Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ޚާރިޖީ ވަޒީރު، ޝާހިދު ވާދަކުރައްވަނީ

18 ފެބުރުއަރީ 2024 | އާދީއްތަ 13:20

މިވަގުތު އެމްޑީޕީގެ ރައީސްކަމުގެ މަގާމު ވަގުތީގޮތުން ފުރުއްވަމުން ގެންދަވަނީ، ކުރީގެ ރައީސް ސާލިހު

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 18 ފެބުރުއަރީ 2024 | އާދީއްތަ 13:20
ނިމިދިޔަ ސަރުކާރުގެ ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

ނިމިދިޔަ ސަރުކާރުގެ ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން، ނިމިދިޔަ ސަރުކާރުގެ ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އިއުލާންކުރައްވައިފިއެވެ.

މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާކަމުގައިވާ ޝާހިދު، ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާންކުރެއްވީ އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement - newsAdvertisement

އެކަން އިއުލާންކުރައްވަމުން ޝާހިދު ވިދާޅުވީ، މާތް ﷲގެ ވާގިފުޅާއެކު އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ގަސްތުކުރައްވާ ކަމަށެވެ.

އަދި އައު ޖޯޝަކާއި ފޯރިޔަކާއެކު އެމްޑީޕީ ނުކުމެ، ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެމްޑީޕީގެ މެންބަރުން އެކުވެ އަތުގުޅުވާލަން ވެއްޖެކަން، ބަލައިލި ކޮންމެ ދިމާއަކުން މިއަދު ފެންނަން އޮތްކަމަށް ވިދާޅުވަމުން ޝާހިދު އެދިވަޑައިގަތީ އެ ޕާޓީގެ މެންބަރުންގެ ތާއީދު ޝާހިދަށް ދެއްވުމަށެވެ.

އަބްދުﷲ ޝާހިދު ފާހަކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްގެ އިތުރުން، ނިމިދިޔަ ސަރުކާރުގެ ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ގޮތުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތްތަކުގެ ސަބަބުންނެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކަކީ މިހާތަނަށް ރާއްޖޭގެ ވެރިކަމެއްގައި އެކަށައެޅުނު އެންމެ ފުރިހަމަ ޚާރިޖީ ސިޔާސަތުގެ ގޮތުގައި، ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުގެ ފަރާތްތަކުން ވެސް ދެކެއެވެ.

މީގެ އިތުރުން، ޝާހިދު ވަނީ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައެވެ. ޝާހިދަކީ އެ މަގާމު ރާއްޖެއިން ފުރުއްވި ހަމައެކަނި ބޭފުޅާއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާނެކަން ޝާހިދު ނޫން އެހެން ބޭފުޅަކު އަދި އިއުލާން ކުރައްވައިފައެއް ނުވެއެވެ. މިވަގުތު އެމްޑީޕީގެ ރައީސްކަމުގެ މަގާމު ވަގުތީގޮތުން ފުރުއްވަމުން ގެންދަވަނީ ނިމިދިޔަ ސަރުކާރުގެ ރާއްޖޭ ރައީސްކަމުގެ މަގާމު ފުރުއްވި އިބްރާހީމް މުހައްމަދު ސާލިހެވެ.

އެމްޑީޕީގެ ރައީސަކު ހޮވަން ބާއްވާ އިންތިޚާބު މި އަންނަ މާރިޗު މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައި، އެ މަގާމަށް ކުރިމަތިލާން އެދޭ މެންބަރުން މި މަހުގެ 20 ވަނަ ދުވަހުގެ 14:00އާ ހަމައަށް ކުރިމަތިލުމަށް ވަނީ ހުޅުވައިލައިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް