Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނަތަންޔާހޫއަށް ފާޑުކިޔުން

ނަތަންޔާހޫ ބޭނުން ވަނީ ހުރިހާ ރަހީނުން މަރުވާންކަމަށް ބުނި އިސްރާއީލުގެ ނޫސްވެރިއެއް ސަސްޕެންޑްކޮށްފި

ނޫސްވެރިޔާ ފަހުން އެކަމާ ދެރަވެ އެ ޗެނެލްގެ ވެރިންގެ ކިބައިންވަނީ މަޢާފަށް އެދިފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2024 | އަންގާރަ 09:44
އިސްރާއީލްގެ ޗެނެލް 13ގެ ނޫސްވެރިޔާ ގިލް ތަމަރީ

އިސްރާއީލްގެ ޗެނެލް 13ގެ ނޫސްވެރިޔާ ގިލް ތަމަރީ

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުން ވަނީ ހުރިހާ ރަހީނުން މަރުވާން ކަމުގައި ބުނި އިސްރާއީލުގެ ނޫސްވެރިޔަކު ސަސްޕެންޑުކޮށްފިއެވެ.

އިސްރާއީލުގެ ޓީވީ ޗެނަލެއް ކަމަށްވާ ޗެނަލް 13ގެ ނޫސްވެރިޔާ މިހެން ބުނެފައިވަނީ އެ ޗެނެލުން ދެއްކި ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުންނެވެ.

އޭނާ ބުނީ ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމުގެ އެއްވެސް ޝައުގުވެރިކަމެއް ނަތަންޔާހޫގެ ނެތްކަމަށާއި، ނަތަންޔާހޫ ބޭނުންވަނީ އެ އެންމެން މަރުވާންކަމަށެވެ.

ނޫސްވެރިޔާ ގިލް ތަމަރީ އަކީ އިސްރާއީލުގެ ޓީވީ ޗެނަލް " ޗެނަލް 13ގައި މަސައްކަތްކުރާ ސީނިއަރ ނޫސްވެރިއެކެވެ. ޓީވީން ލައިވް ކުރަމުންދިޔަ އެ ޕްރޮގްރާމް ނުވެސް ނިމެނީސް ނޫސްވެރިޔާ އަށް ވަނީ އެ ޗެނެލްގެ ފަރާތުން ފިޔަވަޅުއަޅާފައެވެ.

ނޫސްވެރިޔާ ފަހުން އެކަމާ ދެރަވެ އެ ޗެނެލްގެ ވެރިންގެ ކިބައިންވަނީ މަޢާފަށް އެދިފައެވެ.

ނޫސވެރިޔާ ތަމަރީ ބުނީ ޓީވީން ގެނެސްދެމުންދިޔަ އެ ލައިވްގައި އޭނާއަށް އެހެން ބުނެވުނީ ގަސްތަކާ ނުލައި ކަމަށާއި، އެއީ އަމިއްލަ އިޚްތިޔާރުން ބޭރުން ބުނެވުނު އެއްޗެއްކަމަށެވެ.

ތަމަރީ ސަސްޕެންޑުކޮށްފައިވީ ނަމަވެސް އެކަމަށް އޭނާ މައާފަށް އެދުމުން އަންނަ ބުދަ ދުވަހުން ފެށިގެން އޭނާ އަލުން ވަޒީފާއާ ގުޅޭނެ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރޭޒް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މިސްރާއި ގަތަރު މެދުވެރިވެގެން ހަނގުރާމަ ހުއްޓައިލުމަށް މިދިޔަ ހަފުތާގައި ހުށަހެޅި ހުށަހެޅުމަށްވެސް ނަތަންޔާހޫ ވަނީ ދެކޮޅު ހައްދަވައިފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުގެ ފައުޖުތަކާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި 130 މީހަކު ހަމާސްއިން ވަނީ ރަހީނުކޮށްފައެވެ. އެ ހަމަލާތަކަށްފަހު ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލު ފައުޖުތަކުން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 28،340 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަހަމްކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 67،984 އަށް އުފުލިފައެވެ.

ސާފު ބޯފެނާއި ކާނާ، އަދި ބޭސް ފަރުވާވެސް ނުލިބޭ ހާލުގައިތިބި ޣައްޒާގެ އާންމުންގެ 85 އިންސައްތަ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލުމަށް އެ މީހުންނަށް ވަނީ މަޖުބޫރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު