Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީއައިއޭގެ ވެރިޔާ އިސްރާއީލަށް ސިއްރު ދަތުރުފުޅެއް

ޣައްޒާގެ މަޝްވަރާތަކަށް ސީއައިއޭގެ ޑިރެކްޓަރު އިސްރާއީލަށް ސިއްރު ދަތުރުފުޅެއް ކުރައްވައިފި

16 ފެބުރުއަރީ 2024 | ހުކުރު 06:36

މި ދަތުރުފުޅު ކުރެއްވިކަން އިސްރާއީލްގެ މީޑިއާތަކުން ވަނީ ކަށަވަރު ކޮށްދީފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 16 ފެބުރުއަރީ 2024 | ހުކުރު 06:36
ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް ވޮޝިންޓަން ޑީސީގައި (ފައިލްފޮޓޯ)

ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް ވޮޝިންޓަން ޑީސީގައި (ފައިލްފޮޓޯ)

ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް އިސްރާއީލުގެ އިސް އޮފިޝަލުންނާ އެކު މަޝްވަރާ ކުރެއްވުމަށް އިއުލާނު ނުކުރާ ސިއްރު ދަތުރުފުޅެއްގައި ބުރާސްފަތި ދުވަހު އިސްރާއީލަށް ވަޑައިގެންފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާންސް އެ ގައުމަށް ވަޑައިގަތުމަށްފަހު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި މޮސާޑްގެ ވެރިޔާ ޑޭވިޑް ބާނިއާއާ ބައްދަލުކުރެއްވިއެވެ.

މި ދަތުރުފުޅު ކުރެއްވި ސަބަބެއް އަދި ސާފު ނުވި ނަމަވެސް ޔެޑިއޮތު އަހްރޯނޯތު ނޫހުން ބުނީ އެއީ ރަހީނުން ސަލާމަތް ކުރުމަށް ހަމާސްއާ އެކު އެއްބަސްވުމެއް ހެދުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ސަލާމަތީ ވަފުދެއް މިސްރަށް ފޮނުވަން ނަތަންޔާހޫ ދެކޮޅު ހެދުމާ ގުޅިފައިވާ ކަމެއް ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން ނަތަންޔާހޫގެ އޮފީހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިސްރާއީލާއި މިސްރު، ގަތަރު އަދި އެމެރިކާގެ އޮފިޝަލުން ގާހިރާގައި އަންގާރަ ދުވަހު ބައްދަލުވުމެއް ބާއްވައި، ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާދީ ފަލަސްތީނުގެ މަސްދަރަކުން ބުނި ގޮތުގައި މިދިޔަ ހަފުތާގައި ހަމާސް އިން ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ތިން މަރުހަލާގެ ޕްލޭނެއް ހުށަހަޅައިފައެވެ.

ނަމަވެސް ނަތަންޔާހޫ ވަނީ ހަނގުރާމަ ހުއްޓާލުމަށް ހަމާސް އިން ހުށަހެޅި ހުށަހެޅުމާ ދެކޮޅު ހައްދަވައި ފަލަސްތީނުގެ ހަމާސްގެ މައްޗަށް "ބޮޑު ކާމިޔާބީއެއް" ލިބެންދެން ޣައްޒާގެ ހަނގުރާމަ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުން ގަބޫލުކުރާ ގޮތުގައި ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ސިޓީގައި ރަހީނުކުރި ދެ މީހަކު ހޯމަ ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން މިނިވަންކޮށްފައިވާއިރު، ރަހީނުކޮށްފައިވާ އިސްރާއީލުގެ ބާކީތިބި 134 މީހަކު ރަފަހްގައި ވެދާނެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ހަމަލާދީ 28،663 މީހުން ޝަހީދުކޮށްލައި ޣައްޒާ ސިޓީއަށް ބޮޑެތި ގެއްލުންތައް ދީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެތެރެވިޔަނުދީ ހިފަހައްޓާފައެވެ. މަދުވެފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭ ވަރުވެފައި ކަމަށް އދއިން ބުނެއެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާގެ ތުހުމަތު އުފުލާފައިވާއިރު، މިދިޔަ ޖެނުއަރީ މަހު ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަމުރުކޮށްފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

16 އެޕްރީލު 2018

ޣައްޒާގެ އެންމެ ދިގު ޓަނަލް އިސްރާއީލުން ތަޅާލައިފި

16 އެޕްރީލު 2018
ޣައްޒާގެ އެންމެ ދިގު ޓަނަލް އިސްރާއީލުން ތަޅާލައިފި
03 އެޕްރީލު 2018

ފަލަސްތީނާއިއެކު އިސްރާއީލަށް ވެސް އެމީހުންގެ އަމިއްލަ ބިމުގެ ހައްގު އޮންނާނެ: ސައުދީ ވަލީއަހުދު

03 އެޕްރީލު 2018
ފަލަސްތީނާއިއެކު އިސްރާއީލަށް ވެސް އެމީހުންގެ އަމިއްލަ ބިމުގެ ހައްގު އޮންނާނެ: ސައުދީ ވަލީއަހުދު
31 މާރިޗު 2018

ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި

31 މާރިޗު 2018
ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި
22 ޖެނުއަރީ 2018

އެމެރިކާގެ ނާއިބު ރައީސް ޕެންސް އިސްރާއީލަށް ވަޑައިގެންފި

22 ޖެނުއަރީ 2018
އެމެރިކާގެ ނާއިބު ރައީސް ޕެންސް އިސްރާއީލަށް ވަޑައިގެންފި
29 ނޮވެމްބަރު 2017

ސުލްހައިގެ މަޝްވަރާތަކަށް ސީރިއާ ސަރުކާރުގެ ވަފްދު ބުދަ ދުވަހު ޖެނީވާ އަށް!

29 ނޮވެމްބަރު 2017
ސުލްހައިގެ މަޝްވަރާތަކަށް ސީރިއާ ސަރުކާރުގެ ވަފްދު ބުދަ ދުވަހު ޖެނީވާ އަށް!
03 ނޮވެމްބަރު 2017

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017
ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
11 ޖޫން 2017

އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް

11 ޖޫން 2017
އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް