Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސްވެރިކަން

މަސްވެރިންނަށް އުފާވެރި ޚަބަރު ދެއްވާނެ ކަމަށް ވިދާޅުވެ، ވަޑައިގެން ދެއްވި ޚަބަރަކީ މަހުގެ އަގު ކުޑަކުރާކަމުގެ ޚަބަރު!

12 ފެބުރުއަރީ 2024 | ހޯމަ 15:20

މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށް ދަށްކުރުމަށް ނިންމާފައިވަނީ ހޯމަ ދުވަހުން ފެށިގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ފެބުރުއަރީ 2024 | ހޯމަ 15:20
މަސްވެރިން

މަސްވެރިން

ބުނަނީ ތިމާމެންނަކީ މަސްވެރިންގެ ސަރުކާރެއް ކަމަށެވެ. މަސްވެރިންގެ ވިންދު ދަންނަ، މަސްވެރިންްގެ އަޑު އަހާނެ ސަރުކާރެއް ކަމަށެވެ. މަސްވެރިންގެ ހައްގުގައި ވަކާލާތު ކުރާނެ ވާހަކައާއި، މަސްވެރިކަން މެކުހަށް ޖަހާނެ ކަމަށް ބުނެ، ބޮޑެތި ވައުދުތައް މަސްވެރިންނަށްޓަކައި ވިއެވެ. ވެރިކަމަށް އައީ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް މަހުގެ ހަމަ އަގު ދޭނެކަމުގެ ވައުދާއެކުގައެވެ.

އެކަމަކު މިހާތަނަށް އައިއިރު އެކަން ކުރާނެ ގޮތުގެ ޕްލޭނެއް، ނުވަތަ އެކަން ކުރާނެ ދުވަހެއް ހާމައެއްނުކުރެއެވެ. ދުވަހެއް ދީފިއްޔާ އެ ދުވަހަކަށް އެ މަަސައްކަތް ނުނިމިގެން މަސްވެރިން ސުވާލުކުރާނެތީ، އެ ފުރުސަތުވެސް ދޭން ބޭނުން ނުވަނީ ތޯއްޗެކެވެ. ދެން ބުނީ ތިމަންނާމެން މަސްވެރިންގެ އިހުސާސްތައް ދަންނާނެކަމުގެ ވާހަކައެވެ. އެކަމަކު މިއަދު ވެރިކަަމަށް އައިސް ދެ މަހާއި ފޮއި ދުވަސް ހަމަވިތަނާހެން އެ ނިންމި ނިންމުމަކީ މަހުގެ އަގު ކުޑަކުރުމެވެ.

ނިމިދިޔަ ސަރުކާރު ނިމެން ގާތްވެފައި ވަނިކޮށް، މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރައްވަން ރައީސް ސާލިހު ނިންމެވިއެވެ. އެގޮތުން އެ ފަހަރު އެ ނިންމެވުން ނިންމީ، ޔޫރަޕިއަން ޔޫނިއަން އަދި އިނގިރޭސިވިލާތާއެކު އޭރުގެ ސަރުކާރުން ކުރި މަޝްވަރާތަކުގެ ތެރެއިން، ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ 22 ޕަސެންޓްގެ ޑިއުޓީ ކުޑަކުރުމުގެ އުންމީދު ލިބިފައިވަނިކޮށެވެ. މަހުގެ އަގު ކުޑަކުރީ ހިންގުމުގެ ޚަރަދު ހުރި ގޮތުން ފަރުޖައްސާލެވޭނެ ހަމަ އެއް ގޮތެއް ވެސް ނެތިގެން ކަމަށް ސަރުކާރުން ބުނާއިރު، އެ އެބުނާ ހިންގުމުގެ ޚަރަދުގެ އަސަރު ސިޔާސީ މަގާމުތަކަށް ވެސް ކުރާނަމަ ހާދަހާ ރަނގަޅެވެ.

މިފްކޯއިން މަސް ގަންނަ އަގު ދަށްކުރަން އުޅޭ ކަމަށް މި ސަރުކާރު ވެރިކަމަށް އައިއިރު ވެސް އަޑު ފެތުރުނެވެ. އެކަމަކު އެކަމަށް އޭރު ފާޅުގައި އިންކާރުކުރިއެވެ. އާޚިރުގައި ކަން ނިމުނުއިރު މިވީ އަނެއްކާވެސް "ކުރިން ބުނި ވާހަކަ" ކެންސަލްއެވެ. މި ނޫން ވަރެއް އެއްވެސް ކަމެއްގައި މި ސަރުކާރަކަށް ނުވެއެވެ.

ސަރުކާރުން ބުނާގޮތުން މަސްވެރިންނަށް މަހުގެ އަގު ބޮޑުވުން މުހިންމެއް ނޫނެވެ. އެހެނީ މަހުގެ އަގު ކުޑަވެގެން އެ އަގު ބޮޑުކުރަން މަސްވެރިން ވާހަކަދައްކާ އަޑު ނީވޭކަމަށް ސާފުކޮށް ސަރުކާރުން ބުނަމުންދިއުމެވެ. މިއީ މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ ވައުދާއެކު މަސްވެރިންގެ ލޮލުގައި އަނދުން އަޅުވައި، މަސްވެރިންނަށް ހުވަފެން ދައްކައިގެން އައި ސަރުކާރުގެ ހާލަތެވެ. މަސްވެރިންނަށް ދޭން ސަރުކާރަކުން ނިންމި ފައިސާ އެ ގޮތުގައި ދެވޭނެ ގޮތެއް ހޯދޭނެ މިންވަރު ހަމަ ސަރުކާރުގެ ނެތީތާއެވެ. އެކަމަކު ކުރަން ބޭނުންވާ އެހެން ކަންކަން ކުރަންވީމާ، ބަޖެޓުގައި ނެތަސް އެކަން ކުރަނީއެވެ. އެހެންވީމަ ވަތަނިއްޔަތު ދިރުވަން އައި މި ސަރުކާރަށް، ދިވެހިންގެ ލޭނާރުކަމަށްވާ މަސްވެރިކަމަކީ އަގުހުރި ކަމަކަށް ނުވިތާއެވެ. އެއީ މާ މުހިންމު ކަމަކަށް ނުވިތާއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2019

ރައީސް ސޯލިހުގެ ލަންކާ ދަތުރުފުޅުން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އުފާވެރި ގިނަ ޚަބަރުތައް!

06 ފެބުރުއަރީ 2019
ރައީސް ސޯލިހުގެ ލަންކާ ދަތުރުފުޅުން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އުފާވެރި ގިނަ ޚަބަރުތައް!
25 އޯގަސްޓު 2018

އަންހެނުންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!

25 އޯގަސްޓު 2018
އަންހެނުންނަށް ކުޑައިމީސްވާ ފަދަ ބަސްފުޅެއް ރައީސް ޔާމީން ވިދާޅުވެއްޖެ!
21 އޯގަސްޓު 2018

ފައިސަލްއާއެކު ފުވައްމުލަކަށް އީދުގެ އުފާވެރިކަން ބޮޑުވެފައި

21 އޯގަސްޓު 2018
ފައިސަލްއާއެކު ފުވައްމުލަކަށް އީދުގެ އުފާވެރިކަން ބޮޑުވެފައި
26 ޖުލައި 2018

ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން

26 ޖުލައި 2018
ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން
27 މެއި 2018

ނަޝީދުގެ ކެމްޕެއިނާ އެކު މެމްބަރުނަށް ކުރެވޭ އުފާވެރިކަމުގެ އިހްސާސާއި އުއްމީދުތައް

27 މެއި 2018
ނަޝީދުގެ ކެމްޕެއިނާ އެކު މެމްބަރުނަށް ކުރެވޭ އުފާވެރިކަމުގެ އިހްސާސާއި އުއްމީދުތައް
01 ފެބުރުއަރީ 2018

ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަތް ކުލި!

01 ފެބުރުއަރީ 2018
ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަތް ކުލި!
01 ޖުލައި 2017

"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

01 ޖުލައި 2017
"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"
15 ޖޫން 2017

ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

15 ޖޫން 2017
ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ
13 އެޕްރީލު 2017

ޚަބަރު ކޮމިޝަންގެ ރައީސް، ޕައްޅަންބޭގެ ކަރުސަތުނާމާ!

13 އެޕްރީލު 2017
ޚަބަރު ކޮމިޝަންގެ ރައީސް، ޕައްޅަންބޭގެ ކަރުސަތުނާމާ!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް