Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ އައު ސަރުކާރު

ޕާކިސްތާނުގެ އައު ސަރުކާރު އެކުލަވާލާނީ އިމްރާން ޚާންގެ ސިޔާސީ ވާދަވެރި މައި ދެ ޕާޓީ ގުޅިގެން

އިންތިޚާބުގެ ނަތީޖާ ހާމަކުރިއިރު އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އިމްރާން ޚާނަށް ތާއީދުކުރާ އަމިއްލަ މެމްބަރުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 14 ފެބުރުއަރީ 2024 | ބުދަ 13:08
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ޝަހްބާޒް ޝަރީފް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ޝަހްބާޒް ޝަރީފް

ޕާކިސްތާނުގެ އާންމު އިންތިޚާބަށްފަހު އައު ސަރުކާރު އެކުލަވާލާނީ ނަވާޒް ޝަރީފުގެ ޕާޓީ ކަމަށްވާ ޕީއެމްއެލްއެން އަދި ބިލާވަލް ބުއްޓޯ ޒަރްދާރީގެ ޕީޕީޕީ ގުޅިގެން ކަމަށް، އިއުލާން ކޮށްފިއެވެ. ބުއްޓޯގެ ޕާޓީން ވަނީ ނަވާޒް ޝަރީފްގެ ޕާޓީން ބޮޑުވަޒީރަކު އައްޔަން ކުރުމަށް އެހީތެރި ވެދޭނެ ކަމަށް ބުނެފައެވެ.

ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ދުރުކުރީވެސް މި ދެ ޕާޓީ ގުޅިގެން ނެގި ވޯޓަކުންނެވެ. އިމްރާން ޚާން މިހާރު ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ސަރުކާރު އެކުލަވާލުމުގެ އެއްބަސްވުމަށްފަހު ޒަރުދާރީ ވިދާޅުވެފައިވަނީ ޕާޓީތައް އަބަދު ވާދަވެރިން ގޮތުގައި ތިބުން ކޮންމެހެން ލާޒިމު ނޫން ކަމުގައެވެ.

އިންތިޚާބުގެ ނަތީޖާ ހާމަކުރިއިރު އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިމްރާން ޚާނަށް ތާއީދުކުރާ އަމިއްލަ މެމްބަރުންނެވެ. މިގޮތުން 93 ގޮނޑި ކާމިޔާބުކޮށްފައި ވަނީ އިމްރާން ޚާނަށް ތާއީދުކުރާ މެމްބަރުންނެވެ. ނަވާޒް ޝަރީފުގެ ޕީއެމްއެލްއެންއަށް ލިބިފައިވަނީ 75 ގޮނޑިއެވެ. އެއް ޕާޓީއަށް އެކަނި ސަރުކާރެއް ގާއިމްކުރެވެނީ ކޯލިޝަން އެއްގެ ލީޑަރުކަން ސާބިތު ކޮށްދިނުމާއެކު، 169 ގޮނޑި ލިބިގެންނެވެ.

ޕީއެމްއެލްއެން ޕާޓީގެ އޮފިޝަލަކު ބުނިގޮތުގައި ނަވާޒް ޝަރީފް ނިންމަވާފައިވަނީ ކޮއްކޯފުޅު ޝަހްބާޒް ޝަރީފަށް ބޮޑުވަޒީރުކަން ދެއްވުމަށެވެ. ޝަހްބާޒް ޝަރީފް ވަނީ ކުރިންވެސް ބޮޑުވަޒީރުކަން ކުރައްވާފައެވެ.    

މި އިންތިޚާބުގައި ވޯޓު އޮޅުވާލިކަމުގެ ޝަކުވާ އިމްރާން ޚާންގެ ޕާޓީންވެސް ވަނީ ކޮށްފައެވެ. އަދި ދައުވާ ކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ވޯޓަށްފަހު ފުރަތަމަ ފަހަރަށް ކޯޓުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން އިމްރާން ޚާން ވިދާޅުވީ، ވަގަށްނަގާފައިވާ ވޯޓުގެ މައްޗަށް ސަރުކާރު ގާއިމް ނުކުރުމަށް ގޮވާލައްވައި އިންޒާރު ދެއްވާކަމަށެވެ. ރޯމާ ދުވާލު ކުރާ އެފަދަ ވައްކަމަކީ ރައްޔިތުން ކުރެވޭ ބޭއިހްތިރާމެއް ކަމަށާއި، އެކަމުން ގައުމުގެ އިގްތިސާދަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބިގެންދާނެކަމަށް އިމްރާން ޚާން ވިދާޅުވެފައި ވެއެވެ.

ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާ އައީ ގިނަ ބަޔަކު ހައިރާންވި ފަދަ ގޮތަކަށެވެ. ގިނަ މީހުން ހީކުރީ ކާމިޔާބު ލިބޭނީ ބާރުގަދަ އަސްކަރިއްޔާއާ ގާތް ގުޅުމެއް އުފައްދަވާފައިވާ ނަވާޒް ޝަރީފަށް ކަމަށެވެ. ނަމަވެސް ނަވާޒް ޝަރީފަށްވުރެ އިމްރާން ޚާންގެ މަގުބޫލްކަން އިތުރުކަން ވަނީ ހާމަވެފައެވެ.

ކަރާޗީގައި މަރުކަޒުވެފައިވާ އެމްކިއުއެމް ޕާޓީއަށް ވެސް 17 ގޮނޑި ލިބިފައި ވެއެވެ. އަދި އަލަށް އުފެދޭ ކޯލިޝަން އެއްގައި އެ ޕާޓީވެސް އިސް ދައުރެއް އަދާކޮށްފާނެ ކަމަށް ބެލެވެއެވެ.

ނެޝަނަލް އެސެމްބްލީގެ 366 ގޮނޑީގެ ތެރެއިން 266 ގޮޑި ސީދާ ވޯޓުން ހޮވާއިރު، 70 ގޮޑި ރިޒަރވް ކުރެވިފައިވަނީ ޕާޓީތަކުން ގޮނޑި ހޯދާ ނިސްބަތުން، ޕާޓީތަކަށް ދޫކުރުމަށެވެ.  

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު