Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވަޒީފާގެ ބިރުވެރިކަން

ޔުނީފޯމްގައި ސަރުކާރަށް ސަނާކިޔުން ރަނގަޅު، ދެކޮޅަށް ފާޅުކުރާ ހިޔާލާއެކު ސަސްޕެންޑް

ރަތްމަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރި ފެނަކަ މުވައްޒަފެއް ވަނީ ސަސްޕެންޑްކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2024 | ހުކުރު 16:36
ފެނަކައިގެ މުވައްޒަފެއް މިސަރުކާރުގެ ވަޒީރަކަށް މަރުހަބާ ދަންނަވަނީ

ފެނަކައިގެ މުވައްޒަފެއް މިސަރުކާރުގެ ވަޒީރަކަށް މަރުހަބާ ދަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމުގެ ސިޔާސަތާއެކުއެވެ. ކޮންމެ ޕާޓީއެއް ނަމަވެސް އެ ރައްޔިތަކަށް ލިބެންޖެހޭ ރައްކާތެރިކަމާއި، ހައްގުތައް ލިބޭނެ ކަމުގެޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ހިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބޭނެ ކަމަށް ވިދާޅުވެފައިވެއެވެ. ކުރީ ސަރުކާރުތަކުގައި ފާޅުކުރާ ހިޔާލެއްގެ ސަބަބުން ވަޒީފާގެ ބިރުވެރިކަން ކުރިމަތިވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އެފަދަ ކަންކަން ނުހިނގާނެ ކަމަށް ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވިއެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގަންނަވާ މާގިނަ ދުވަހެއް ނުވެއެވެ. ކުރަންޖެހޭ މަސައްކަތެއް ނެތް ކަމަށް އަންގާ ރަށްރަށުގެ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަމުންދިޔަ ގިނަ އަދަދެއްގެ ފެނަކާގެ މުވައްޒަފުން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މީގެ ތެރޭގައި ޕްރޮޖެކްޓްތައް ހުއްޓުވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރި މުވައްޒަފުން ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ. ބައެއް މުވައްޒަފުންނަށް ވާޒީފާގައި ވާނުވާގައި ތިބޭތާ މިހާރު ވަނީ އެއްމަސްވެފައެވެ. އަދި މިސަރުކާރަށް ތާއީދުނުކުރާތީ، އެއްވެސް މަސައްކަތެއް ހަވާލުނުކޮށް ނުވަތަ މަސްއޫލިއްޔަތެއް ނެތި ވެސް ބައެއް މުވައްޒަފުން އެކަހެރިކޮށްފައި އެބަތިއްބެވެ.

މި ސަރުކާރުން ވަޒީފާއަށް ބިރު ދެއްކުމުގެ ގޮތުން މިކަންކަން ފާޅުކަން ބޮޑު ގޮތެއްގައި ކުރި ނަމަވެސް ފެނަކައިން މިކަން ދޮގުކުރެއެވެ. މުވައްޒަފުން ވަޒީފާއިން ވަކިނުކުރާ ކަމަށް އެ ކޯޕްރޭޝަނުން ބުނެއެވެ. މިފަދަ މައްސަލަތަކާއި ގުޅޭގޮތުން ފެނަކައިން އެންމެފަހުން ބުނެފައިވަނީ ކުރާނެ މަސައްކަތެއް ނެތުމުން މުވައްޒަފުންގެ ކޮންޓްރެކްޓްތައް ބާތިލް ކުރަމުންދާ ކަމަށެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެފައިވާތީ އައުނުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކެއް ނުނިމެއެވެ. މުވައްޒަފުންނަކީ ފާއިތުވި 5 އަހަރު ނުވަތަ 6 އަހަރު ފެނަކާގެ ވަޒީފާއަށް ބަރޯސާވެގެން ރަށުގައި ދިރިއުޅުނު މުވައްޒަފުންނަށްވާއިރު، މިގޮތަށް އަމަލުކުރުމުގެ ސަބަބުން އެއާއިލާތަކަށް އެ ލިބެނީ ވަރަށް ބޮޑު ނިކަމެތި ކަމެކެވެ.

އެގޮތުން މިފަހުން ހިނގާދިޔަ އެއް ހާދިސާއަކީ މ. ރަތްމަންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރި ފެނަކަ މުވައްޒަފެއް ސަސްޕެންޑްކުރި ހާދިސާއެވެ. 18 ޖެނުއަރީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރިއިރު އަދިވެސް އެޒުވާނާ ހުރީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ. މައްސަލައަކަށްވީ އެކަން ކުށްވެރިކޮށް ސޯޝަލް މީޑިއާގައި އެކަން ހިއްސާކުރެމެވެ. ނަމަވެސް އެމަޝްރޫއަކީ ނުހަނު ބޮޑަށް ރައްޔިތުން ބޭނުންވާ ޚިދުމަތެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި 90 އިންސައްތަ މަސައްކަތް ނިންމާފައިވާ މަޝްރޫއެކެވެ. މަޝްރޫއުގެ ބޮޑު ބައެއްގެ މަސައްކަތް ނިމިފައިވަނިކޮށް ސަރުކާރުން އެމަސައްކަތް ހުއްޓުވުމުން ކަންބޮޑުނުވާނެ ރައްޔިތެއް ނުހުންނާނެއެވެ. ފަހަރުގައި ވަޒީފާގެ ބިރަށް މިއަދު ބައެއް މީހުން އެއްޗެއް ނުބުނެ ތިބެފާނެއެވެ.

މީގެ އަނެއްކޮޅު ވެސް މިހާރު ދަނީ ފެންނަމުންނެވެ. މިސަރުކާރަށް ތާއީދުކުރާ މީހުންނަށް ދަނީ ވަޒީފާތައް ދެމުންނެވެ. އެގޮތުން ރަށްރަށުގެ ފެނަކަ ބްރާންޗުތަކުން ސަރުކާރަށް ތާއީދުކުރާ އާއިލާތަކުގެ މެންބަރުންނަށް ފެނަކައިން ވަޒީފާތައް މިހާރު ވެސް ހަމަޖައްސާދީފައިވާ އަދަދު މަދުނުވާނެ ކަމަށް ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ފެނަކާގެ ޔުނީފޯމްގައި ބައެއް މުވައްޒަފުން ސަރުކާރުގެ އިސްބޭފުޅުން އެރަށަކަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ވެސް އަމަލީ ގޮތުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެހެންކަމުން މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިނުކުރާނެ ކަމަށް ވައުދުވެގެން އައި ސަރުކާރުން އަމަލުކުރަމުން މިދަނީ ދިމާ އިދިކޮޅަށްނޫންތޯއެވެ. ސަރުކާރާއި އިދިކޮޅަށް ފާޅުކުރާ ހިޔާލަކާއި ގުޅިގެން ފެނަކާގެ މުވައްޒަފުން ސަސްޕެންޑްކުރާއިރު، އަނެއްބައި މުވައްޒަފުން ޔުނީފޯމްގައި ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުން މިސަރުކާރުން މިވަނީ ބަލައިގަނެފައެވެ. މިގޮތަށް މިކަން ހިނގާނަމަ ވަޒީފާގެ ބިރަށް ވެސް މިސަރުކާރަށް ތާއީދުކުރާ ވަރަށް ގިނަ މުވައްޒަފުން ފެނަކާގައި ތިބޭނެ ކަމަށް ބައެއް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

14 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

01 މެއި 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު