Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގެ ކުނީގެ މައްސަލަ

ވިޔަފާރިކުރާ ފަރާތްތަކަށް ހެޔޮ އަގެއްގައި ކުނި އުކޭނެ އިންތިޒާމްތަކެއް ހަމަޖައްސަނީ

މާލޭގެ ކުނީގެ މައްސަލަ އަކީ ހައްލު ނުކުރެވި އޮތް ބޮޑު މައްސަލަ އެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ފެބުރުއަރީ 2024 | ބުރާސްފަތި 04:47
މޭޔަރު އާދަމް އާޒިމް ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މޭޔަރު އާދަމް އާޒިމް ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ވިޔަފާރިކުރާ ފަރާތްތަކަށް ހެޔޮ އަގެއްގައި ކުނި އުކޭނެ އިންތިޒާމްތަކެއް ހަމަޖައްސަން މަސައްކަތް ކުރައްވަމުންގެންދަވާކަމަށް މާލެ ސީޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތާއި ގުޅޭ ގޮތުން އާޒިމް ވިދާޅުވީ މިހާރު ސިޓީ ކައުންސިލްގެ މުވައްޒަފުން މެދުވެރިކޮށް މާލެތެރެ ސާފުކުރުމުގެ މަސައްކަތް ކުރާ ގޮތަށް ބަދަލުކުރަމުންދާ ކަމަށެވެ. އެމަނިކުފާނު މަޤާމާއި ހަވާލުވެވަޑައިގެންނެވި އިރު އެ މަސައްކަތް ކުރަމުން ދިޔައީ ކޮންޓްރެކްޓު އުސޫލުން ބަޔަކާއި ހަވާލުކޮށްގެން ކަމަށާއި އެ މަސައްކަތުގެ ތެރޭގައި އެންމެ ރަނގަޅަށް ނުދާކަންކަން ހުރިކަން އާޒިމް ފާހަގަކުރެއްވިއެވެ. މާލެތެރެ ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ ބާރު ހިނގާ، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ބަޔަކު ލައްވާކުރުވުމަކީ ރަނގަޅު ގޮތް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެއް ވިޔަފާރިވެރިންނާއި ވާހަކަދައްކަވާފައިވާ ކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، މާލެ ތެރޭގައި އެންމެ ބޮޑަށް ގިނަވާ އެކައްޗަކީ ވިޔަފާރިކުރާ ތަންތަނުގައި އުފެދޭ ބައެއް ޒާތުގެ ކުނި ކަމަށެވެ. އެ ކުނި އުކާލަން ދާން ޖެހެނީ ވަރަށް ބޮޑު އަގުގައިކަން ވިޔަފާރިވެރިން ފާހަގަކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެކަމަށް ހެޔޮ ބަދަލެއް ގެނެސްގެން ނޫނީ މާލެ ތެރެއަށް ކުނި ޖަމާވެފައި ހުންނަ މައްސަލަ އަށް ހައްލެއް ހޯދަން އުނދަނގޫ ވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މި ކަމާއި ގުޅިގެން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކުރައްވާފައިވާ ކަމަށާއި، ވިޔަފާރިތަކުން ކުނި އުކާ އަގު ކުޑަކުރުމަށް ފަހު އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ފާހަގަކުރައްވާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެކަން އަވަސްކުރަން އެދިވަޑައިގަންނަވާފައިވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން މަގުމައްޗަށް ކުނި އެޅުމަކީ މަނާ ކަމެއް ކަމަށް ވާއިރު އެއީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ފަރުދީ ޒިންމާ އަދާނުކޮށް ކުނީގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މޭޔަރު އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު މާލޭގެ ކުނީގެ މައްސަލަ އަކީ ހައްލު ނުކުރެވި އޮތް ބޮޑު މައްސަލަ އެކެވެ. ކުނީގެ މައްސަލަ ހައްލުކޮށްދިނުމަކީ އާޒިމްގެ ވައުދެކެވެ. އެހެންކަމުން މޭޔަރުކަމަށް ވަޑައިގެން އެ މަސައްކަތް ކާމިޔާބުކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު