Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

މަޖިލިސް ހިސޯރުކޮށް، އަދި އޮޅުވާލާމުންދާތީ ޑިފެންސް މިނިސްޓަރާ މެދު ފިޔަވަޅު އަޅަންޖެހޭ: ރައީސް ނަޝީދު

2 އޯގަސްޓު 2017 | ބުދަ 06:02

ޝަރީފް ގެންދަވަނީ މަޖިލިސް މެމްބަރުންނާމެދު ޝަރީއަތް ހިންގޭނެ ގޮތްތައް ރާވަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 އޯގަސްޓު 2017 | ބުދަ 06:02
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް، އަދި އެކަން އޮޅުވާލަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މަސައްކަތް ކުރައްވަމުން ދާތީ އެކަން ބަލައި ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ބުދަ ދުވަހުގެ ހެނދުނު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ހިސޯރުކުރުމާ ބެހޭ ގޮތުން އެމްއެންޑީއެފްގެ އޮފިސަރުންނާއި ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި އޮޅުވާލައްވަން މަސައްކަތްކުރައްވާފައި ވާތީ އެކަން ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު އެގޮތަށް ޓްވީޓް ކުރައްވާފައިވާއިރު، ޖުލައި ނިމިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހާއި 31 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މަޖިލީހުގެ މެމްބަރުންނާއި ސިފައިންނާ މެދު ހިނގި ހަމަނުޖެހުމާ ގުޅިގެން ޖިނާއީ ތަހުގީގު ހިންގައި އެކަން ކޮޅެއްގައި ޖައްސާނެ ކަމަށް ޑިފެންސް މިނިސްޓަރު ޝަރީފް ވިދާޅުވާކަމަށް ބުނާ އޯޑިއޯއެއް ވަނީ ލީކުވެފަ އެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ޖަލްސާގައި ހިނގަދިޔަ ކަންތައްތަކާ ގުޅިގެން ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް(އެސްޕީޖީ) ގެ އޮފިސަރުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އޮފިސަރުންނާ ބައްދަލު ކުރައްވައި ހޯމަ ދުވަހުގެ ރޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ ސަރުކާރަށް ގާނޫނީ ލަފާ ދެއްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މަޖިލިސް މެންބަރުން މަޖިލީހުގެ ތެރޭގައި ކުށްވެރިނުވާނީ ދައްކާ ވާހަކައަކުންނައި ވޯޓްދޭ ގޮތަކުން ކަމަށެވެ. އަދި އެ ދެ ކަން ފިޔަވައި، މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދިނުމާއި މާރާމާރީ ހިންގުން ފަދަ ކަންކަމަކީ އެހެން މީހުންނެކޭ އެއްފަދައިން މެންބަރުންގެ މައްޗަށް ވެސް ދައުވާކުރެވޭނެ ކަންތައްތައް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މަޖިލީހުގައި މިހާރު ހިންގަމުންދާ ކަންތައްތައް ގުޅިފައިވަނީ ސަރުކާރަށް ކުރިން އޮތް މަޖިލީހުގެ ސާފު މެޖޯރިޓީ ގެއްލުމާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެމައްސަލަ މަޖިލީހުން ބާތިލް ކަމަށް ނިންމާ ބޭރުކޮށްލި މައްސަލައާއެވެ.

މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަނީ ސިފައިންނެވެ. ސިފައިން ވަނީ ނިމިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހަށް ވަދެވޭ ގޮތަށް ހުރި ހުރިހާ ދޮރެއްގައި ތަޅު އަޅުވާފަ އެވެ. އަދި 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ގިނަ އަދަދެއްގެ ސިފައިންގެ އެހީތެރިކަމާ އެކުގަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް