Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

މަޤާމުން ވަކިކޮށްފާނެ ކަމާމެދު ނުވިސްނަން: ޓުޗެލް

ލެވަކޫސަން އަތުންވީ ލަދުވެތި ބައްޔާއެކު، ބަޔާން ލީގު ރޭހުގައި ފަހަތަށް ގޮސްފައިވާއިރު، ލާޒިއޯ އަތުން ބަލިވެ ކުއާޓާ ފައިނަލްގެ އުންމީދު ވަނީ ކުޑަވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ފެބުރުއަރީ 2024 | ހޮނިހިރު 02:08
ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާން މިއުނިކްގެ ކޯޗުކަމުން ވަކި ކޮށްފާނެ ކަމާމެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް، ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ލާޒިއޯ އަތުން ބަޔާން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެެވެ. އެ ބައްޔާއެކު ޓުޗެލް އަށް އަންނަނީ ޕްރެޝަރު ބޮޑުވަމުންނެވެ. އެ މެޗުގެ ކުރިން ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަނާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަޔާން އޮތީ ބަލިވެފަ އެވެ. އެ ބައްޔާއެކު ވެސް، ބަޔާންގެ ސަޕޯޓަރުންގެ ފާޑު ކިޔުމާއި ނުރުހުން ޓުޗެލް އަށް ވަނީ އަމާޒުވެފަ އެވެ.

މުހިންމު މެޗުތަކެއްގައި ބަޔާނަށް ނަތީޖާ ނުނެރެވިދާތީ، އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ޓުޗެލް ބުނީ، ކުރިމަގާމެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. އަދި ހަމައެހެންމެ، ކުލަބުގެ ކޯޗުކަމުން އޭނާ ވަކި ކޮށްފާނެތީ، އެކަމާ މެދު ވެސް ވިސްނުން ނުގެންގުޅޭ ކަމަށް ޓުޗެލް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، ލާޒިއޯ މެޗުން ބަލިވީ ބަޔާންގެ ކުޅުންތެރިން އަމިއްލަ އަށް ހެދި ގޯސްތަކެއްގެ ސަބަބުންނެވެ. އަދި ހުރިހާ ކަމެއް ވެސް ކުރެވިފައި ހުރީ މެޗުން ބަލިވާ ގޮތަށް ކަމަށް ވެސް އޭނާ ބުންޏެވެ. ބަޔާންގެ އަމިއްލަ އަތް މަތީގައި އޮތް މެޗެއް ގެއްލުނީ، އަމިއްލަ އަށް ކުރަން ޖެހުނު ކަންތައްތަކެއް ނުކުރެވިގެން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މެޗުގެ ވަކި ހިސާބަކުން ބަޔާންގެ ކުޅުންތެރިން ތިބީ އެއްކޮށް އަތް ދޫކޮށްލައިގެން ކަަމަށާއި، މެޗު ހޯދުމަށް އެއްވެސް ކަމެއް ނުކުރެވުނު ކަަމަށް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް ޓުޗެލް ބުނީ އެކަން ޤަބޫލު ކުރަން ވެސް އޭނާ އަށް ދަތި ކަމަށެވެ. ޚާއްސަކޮށް، ވަކި ވަކި ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ވެސް ފެނުނު ކަމަށް އޭނާ ބުންޏެވެ.

ލެވަކޫސަން އަތުންވީ ލަދުވެތި ބައްޔާއެކު، ބަޔާން ލީގު ރޭހުގައި ފަހަތަށް ގޮސްފައިވާއިރު، ލާޒިއޯ އަތުން ބަލިވެ ކުއާޓާ ފައިނަލްގެ އުންމީދު ވަނީ ކުޑަވެފަ އެވެ. ކުއާޓާ ފައިނަލްގެ ޖާގަ ބޭނުންވާ ނަމަ، ބަޔާނަށް ޖެހޭނީ އަމިއްލަ ދަނޑުގައި ކުޅޭ ދެ ލެގު ކާމިޔާބު ކުރާށެވެ.

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2017

ރެއާލް ދޫކޮށް ދާކަށް ނުވިސްނަން: ބެންޒެމާ

02 ޑިސެމްބަރު 2017
ރެއާލް ދޫކޮށް ދާކަށް ނުވިސްނަން: ބެންޒެމާ
20 އޮކްޓޯބަރު 2017

އެވަޓަންގެ ކޯޗުކަމުން އަހަރެން ވަކިކޮށްފާނެ: ރޮނަލްޑް ކޯމަން

20 އޮކްޓޯބަރު 2017
އެވަޓަންގެ ކޯޗުކަމުން އަހަރެން ވަކިކޮށްފާނެ: ރޮނަލްޑް ކޯމަން
28 ސެޕްޓެމްބަރު 2017

ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި

28 ސެޕްޓެމްބަރު 2017
ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި
11 ސެޕްޓެމްބަރު 2017

މާކީޒިއޯ، ކެދީރާ އަދި ކިއެލީނީ އަށް ބާސާ މެޗުގައި ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ

11 ސެޕްޓެމްބަރު 2017
މާކީޒިއޯ، ކެދީރާ އަދި ކިއެލީނީ އަށް ބާސާ މެޗުގައި ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ
05 ޖޫން 2017

2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން

05 ޖޫން 2017
2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު