Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނގުރާމައާއި ގުޅޭ ކުއްލި ބައްދަލުވުމަކަށް ގޮވާލުނ

ޣައްޒާ ހަނގުރާމައާ ގުޅޭ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އީރާނުން އޯއައިސީއަށް ގޮވާލައިފި

ތާހާ ވަނީ ޣައްޒާއާ ދެކޮޅަށް ޒަޔަނިސްޓް ސަރުކާރުން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް އެ ޖަމިއްޔާގެ އަމަލުތަކާއި ހަރަކާތްތަކާ ގުޅޭ ރިޕޯޓެއް ހުށަހަޅުއްވައިފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 16 ފެބުރުއަރީ 2024 | ހުކުރު 15:10
އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހްޔާން

އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހްޔާން

ޣައްޒާގެ އެންމެ ފަހުގެ ހާލަތާ ގުޅޭ ގޮތުން ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހްޔާން ގޮވާލައްވައިފިއެވެ.

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އިބްރާހިމް ތާހާއާ މިއަދު ފޯނުން ގުޅުއްވައި އަމީރު އަބްދުއްލަހްޔާން ވަނީ ހިފާފައިވާ ފަލަސްތީނުގެ އެންމެ ފަހުގެ ހާލަތާއި ދާދި ފަހުން އިސްރާއީލުގެ ހަމަލާތަކާ ގުޅުން ހުރި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ޣައްޒާގެ ދެކުނުގައި ވާ ރަފަހް ސިޓީއަށް ޒަޔަނިސްޓުންގެ ސަރުކާރުން ދެމުންދާ ޙަމަލާތަކާއި ޣައްޒާގެ އިންސާނީ ޙާލަތު ވަރަށް ބޮޑަށް ކުށްވެރިކުރެއްވިއެވެ.

އޯއައިސީގެ އެންމެ އިސް ޑިޕްލޮމެޓް އަމީރު އަބްދުއްލަހްޔާން ވަނީ ބައިނަލްއަގްވާމީ މުޖުތަމައުގެ ފަރާތުން، ހާއްސަކޮށް އޯއައިސީން މިހާރު ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.

ޣައްޒާގެ އުތުރުގެ އިންސާނީ ޙާލަތާއި، ޞިއްޙީ އަދި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް އިޝާރާތްކުރައްވައި އޮފިޝަލް ވިދާޅުވީ އިންސާނީ އެހީއާއި ޝިޕްމަންޓްތައް، ޚާއްޞަކޮށް މެޑިކަލް އަދި ފާމަސޫޓިކަލް ސާމާނު ފޮނުވުމަށް މަގުފަހިކުރުމަށް އަވަސް ޙައްލުތަކެއް ގެންނަންޖެހޭކަމަށެވެ.

ތާހާ ވަނީ ޣައްޒާއާ ދެކޮޅަށް ޒަޔަނިސްޓް ސަރުކާރުން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް އެ ޖަމިއްޔާގެ އަމަލުތަކާއި ހަރަކާތްތަކާ ގުޅޭ ރިޕޯޓެއް ހުށަހަޅުއްވައިފައެވެ. އަދި ކުއްލި ބައްދަލުވުމާ މެދު ވިސްނާ، މެމްބަރު ގައުމުތަކާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ހަމަލާދީ 28،663 މީހުން ޝަހީދުކޮށްލައި ޣައްޒާ ސިޓީއަށް ބޮޑެތި ގެއްލުންތައް ދީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެތެރެވިޔަނުދީ ހިފަހައްޓާފައެވެ. މަދުވެފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭ ވަރުވެފައި ކަމަށް އދއިން ބުނެއެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާގެ ތުހުމަތު އުފުލާފައިވާއިރު، މިދިޔަ ޖެނުއަރީ މަހު ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަމުރުކޮށްފައެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
09 އެޕްރީލު 2017

އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް

09 އެޕްރީލު 2017
އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު