Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ލަސްވުން

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ލަސްވާތީ ހުށަހެޅި ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފި

12 ފެބުރުއަރީ 2024 | ހޯމަ 05:21

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި މިހާ ގިނަދުވަސްވެ ދިގުލައިގެން ކުރިން ނުދާ ކަަމަށް މެންބަރު ރޮޒައިނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ފެބުރުއަރީ 2024 | ހޯމަ 05:21
މަސްވެރިން

މަސްވެރިން

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް މަސްވެރިންނަށް ދިނުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ ހޯމަ ދުވަހުއެވެ.

މަސްވެރިން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު އާމްދަނީއެއް ހޯދައިދޭންޖެހޭ ކަމަށާއި މަސްވެރިކަމުގެ ނަފާ ހޯދުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސްވެރިންނަށް އެކަށީގެންވާ އާމްދަނީއެއް ހޯދައިދިނުމަކީ މަސްވެރިކަމުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މި ގަރާރުގައި ވަނީ ބުނެފައެވެ. މަސްވެރިންނަކީ ރާއްޖޭގެ އިގްތިސާދު ބިނާކުރުމުގައި ބުރަ އަދި މުހިއްމު މަސައްކަތެއް ކުރަމުންދާ ބައެއް ކަމަށް މި ގަރާރުގައިވެއެވެ.

މި ގަރާރުގައި ވަނީ، މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާކަމަށެވެ. އަދި މަސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތަށް ފައިސާ ނުދެވި ދެ މަހަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާކަމަށް ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ދިރިއުޅުމުގެ ކަންކަމަށް ދަނީ ދަތިވަމުން ކަމަށް މެންބަރު ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި މަސްކިރާ ވަގުތުން ފެށިގެން 48 ގަޑިއިރުތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނޭކަން މި ގަރާރުގައި ފާހަގަކޮށްފައިވެއެވެ. ރޮޒައިނާ އިތުރަށް ވިދާޅުވީ މަސްވެރިން ކުރާ މަސައްކަތުގެ އަގު ލިބުމަކީ މަސްވެރިންގެ ހައްގެއް ކަމަށެވެ. އަދި ގައުމުގެ އިގްތިސާދާ ގުޅިފައިވާ މިފަދަ މުހިއްމު ކަމެއްގައި ސަރުކާރުގެ ވައުދުތަކާއި، ގާނޫނުން މަސްވެރިންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މިފްކޯއަށް މަސްކިރުމަށްފަހު މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި މިހާ ގިނަދުވަސްވެ ދިގުލައިގެން މީގެ ކުރިން ގޮސްފައި ނުވާކަމަށް ވެސް މި ގަރާރުގައިވެއެވެ. އަދި ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާއިރު، މަސްވެރިންގެ އާމްދަނީއަށް ލޮޅުން އަރާފައިވާ މި ދަނޑިވަޅުގައި، އެ ފަރާތްތަކަށް ހައްގުވާ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން މަސްވެރިންނާއި އެ ފަރާތްތަކުގެ އާއިލާ ހާލުގައި ޖެހުން ގާތްވެފައިވާ ކަމަށް މެންބަރު ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް