Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީޕީއެމް-ޕީއެންސީ

ރައީސްގެ ޕާޓީއާ ދެކޮޅަށް، "ރައީސްގެ ކެންޑިޑޭޓް"!

13 ފެބުރުއަރީ 2024 | އަންގާރަ 04:44

މިހާތަނަށް އެނގިފައި އޮތް ގޮތުގައި، 11 ދާއިރާއެއްގެ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ރައީސް މަނިކުފާނުގެ ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަ ކުރައްވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ފެބުރުއަރީ 2024 | އަންގާރަ 04:44
ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަބަދު ވެސް ކަންތައް ހިނގަމުން ދަނީ ތަފާތު ގޮތަކަށެވެ. މިއަދު ސިޔާސީ މަސްރަހު ފެންނަން އޮތީ، އިއްޔެ އޮތް ގޮތަކަށް ނޫނެވެ. އަދި، މާދަމާ އެ މަސްރަހު އޮންނާނީ، މިއަދު ކަންތައް ވަމުންދާ ގޮތަކަށް ނޫނެވެ. ދާދި މިދާކަށް ދުވަަހު ރާއްޖޭގެ ވެރިކަމަށް ސިޔާސީ ޕާޓީ އަކުން އަތުވެއްޖެ އެވެ. އެއް ފިކުރެއްގެ ބަޔަކު އުފައްދައިގެން އުޅުނު ދެ ޕާޓީ އެކުވެގެންނެވެ. ޕީޕީއެމް-ޕީއެންސީ ކޯލިޝަނުންނެވެ. ހަގީގަތުގައި ޕީއެންސީ އަކީ ބައެއްގެ ސިޔާސީ ހަށި ރައްކަލަކަށް އުފެއްދި ޕާޓީ އަކަށްވީ ނަމަވެސް، މިއަދު ވެރިކަމުގައި އޮތީ އެ ޕާޓީ އެވެ. ޕީޕީއެމްގެ ބޭނުން ކެނޑިއްޖެ އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވެސް ނިކުންނަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމްގެ ހަަމަ އެންމެ ކެންޑިޑޭޓެއް ވެސް ނެތީ އެވެ.

މަޖިލިސް އިންތިޚާބާ ދިމާކޮށް، މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ވެސް ބޭއްވި އެވެ. ޑިމޮކްރަސީގެ ރިވެތި ނަމޫނާ ދައްކާ ކަމަށް އަބަދު ވެސް ދައުވާ ކުރަމުން އަންނަ މީހުން ބޭއްވި ޕްރައިމަރީން ފެނުނީ މާ ރީތި މަންޒަރެއް ނޫނެވެ. ވޯޓުލުން ކުރިއަށް ދިޔަ މަރުކަޒުގެ ތެރޭގައި ތަޅާ ފޮޅުން ކުރިއަށް ދިޔައިރު، ސިފަވަމުން ދިޔައީ ހަނގުރާމަ މަތީ ފިލްމެކެވެ. އަނެއްކޮޅުން، ވަކި ބަޔަކު ޕްރައިމަރީން ހޮވުމަށްޓަކައި، ވޯޓު ފޮށިތަކަށް ބަންޑެލި ބަންޑެލިން ވަގު ވޯޓު އެޅި ވާހަކަ ވެސް ދައްކަނީ، ހަމަ އެ ޕާޓީގެ މެމްބަރުންނެވެ. ކޮންމެ ގޮތެއް ވިޔަސް، ޕްރައިމަރީ ވެސް ނިމިއްޖެ އެވެ. ކެންޑިޑޭޓުން ވެސް ޔަގީންވެއްޖެ އެވެ.

އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތު ހަމަ ނުވަނީ ވެސް، ދެން މިއޮށް ވީ ކަމެއް ނިކަން ދެކިބަލާށެވެ. ޑިމޮކްރަސީގެ ރީތި ފެނުން ފެންވަރައިގެން ތިބި ކަމަށް ދައުވާ ކުރާ މީހުން، ކުޅެލި ކުޅިގަނޑުގެ ހަޑިކަމާ އެވެ. ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޓިކެޓު ރަސްމީކޮށް ދީފައި ތިބި ކެންޑިޑޭޓުންނާ ދެކޮޅަށް، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑޮޮކްޓަރު މުޙައްމަދު މުޢިއްޒު އިސްވެ ހުންނަވައި، "ރައީސްގެ ކެންޑިޑޭޓުން"ގެ ގޮތުގައ މިނިވަން ކެންޑިޑޭޓުން އިންތިޚާބަށް ނެރެނީ އެވެ. މާޔުސްވެފައި ތިބި އާންމު މެމްބަރުންގެ ކަން ކަށި މަތީގައި، ހެޔޮ ވަރުގެ ތަފާއްޔެއް އަޅުވާލައިފި އެވެ!

މިހާތަނަށް އެނގިފައި އޮތް ގޮތުގައި، 11 ދާއިރާއެއްގެ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ރައީސް މަނިކުފާނުގެ ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަ ކުރައްވާނެ އެވެ. އޭގެ ތެރޭގައި ރައީސް މުޢިއްޒުގެ ވަޒީރުންގެ އާއިލާ ބޭފުޅުންނާއި، އެ ބޭފުޅުންގެ ގާތް ގުޅުން އޮންނަ ފަރާތްތައް ވެސް ހިމެނެ އެވެ. އަނެއްކޮޅުން، ސިޔާސީ ގޮތުން ރައީސް މަނިކުފާނަށް ހިމާޔަތް ދެއްވައިގެން ތިބި ބައެއް ސިޔާސީ މީހުންގެ އާއިލާ މެމްބަރުން ވެސް ހިމެނެ އެވެ.

ގައްދޫ ދާއިރާ އަށް ވާދަކުރަން ޕީޕީއެމް-ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރީ މުޙައްމަދު ޝަފީގު (މަހާ) އެވެ. ނަމަވެސް، މަހާއާ ދެކޮޅަށް ރައީސް މަނިކުފާނުގެ ކެންޑިޑޭޓެއް ނިކުންނަވަ އެވެ. އެއީ އަމިއްލަ ގޮތުން ވާދަ ކުރައްވާ، މުޙައްމަދު އަލީ އެވެ. އޭނާ އަކީ މި ސަރުކާރުގެ ތައުލީމާ ބެހޭ ވަޒީރު އިސްމާއީލް ޝަފީއުއާ އާއިލީ ގުޅުން އޮންނަ މީހެކެވެ. އޭނާގެ ކެމްޕެއިނަށް ދާދި ފަހުން ވަޒީރު ޝަފީއުގެ އިތުރުން، އެހެނިހެން ބައެއް ވަޒީރުން ވެސް ވަނީ ގައްދޫ އަށް ވަޑައިގެންފަ އެވެ.

ތިމަރަފުށީ ދާއިރާ އަށް ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރަނީ އިބްރާހިމް ސަނާހް (ސަންޓޯ) އެވެ. މަޖިލިސް އިންތިޚާބުގަައި ސަންޓޯއާ ދެކޮޅަށް ނިކުންނަ ރައީސްގެ ކެންޑިޑޭޓަކީ، އަޙުމަދު ރިޔާޒު އެވެ. އޭނާ އަކީ، މިހާރު ތިމަރަފުށީ ދާއިރާގެ މެމްބަރަަކަށް ހުންނެވި، އެމްއެންޕީގެ ޑެޕިއުޓީ ލީޑަރު ޢަބްދުﷲ ރިޔާޒުގެ ބޭބެ އެވެ. ރައީސް މަނިކުފާނުގެ ތާއީދު އޮތީ އަޙުމަދު ރިޔާޒަށް ކަމަށް، ރައީސުލުމްޖުމްހޫރިއްޔާ އޮފީހުގެ ދެ ވަޒީރަަކު ވިދާޅުވާ ވީޑިއޯ ވެސް ވަނީ އާންމުވެފަ އެވެ.

މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރަން ޕީޕީއެމް-ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރި މުޙައްމަދު ޢަބްދުލް ޤާދިރާ ދެކޮޅަށް ނިކުންނަނީ، ޕްރައިމަރީގަައި ވާދަކޮށް ނާކާމިޔާބުވި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަޙުމަދު ޒަމީރު އެވެ. ޒަމީރު އަކީ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒު އަށް ތާއީދުކުރި ފަރާތެކެވެ. އަނެއް ދާއިރާ އަކީ ވިލިނގިލީ ދާއިރާާ އެވެ. އެ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރީ، ޔަޒްމީދު މުޙައްމަދެވެ. ނަމަވެސް، އިންތިޚާބުގައި އޭނާއާ ދެކޮޅަށް ނިކުންނަވަނީ ޕްރައިމަރީގަައި ނާކާމިޔާބުވި އާޒިމް ޢަބްދުލް އަޒީޒް އެވެ. މިއީ ވެސް ރައީސް މަނިކުފާނުގެ ކެންޑިޑޭޓުންގެ ގޮތުގައި ނިކުންނަވާ ބޭފުޅުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މަތިވެރި ދާއިރާ އަށް ވެސް ރައީސް މަނިކުފާނު ކެންޑިޑޭޓެއް ނެރުއްވަ އެވެ. ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓާ ދެކޮޅަށް އެ ދާއިރާ އަށް ރައީސް މަނިކުފާނުގެ ކެންޑިޑޭޓުގެ ގޮތުގައި އަމިއްލަ ގޮތުން ނިކުންނަނީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު ޙަސަން ޒަރީރު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަނެއްކޮޅުން މަރަދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރި، މުޙައްމަދު އަމީތުއާ ދެކޮޅަށް ރައީސް މަނިކުފާނު ނެރުއްވަނީ، ސިޔާސީ ކަންކަމުން ރިޓަޔާ ކުރެއްވި ކަމަށް ވިދާޅުވި އެމްޑީޕީ އިން ވަކިވި، މިހާާރު ވެސް އެ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.

މި ނޫން ވެސް އެހެނިހެން ދާއިރާ ތަކަށް ރައީސް މަނިކުފާނުގެ ތާއީދާއެކު ކެންޑިޑޭޓުން ނެރެއްވާ ކަމަށް ރަށު ތެރޭގައި އާންމު ރައްޔިތުން ކިޔައި އުޅެ އެވެ. އެކަމާ ރައީސް މަނިކުފާނު ނިސްބަތްވާ ޕާޓީގެ މެމްބަރުން ތިބީ އިންތިހާ އަށް ރުޅި ވެސް ގަދަވެފަ އެވެ. ޑިމޮކްރަސީގެ ރަން ތާޖު އަޅުއްވައިގެން ތިއްބައި، އަމިއްލަ ޕާޓީގެ ޕްރައިމަރީއެއް ޚަރާބުކޮށްލި ބަޔަކު، މިފަދަ ކަމެއް ކުރިޔަސް، އަޅުގަނޑު ހައިރާނެއް ނުވެ އެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. އެއީ މާޒީގައި ވެސް އެމީހުންނަކީ ޑިމޮކްރަސީ އަށް ނުފަރިތަ، ޑިމޮކްރަސީއާ ރަޙުމަތްތެރި މީހުންނަށް ނުވީތީ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

08 ޖޫން 2018

ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

08 ޖޫން 2018
ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟
15 މެއި 2018

އިދިކޮޅު ކެންޑިޑޭޓް ކަނޑައަޅާނީ އިދިކޮޅު ފަރާތްތަކުންނެވެ. ސަރުކާރަކުން ނޫނެވެ.

15 މެއި 2018
އިދިކޮޅު ކެންޑިޑޭޓް ކަނޑައަޅާނީ އިދިކޮޅު ފަރާތްތަކުންނެވެ. ސަރުކާރަކުން ނޫނެވެ.
02 މާރިޗު 2018

ހަތިޔާރެއް ނެތް އާއްމުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން

02 މާރިޗު 2018
ހަތިޔާރެއް ނެތް އާއްމުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން
27 ޖެނުއަރީ 2018

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

27 ޖެނުއަރީ 2018
ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން
08 އޮކްޓޯބަރު 2017

ކޮންޒަވޭޓިވް ޕާޓީއާއި ގުޅެން ނޫޅެ، ކޮމިއުނިސްޓް ޕާޓީއާއި އޮންނަ ގުޅުން ދަމަހައްޓާށެވެ.

08 އޮކްޓޯބަރު 2017
ކޮންޒަވޭޓިވް ޕާޓީއާއި ގުޅެން ނޫޅެ، ކޮމިއުނިސްޓް ޕާޓީއާއި އޮންނަ ގުޅުން ދަމަހައްޓާށެވެ.
15 އޯގަސްޓު 2017

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ
14 މެއި 2017

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
28 މާރިޗު 2017

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް