Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިކްޓްރީ ސްޕޯޓްސް ކުލަބު

ފުރަތަމަ ޑިވިޝަނަށް ދިޔުމަށް ވިކްޓްރީން ކުރި ދަތުރުގައި ބައިވެރިވެވުމުން އައްސަދަށް ޚާއްސަ އުފަލެއް!

އައްސަދު ބުނީ، އަލުން ވިކްޓްރީ އަށް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތާއި، އުންމީދު އަދި ހެޔޮ ދުޢާ އާއެކު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ފެބުރުއަރީ 2024 | އަންގާރަ 01:18
ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މެނޭޖަރު އައްސަދު

ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މެނޭޖަރު އައްސަދު

ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދުމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ކުރި ދަތުރުގައި ބައިވެރިވެވުމުން ޚާއްސަ އުފަލެއް ލިބިއްޖެ ކަމަށް، އެ ކުލަބުގެ މެނޭޖަރު އައްސަދު ޢަބްދުލް ޣަނީ ބުނެފި އެވެ.

އައްސަދު މިހެން ބުނީ، ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބުކަމަށްވާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައި، ވިކްޓްރީން ފައިނަލްގެ ޖާގަ ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދިޔުމާއެކު، ކުރިއަށް އޮތް ސީޒަންގެ ފުރަތަމަ ޑިވިޝަންގައި ވިކްޓްރީން ވާދަކުރާނެ އެވެ.

އައްސަދު ބުނީ ވިކްޓްރީގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އައްސަދު ބުނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި، ކުޅުންތެރިޔެއްގެ ޙައިސިއްޔަތުން ވިކްޓްރީ އަށް ޚިދުމަތެއް ކޮށްދެވިފައި ނެތް ނަމަވެސް، ކުޅުން ހުއްޓާލުމަށްފަހު މެނޭޖަރެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އުފާވި ކަމަށެވެ. އޭގެ އިތުރުން ރަނގަޅު ޓީމެއް އެކުލަވާލައިގެން މިހާ ހިސާބަށް އާދެވުނީ، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެފައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނާއި، ބިދޭސީ ކުޅުންތެރިންނާއެކު ކަމަށް އޭނާ ބުންޏެވެ.

އިތުރަށް އައްސަދު ބުނީ، އަލުން ވިކްޓްރީ އަށް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތާއި، އުންމީދު އަދި ހެޔޮ ދުޢާ އާއެކު ކަމަށެވެ. އައްސަދު ފާހަގަ ކުރި ގޮތުގައި އަލުން ވިކްޓްރީ ފުރަތަމަ ޑިވިޝަނަށް ދިޔުމަކީ، ދިވެހި ފުޓުބޯޅައިގައި އެތައް ބަޔަކު ދެކެން ވެސް ބޭނުންވި ދުވަހެކެވެ. މުޅި ޙަޔާތް ކުޅިވަރުގެ ތެރޭގައި ހޭދަކޮށްފައި ހުރި މީހެއްގެ ޙައިސިއްޔަތުންް، އޭނާ ވެސް އެކަމާ ވަރަށް އުފާވާ ކަމަށް އައްސަދު ވަނީ ބުނެފަ އެވެ. ހަމައެއާއެކު ފުރަތަމަ ޑިވިޝަންގައި ވިކްޓްރީން އަނެއްކާ ވެސް ކުޅެން ފެށުމަކީ، ފުޓުބޯޅަ އަށް އަންނާނެ ހެޔޮ ބަދަލެއް ކަމަށް ވެސް އައްސަދު ޤަބޫލު ކުރެ އެވެ.

އައްސަދު އަކީ ރާއްޖޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. ކެރިއަރުގައި އޭނާ ވަނީ ނިއު ރޭޑިއަންޓް އަދި ކުލަބު ވެެލެންސިއާ އަށް ކުޅެ، އެ ކުލަބުތަކާއެކު ގިނަ ކާމިޔާާބީތަކެއް ވެސް ޙާސިލު ކޮށްފަ އެވެ. އައްސަދު ވަނީ އެ ދެ ކުލަބުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. ރާއްޖެ އެންމެ ފުރަތަމަ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި ޓީމުގެ ކެޕްޓަނަކީ ވެސް އައްސަދު އެވެ.

މިއީ ވިކްޓްރީން ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ވާދަކުރި ދެ ވަނަ އަހަރެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަންގެ މުބާރާތުގައި ވާދަކޮށް، ވިކްޓްރީން ވަނީ ފުރަތަމަ ޑިވިޝަނަށް އަލުން އައުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، މިދިޔަ އަހަރު ވިކްޓްރީން މުބާރާތް ނިންމާލަން ޖެހުނީ ގުރޫޕް ސްޓޭޖުންނެވެ. އެއާ ޚިލާފަށް، މިއަހަރުގެ މުބާރާތަށް ދުރާލާ ތައްޔާރުވެ، ފުރަތަމަ ޑިވިޝަނަށް އަލުން އައުމަށް ވިކްޓްރީން ވަނީ ބޮޑު ހޭދައެއް ވެސް ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު