Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީޔޫގެ ވެރިޔާ ޖޯސެފް ބޮރެލް

އިސްރާއީލަށް ހަތިޔާރު ފޯރުކޮށްނުދޭން އީޔޫއިން ގޮވާލައިފި

13 ފެބުރުއަރީ 2024 | އަންގާރަ 09:22

ހަމަލާތައް ހައްދު ފަހަނައަޅައި އިސްރާއީލުން އެތައް ބަޔަކު މަރަމުން އަންނަ ކަމަށް ގަބޫލުކުރާނަމަ، އެކަން ހުއްޓުވުމަށް އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދޭ ހަތިޔާރު މަދުކުރުމަށް ޖެހޭ: ބޮރެލް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 13 ފެބުރުއަރީ 2024 | އަންގާރަ 09:22
ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް

ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމަށް ހިތްވަރު ދިނުމުގެ ގޮތުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްނުދޭން އެމެރިކާއަށާއި އިސްރާއީލަށް ވާގިވެރިވާ އެހެން ގައުމުތަކަށް ވިލާތުގެ އިއްތިހާދު (އީޔޫ)އިން ގޮވާލައިފއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމެންގެންދާ ހަމަލާތައް ހައްދު ފަހަނައަޅައިފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ހަފުތާ ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި އީޔޫގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވީ ހަމަލާތައް ހައްދު ފަހަނައަޅައި އިސްރާއީލުން އެތައް ބަޔަކު މަރަމުން އަންނަ ކަމަށް ގަބޫލުކުރާނަމަ، އެކަން ހުއްޓުވުމަށް އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދޭ ހަތިޔާރު މަދުކުރުމަށް ޖެހޭކަމަށެވެ.

އަދި، އިސްރާއީލުން ޣައްޒާގައި މަރަމުންދާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ދުނިޔޭގެ ބޮޑެތި ލީޑަރުންނާއި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވެސް ވިދާޅުވާ އަޑު އެތައް ފަހަރަކު އިވޭ ކަމަށާއި ނަމަވެސް އެކަމަށް ހައްލެއް ގެނެވިފައިނުވާ ކަމަށް ބޮރެލް ފާހަގަކުރެއްވިއެވެ.

ޣައްޒާގެ ރަފާ ސިޓީގައި ހިޔާވަހިކަން ހޯދަމުންދާ ފަލަސްތީނު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދުން ބޭރު ކުރަން ޖެހޭކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުއްވި އަމުރަށް ވެސް ބޮރެލް ވަނީ ފާޑުވިދާޅުވެފައެވެ. އެ މީހުން އެ ސަރަހައްދުން ނެރުމުން ދެން އެ މީހުން ދާނީ ކޮންތަނަކަށްތޯ ބޮރެލް ވަނީ ސުވާލުކުރައްވައިފައެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި އިސްރާއީލު ފައުޖުތަކާއި ދެމެދު މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އަންނަނީ ހަނގުރާމަ ކުރަމުންނެވެ. ހަމާސް ނައްތައިލުމަށް ކަމަށްބުނެ އިސްރާއީލުން ކުރަމުންދާ އެ ހަނގުރާމައަށް ހަތަރު މަސް ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެގޮސްފައިވާއިރު، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 28،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެ ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންގެ އަދަދު ލައްކައަކަށް އަރާއިރު، 85 އިންސައްތަ މީހުންގެ ގޮދޮރުވަނީ ގެއްލިފައެވެ.

އދ.އާއި، އެހެހިނިހެންވެސް އެހީދޭ ޖަމާޢަތްތަކުން ގޮވާލަމުންދަނީ ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓަލުމަށާއި، އިސްރާއީލުން ރަފަހް އަށް އަރައިގަންނަން ރާވާރޭވުން އަނބުރާ ގެނައުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 މެއި 2017

އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

03 މެއި 2017
އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި
22 އެޕްރީލު 2017

އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން

22 އެޕްރީލު 2017
އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް