Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިގްތިޞާދު

ރާއްޖޭގެ އިގްތިޞާދާ މެދު އިތުބާރު ހޯދަން މަސައްކަތްކުރާއިރު ހަގީގަތާއި ޚިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފި

މިވާހަކަތައް ފަތުރަމުންދަނީ މިސަރުކާރުން ގެންނަން މަސައްކަތްކުރާ ފިސްކަލް ރިފޯމް މަސައްކަތަށް ހުރަސްއެޅުމަށްކަމަށް ބަޔާނުގައި ބުނެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2024 | ހޮނިހިރު 13:59
އައި.އެމް.އެފް.ގެ މެނޭޖިންގ ޑިރެކްޓަރ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އައި.އެމް.އެފް.ގެ މެނޭޖިންގ ޑިރެކްޓަރ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރާއްޖޭގެ މާލީ އަދި ބޭންކިންގ ނިޒާމާމެދު އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ހަގީގަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާކަމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ އިގްތިޞާދާ މެދު ހަގީގަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރަމުންދާކަމަށް ބުނެ އެކޮނޮމިކް މިނިސްޓްރީން އިނގިރޭސި ބަހުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މި ވާހަކަތަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް ބުނެފައެވެ. އަދި މިވާހަކަތައް ފަތުރަމުންދަނީ މިސަރުކާރުން ގެންނަން މަސައްކަތްކުރާ ފިސްކަލް ރިފޯމް މަސައްކަތަށް ހުރަސްއެޅުމަށްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުން ބޭނުންވާ ފަދަ ގޮތަކަށް ރާއްޖޭގެ ބޭންކިންގ ނިޒާމް ބައްޓަންކުރެވެން ހުރި މަސައްކަތެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭންކިންގ ގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުގެ ފަރާތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ހުއްޓުމެއް ނެތި ބާރަށް ކުރިޔަށް ގެންދާނޭ ކަމުގެ ޔަގީން ކަން ރައްޔިތުންނައް ދޭ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ރާއްޖޭގެ އިގްތިސާދު އިތުރަށް ފުރިހަމަކޮށް ވަރުގަދަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް ސަރުކާރުން އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުން އަންނާނެކަމަށާއި ސަރުކާރާއި ހަވާލުވި އިރު ދިމާވެފައިވާ އިގްތިޞާދީ ވަޅުގަނޑުން އަރައިގަންނަން ކުރަމުން އަންނަ މަސައްކަތް ވަރަށް ފުރިހަމަ ކަމާއި އެކު ކުރިޔަށް ދާ ކަމުގައެވެ. އަދި ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު ދަނީ ރަނގަޅުވަމުން ކަމުގައި ބޭރުގެ މާލީ ފަރާތްތަކުން ބުނެފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖޭގެ އިގްތިޞާދާމެދު ބޭރުގެ ފަރާތްތަކުގެ އިތުބާރު ހޯދުމަށް މަސައްކަތްކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ އިގްތިޞާދާ ގުޅުވާ ހަގީގަތާއި ޚިލާފު ވާހަކަ ނުފެތުރުމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިމިވަނީ ރާއްޖެ ބަނގުރޫޓްވަމުންދާ ކަމުގެ ވާހަކަތަކެއް މީޑިޔާގައި ދައުރުކުރަމުންދާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ އިގްތިޞާދު ބަނގުރޫޓްވަމުންދާތީ އައިއެމްއެފްގެ އެހީތެރިކަމަށް އެދިފައިވާކަމުގެ ވާހަކަތަކެއް ދެކެވެމުންދާއިރު މީގެކުރިން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ ރާއްޖެއިން އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވާން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު