތު ފިޔައިގެ މިނިސްޓަރ އޮފް ނޭޝަނަލް ސެކިއުރިޓީ އިޓަމާރު ބެން-ގްވީރްގެ ލަފާތަކަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއްބަސްވެފައެވެ.

ޗެނަލް 13 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ތެރޭގައި ފަލަސްތީނާއި އިޒްރޭލު ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ އިންޒާރު ޝިން ބެޓް (އެތެރޭގެ ސަލާމަތީ އިދާރާ) އިން ދީފައިވީ ނަމަވެސް، ކުރިއަށް އޮތް ރަމަޟާން މަހު ފަލަސްތީނުގެ މުސްލިމުންނަށް އަލްއަޤްޞާ މިސްކިތަށް ވަނުން ކޮންޓްރޯލުކުރުމަށް ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރު ބެން-ގްވީރު ހުށަހެޅި ލަފަޔަކަށް ނަތަންޔާހޫ ވަނީ އެއްބަސްވެފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ނަތަންޔާހޫގެ ސަރުކާރުން މިކަމާ މެދު ރަސްމީކޮށް ގޮތެއް ނިންމާނެ ކަމަށް އެ ޗެނަލުން ވަނީ ބުނެފައެވެ.

"ރަމަޟާން މަހު ފަލަސްތީނުގެ ވަފާތެރިން އަލްއަޤްޞާ މިސްކިތަށް ވަނުން މަދުވާނެ،" ނަން ހާމަނުކުރާ ފަރާތްތަކާ ހަވާލާދީ އެ ޗެނަލުން ބުނެފައިވެއެވެ.

ރަމަޟާން މަހު ފަލަސްތީނު މީހުން އަލްއަޤްޞާ މިސްކިތަށް ވަނުން މަނާކުރުމުން ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިދާނެކަމަށް ޝިން ބެޓުން ސަރުކާރަށް އިންޒާރު ދީފައިވާ ކަމަށް ޗެނަލް 13 ފަދަ އިސްރާއީލުގެ ބައެއް މީޑިއާތަކުން ފާއިތުވި ދެ ދުވަހުގެ ތެރޭގައި ވަނީ ރިޕޯޓްކޮށްފައެވެ.

ސަލާމަތީ އިދާރާއިން ވަނީ 1948 ވަނަ އަހަރު އިސްރާއީލު ދައުލަތް އިއުލާނުކުރި އިރު ގުދުސް އާއި ހުޅަނގު އައްސޭރި އަދި ވަށައިގެންވާ ސަރަހައްދުތަކުގައި ނުތަނަވަސްކަން އުފެދުމަށް ވުރެ މި ނިންމުމުގެ ސަބަބުން ނުރައްކާތެރި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

ޣައްޒާގައި ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލުގެ ފުލުހުން ވަނީ ފަލަސްތީނުގެ މުސްލިމުންނަށް ހާއްސަކޮށް ހުކުރު ދުވަހު އަލްއަޤްޞާ މިސްކިތަށް ވަނުން މަނާކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް، ހަނގުރާމައަށް ފަހު ފުރަތަމަ ފަހަރަށް ހުކުރު ނަމާދު ކުރުމަށް ފަލަސްތީނުގެ ގާތްގަނޑަކަށް 25،000 އެއްހާ މީހުންނަށް އިރުމަތީ ގުދުސްގެ އަލްއަޤްޞާ މިސްކިތަށް ވަނުމުގެ ފުރުޞަތު ލިބުނެވެ.

ގުދުސްގެ އިސްލާމިކް އެންޑޯމަންޓްސް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވީ، މިއީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނުގެ ރައްޔިތުންނަށް އަޤްޞާ މިސްކިތުގައި ހުކުރު ނަމާދު ކުރުން އެންމެ ގިނަދުވަހަށް މަނާކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ބޮޑެތި ހަމަލާތަކެއް ދީފައެވެ. އޭގެ ފަހުން އިޒްރޭލުން ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 29،000 މީހުން މަރުވެ، ބޮޑެތި ގެއްލުންތައް ލިބި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ހަމާސްގެ ހަމަލާގައި އިސްރާއީލުގެ 1،200 އަށް ވުރެ މަދު މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ޖިނާއީ އަމަލުތައް ހުއްޓާލުމަށް ތެލްއަވީވްއަށް އަންގާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 މެއި 2017

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

15 މެއި 2017
ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
21 އެޕްރީލު 2017

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2017
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް