Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ، ޗައިނާ އަދި އިންޑިޔާގެ މައްސަލަ

"ރައީސް މުއިއްޒު އިންޑިޔާއާ ދެކޮޅުހެއްދެވުމަކީ ރާއްޖޭގެ އިގްތިސާދަށް އިތުރު ހީނަރުކަމެއް ގެނުވާނެ ކަމެއް"

ދަރަނީގެ މައްސަލަ ވަރަށް ސީރިއަސްކަމަށް އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީވެސް ވަނީ ވިދާޅުވެފައިވޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 18 ފެބުރުއަރީ 2024 | އާދީއްތަ 13:54
ރައީސް މުއިއްޒު، މޯދީއާ ބައްދަލުކުރެއްވުން

ރައީސް މުއިއްޒު، މޯދީއާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިންޑިއާއާ ދެކޮޅު ހެއްދެވުމަކީ ރާއްޖޭގެ އިގްތިސާދަށް އިތުރު ހީނަރުކަމެއް އަންނާނެ ކަމެއް ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެފިއެވެ.

އިގްތިސާދީ ޚަބަރުތައް ގެނެސްދޭ ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ އިކޮނޮމިކް ޓައިމްސް އިންޑިޔާގެ ލިޔުމެއްގައި ބުނިގޮތުގައި، ޒަމާނުއްސުރެ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިޔާގެ ގޮތުގައި އޮތް އިންޑިއާއަކީ، ރާއްޖޭގެ ތަރައްގީއަށްޓަކައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން އަންނަ ގައުމެކެވެ.

އެހެން ނަމަވެސް، ރައީސް މުއިއްޒު ގެންގުޅުއްވާ އިންޑިޔާއާ ދެކޮޅު ސިޔާސަތުގެ ސަބަބުން، އިންޑިޔާއިން ރާއްޖެއަށް ދިގު މުއްދަތަކަށް ފޯރުކޮށްދެމުންދިޔަ އެހީގެ ޕްރޮގްރާމުތައް މަދުވާނެއެވެ. އަދި މި ހާލަތުގައި ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ ލޯނުތަކުގެ ނިސްބަތް އިތުރުވެއްޖެނަމަ، މިހާރު ވެސް ދަރަނިވެރިވެފައި އޮތް އިގްތިސާދަށް އިތުރު ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އެ ލިޔުމުގައި ވެއެވެ.

އިކޮނޮމިކް ޓައިމްސް އިންޑިޔާގައި އެފަދައިން ބުނިއިރު، ރާއްޖޭގައި ދަރަނީގެ މައްސަލަ ވަރަށް ސީރިއަސް ކަމަށް އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ ޑޮނާލްޑް ލޫ ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމެރިކާގެ އިންސްޓިއުޓް އޮފް ޕީސްގެ ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ލޫ ވިދާޅުވީ، 2026 ވަނަ އަހަރު ދަރަނި ރީސްޓްރަކްޗަރ ނުކުރެވިއްޖެނަމަ، ދަރަނި ރީސްޓްރަކްޗަރ ކުރުމުގައި 1.3 ބިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހޭނެ ކަމަށާއި، އެއީ ދިވެހި ސަރުކާރުގެ ބަޖެޓަށްވުރެ ވެސް ބޮޑު އަދަދެއް ކަމަށެވެ.

ޗައިނާއާއި ރާއްޖޭގެ ގުޅުމަށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވީ، ޗައިނާ އަދި އިންޑިޔާއާއެކު ވެސް ރާއްޖެއިން ޚާރިޖީ ފުރިހަމަ ގުޅުން ގާއިމްކުރަން ޖެހޭނެ ކަމަށާއި، އެހެން ނަމަވެސް އިންޑިޔާއާމެދު އޮންނަ ވާދަވެރިކަން އިތުރުވާ ވަރަކަށް ރާއްޖޭގެ ފުރިހަމަ ބައިވެރިއަކަށް ޗައިނާ ވާނެކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

އެހެން ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްގޮތުން، ފައިދާ ނުލިބޭ މަޝްރޫއުތަކުގައި ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ ބޮޑެތި ދަރަނިތަކަށް އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލީ އެފަދައިން ވިދާޅުވިއިރު، އަންނަ 2026 ވަނަ އަހަރު ދަރަނި ދެއްކުމަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ހޭދަކުރަން ޖެހެއެވެ. އެހެން ނަމަވެސް ރާއްޖެއާ އިންޑިޔާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގެއްލުންތަކެއް ވެ، 2026އާ ހަމައަށް އަންނައިރު ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެކަމަށް، ބޭރުގެ އަދި ރާއްޖޭގެ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ވަކިން ޚާއްސަކޮށް، ރައީސް މުއިއްޒު ފާހަގަކުރެވިފައިވާ "ވަން ޗައިނާ" ޕޮލިސީއާ ގުޅިގެން އިންޑިއާއާއި ރާއްޖޭގެ ނުތަނަސްކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު