Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ނަތަންޔާހޫ ގޮންޖެހ

ފަލަސްތީނާ އެކު ދާއިމީ ހައްލެއް ގެނައުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ކުރަމުންދާ ޑިމާންޑްތަކަށް ނަތަންޔާހޫ ދެކޮޅު ހަދައިފި

އަރަބި ބައެއް ގައުމުތަކުން ދަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ދިގު މުއްދަތުގެ ސުލްހައިގެ ޕްލޭނެއް ފައިނަލް ކުރަމުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 16 ފެބުރުއަރީ 2024 | ހުކުރު 13:37
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ފަލަސްތީނާ އެކު ދާއިމީ ހައްލެއް ގެނައުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ކުރަމުންދާ ޑިމާންޑްތަކަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހައްދަވައިފިއެވެ.

ނަތަންޔާހޫ އެކްސްގައި ކުރިޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ފަލަސްތީނާ އެކު ދާއިމީ ހައްލެއް ގެނައުމާ ބެހޭ ގޮތުން ބައިނަލްއަގްވާމީ އެންގުންތަކަށް އިސްރާއީލުން މުޅިން ދެކޮޅު ހަދައެވެ.

އަދި އެފަދަ އިންތިޒާމެއް ހަމަޖެއްސޭނީ އެއްވެސް ޝަރުތެއް ނެތި ސީދާ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ކަމަށް އޭނާ ބުނެފައިވެއެވެ.

ނަތަންޔާހޫ ބުނީ ފަލަސްތީނުގެ ދައުލަތެއް އެއްފަރާތަކުން ބަލައިގަތުމާ އިސްރާއީލުން ދެކޮޅު ހަދާނެ ކަމަށެވެ.

ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓެއްގައި ވާގޮތުން އެމެރިކާ އާއި އަރަބި ބައެއް ގައުމުތަކުން ދަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ދިގު މުއްދަތުގެ ސުލްހައިގެ ޕްލޭނެއް ފައިނަލް ކުރަމުންނެވެ.

އެ ޕްލޭންގައި "ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރާނެ ހަރުދަނާ ޓައިމްލައިނެއް ހިމަނާފައިވާ ކަމަށާއި، އެކަން ކުރިއަށް އޮތް ހަފުތާތަކުގެ ކުރީކޮޅު އިއުލާނު ކުރެވޭނެ" ކަމަށް އެ ބަޔާނުގައި ވެއެވެ.

އިސްރާއީލުން އިރުމަތީ ގުދުސް ހިފާފައިވަނީ 1967 ވަނަ އަހަރުގެ އަރަބި-އިސްރާއީލު ހަނގުރާމައިގައެވެ. ބައިނަލްއަގްވާމީ މުޖުތަމައުން ދުވަހަކުވެސް ބަލައިނުގަންނަ ފިޔަވަޅެއްގެ ގޮތުން މުޅި ގުދުސްއަކީ އެގައުމުގެ ދާއިމީ އ ވެރިރަށުގެ ގޮތުގައި ސިފަކޮށް، 1980 ވަނަ އަހަރު މުޅި ސިޓީ ހިފިއެވެ.

ފަލަސްޠީނުގެ ރައްޔިތުން އުއްމީދުކުރަނީ ޣައްޒާއާއި ހުޅަނގު އައްސޭރީގައި އަމިއްލަ މިނިވަން ދައުލަތެއް ޤާއިމުކޮށް، އިރުމަތީ ގުދުސް އަކީ އެޤައުމުގެ ވެރިރަށަށް ވާނެކަމަށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ހަމަލާދީ 28،663 މީހުން ޝަހީދުކޮށްލައި ޣައްޒާ ސިޓީއަށް ބޮޑެތި ގެއްލުންތައް ދީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެތެރެވިޔަނުދީ ހިފަހައްޓާފައެވެ. ނަތީޖާ އެއްގެ ގޮތުން ޣައްޒާ މިތަކެތިވަނީ އިންތިހާއަށް މަދުވެފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭ ވަރުވެފައި ކަމަށް އދއިން ބުނެއެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާގެ ތުހުމަތު އުފުލާފައިވާއިރު، މިދިޔަ ޖެނުއަރީ މަހު ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަމުރުކޮށްފައެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި
22 މެއި 2017

ސުލްހަ ހޯދައިދޭން ޓްރަމްޕް ފަލަސްތީނާއި އިޒްރާއީލަށް!

22 މެއި 2017
ސުލްހަ ހޯދައިދޭން ޓްރަމްޕް ފަލަސްތީނާއި އިޒްރާއީލަށް!
15 މެއި 2017

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

15 މެއި 2017
މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް