Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ވެރޯނާ ކައިރިން ޔުވެންޓަސް އެއްވަރު

ޔުވެންޓަސް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 25 މެޗުން 54 ޕޮއިންޓާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ފެބުރުއަރީ 2024 | އާދީއްތަ 06:36
ެވެރޯނާ އާއި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން

ެވެރޯނާ އާއި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް އެއްވަރުވެއްޖެ އެވެ.

ވެރޯނާގެ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެެވެ. ޔުވެންޓަސް އަކީ މި ސީޒަންގެ އިޓާލިއަން ލީގަށް ވާދަކުރަމުން އަންނަ ޓީމެކެވެ. އެހެން ނަމަވެސް، އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ނަތީޖާ ނުނެރެވި، ޔުވެންޓަސް އަށް ވަނީ އުނދަގުލާ ކުރިމަތިލާންް ޖެހިފަ އެވެ.

މެޗުގައި ޔުވެންޓަސްއާ ދެކޮޅަށް ވެރޯނާ އަށް ލީޑު ނަގައިދިނީ މިކޭލް ފޮލޮރަންޝޯ އެވެ. މެޗުގެ 11 ވަނަ މިނެޓުގައި އޭނާ ލީޑު ނަގައިދީފައި ވަނިކޮށް، ޔުވެންޓަސް އިން ވަނީ 28 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކޮށްދިނީ ޑޫސަން ވްލަހޮވިޗް އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި، ދެ ވަނަ ފަހަރަށް ވެރޯނާ އަށް ލީޑު ނަގައިދިނީ ޓިޖާނީ ޓޮސްލިން އެވެ. އޭގެ ތިން މިނެޓު ފަހުން ޔުވެންޓަސްގެ އެޑްރިއެން ރާބިއޮޓް ވަނީ ލަނޑު ޖަހައި، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މި ނަތީޖާ އާއެކު ޔުވެންޓަސް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 25 މެޗުން 54 ޕޮއިންޓާއެކު އެވެ. ޔުވެންޓަސް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން، އެއް ވަނައިގައި އިންޓަ މިލާނަށް ލިބެނީ 63 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު