Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ކާނާއަށް ޖެހުން

ޣައްޒާގައި ކާބޯތަކެތި ދަތިކަމުގެ ބިރުވެރިކަން ވަރަށް ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމުގެ އިންޒާރު އދ. އިން ދީފި

އިސްރާއީލުންވަނީ ޣައްޒާ ސިޓީއަށް ބޮޑެތި ގެއްލުންތައް ދީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެތެރެވިޔަނުދީ ހިފަހައްޓާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2024 | ހޮނިހިރު 08:41
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް

އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ޣައްޒާގައި ކާބޯތަކެތި ދަތިކަމުގެ ބިރުވެރިކަން ވަރަށް ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމުގެ އިންޒާރު އދއިން ދީފިއެވެ.

އދގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރަފަޙްގައި އިންސާނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، ކާބޯތަކެތީގެ ބާވަތްތައް ލޫޓުވުމަށް އެހީދޭ ޓްރަކްތައް މީހުން ހުއްޓުވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.

އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ނެރުނު އެހެން ބަޔާނެއްގައި ބުނީ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ ސިއްހީ މަރުކަޒުތަކަށް ހަމަލާތައް ދެމުން އަންނަ ކަމަށެވެ.

އަދި މީގެ އިތުރުން ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީން ފެބްރުއަރީ 14-15 ގައި ނެރުނު ރިޕޯޓުތަކަށް ރިއާޔަތްކޮށް އެ ބަޔާނުގައި ބުނީ ހާން ޔުނިސްގެ އައް ނާސިރު ހޮސްޕިޓަލުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އިމަޖެންސީ ރިލީފް ކޯޑިނޭޓަރު މާޓިން ގްރިފިތުސް ވަރަށް ކަންބޮޑުވެ ވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. އަދި ޚާން ޔުނިސްގެ އަލް އަމާލް ހޮސްޕިޓަލްގެ ކައިރީގައި ހިނގި ވަރުގަދަ ބަޑީގެ ހަމަލާތަކުގެ ސަބަބުން ޢާއްނުންގެ އެތައްބަޔަކަށް ގެއްލުންލިބުނު ކަމަށްވެސް އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އޯސީއެޗްއޭ އިން ބުނީ އިންސާނީ އަދި ސިއްހީ ހިދުމަތްތެރިންނަށް، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ބޮޑެތި ގޮންޖެހުންތަކާއި ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"އޮކްޓޯބަރު 7 އިން 12 ފެބްރުއަރީގެ ނިޔަލަށް ޣައްޒާގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތަށް 378 ހަމަލާއެއް ދީފައިވާއިރު، އޭގެ ސަބަބުން 98 ސިއްހީ މަރުކަޒަށާއި 98 އެމްބިއުލާންސަށް އަސަރުކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ހަމަލާދީ 28،663 މީހުން ޝަހީދުކޮށްލައި ޣައްޒާ ސިޓީއަށް ބޮޑެތި ގެއްލުންތައް ދީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެތެރެވިޔަނުދީ ހިފަހައްޓާފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭ ވަރުވެފައި ކަމަށް އދއިން ބުނެއެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާގެ ތުހުމަތު އުފުލާފައިވާއިރު، މިދިޔަ ޖެނުއަރީ މަހު ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަމުރުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު

ގަތަރާ މެދު ހުރި "ކަންބޮޑުވުންތައް" ވަރަށް އަވަހަށް އެކުލަވާލުމަށް ފަހު އެގައުމާ ހިއްސާ ކުރާނެ: ސައުދީ ފޮރިން މިނިސްޓަރު

17 ޖޫން 2017
ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު

ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު

12 ޖޫން 2017
އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި

އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި

12 ޖޫން 2017
ބެލެސްޓިކް މިސައިލެއް ވަރަށް އަވަހަށް ޓެސްޓްކުރާނެ ކަމަށް ކަމަށް އުތުރު ކޮރެއާއިން ބުނެފި

ބެލެސްޓިކް މިސައިލެއް ވަރަށް އަވަހަށް ޓެސްޓްކުރާނެ ކަމަށް ކަމަށް އުތުރު ކޮރެއާއިން ބުނެފި

10 ޖޫން 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު