Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސެންޓްރަލް ޖެއިލް ގާއިމްކުރުން

އަހަރެއްގެ މައްޗަށް ދައުލަތުން ޖަލުތަކަށް 400 މިލިއަން ރުފިޔާ ހަރަދު ކުރޭ، މަސައްކަތް ކުރަނީ ސެންޓްރަލް އެއް ޖަލު ގާއިމްކުރަން: މިނިސްޓަރު އިހުސާން

17 ފެބުރުއަރީ 2024 | ހޮނިހިރު 07:45

ޖަލުތައް ހެދިފައިވަނީ ގައިދީންނަށް އެންމެ ރަނގަޅު ގޮތުގައި ފަރުވާ ދެވޭ ގޮތަކަށް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 17 ފެބުރުއަރީ 2024 | ހޮނިހިރު 07:45
ޖަލު އޮފިސަރެއް ގައިދީއަކަށް ޚިދުމަތްދެނީ

ޖަލު އޮފިސަރެއް ގައިދީއަކަށް ޚިދުމަތްދެނީ

އަހަރެއްގެ މައްޗަށް ދައުލަތުން ޖަލުތަކަށް 400 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށާއި، މަސައްކަތް ކުރަމުންދަނީ ސެންޓްރަލް އެއް ޖަލު ގާއިމް ކުރަން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ސެންޓްރަލް ޖެއިލްގެ ކޮންސެޕްޓު މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އެކި ސަރަހައްުދުތަކުގައި ގާއިމްކުރެވިފައިވާ ޖަލުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ އެ ޖަލުތައް ހެދިފައިވަނީ ގައިދީންނަށް އެންމެ ރަނގަޅު ގޮތުގައި ފަރުވާ ދެވޭ ގޮތަށް ނޫން ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ ގައިދީން ޖަލަށް ވެއްދޭ ފުރަތަމަ ދުވަހުން ފެށިގެންވެސް އެމީހުން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ ގޮތަށް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އެގޮތުން އެފަދަ ފުރިހަމަ ޖަލެއް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް ކޮންސެޕްޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކޮންސެޕްޓްގެ މަސައްކަތް ނިމުމުން ބިން ވެސް ކަނޑައެޅިގެންދާނެ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މިސަރުކާރުގެ ވިސްނުމަކީ ހަރަދު ކުޑަ އެއް ޖަލު ހެދުމަށްފަހު އެ ޖަލުން މީހާއަށް އަޅާލުމާއި، ދޭން ޖެހޭ ފަރުވާ ދިނުން ކަމަށެވެ. އަދި ވިދާޅުވީ ފުރިހަމަ ޚިދުމަތްތައް ދެވޭ ސެންޓްރަލް އެއް ޖަލު ގާއިމްކުރުމަށް ބޭރުގެ ކަމާބެހޭ މާހިރުން ވެސް ތާއީދުކުރާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި މިމަސައްކަތް ކުރުމަށް ފަންޑު ލިބޭނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް