Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިސްރާއީލުން އައިސީޖޭއަށް ފުރައްސާރަކުރުން

ގަތުލުއާންމު ހުއްޓުވުމަށް ދުނިޔޭގެ ކޯޓުން ނެރުނު އަމުރަށް އިސްރާއީލުން ކުރަނީ ފުރައްސާރަ

ޣައްޒާގެ 378،000 މީހުންނަށް ބަނޑުހައިހޫނުކަމާ ވަނީ ކުރިމަތިވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2024 | އާދީއްތަ 16:39
އިސްރާއީލުން ދިން ރޮކެޓް ހަމަލާތަކެއްގައި ސުންނާފަތިވެފައިވާ ސަރަހައްދެއް

އިސްރާއީލުން ދިން ރޮކެޓް ހަމަލާތަކެއްގައި ސުންނާފަތިވެފައިވާ ސަރަހައްދެއް

ޣައްޒާގައި ހިންގާ ޖަރީމާ ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އިސްރާއީލަށް އަމުރުކުރިތާ ދެ ހަފުތާ ވީއިރުވެސް ތެލްއަވީވުން ދަނީ އެ ކޯޓުން ނެރުނު އިބްތިދާއީ ހުކުމާ ދެކޮޅުހަދަމުންނެވެ.

އދ.ގެ އެންމެމަތީ ކޯޓުން މިދިޔަ މަހު ނެރުނު ވަގުތީ ހުކުމުގައި ވަނީ، އިސްރާއީލުން ޖަރީމާ ހިންގަމުންދާ ކަމަށް ދެކުނު އެފްރިކާއިން ބުނާ ބުނުމަކީ ގަބޫލުކުރެވޭ ކަމެއް ކަމަށެވެ. އިސްރާއީލުން ވަގުތީ އަމުރެއް ނެރުނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސްއެޅުން ހުއްޓާލައި، އެތަނުގެ އިންސާނީ ހާލަތު ރަނގަޅުކުރުމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ހިފާފައިވާ ޣައްޒާގެ ސަރަހައްދުތަކުގައި ޗެކްޕޮއިންޓްތައް ބަހައްޓައި، އެންކްލޭވް ވަނީ ތިން ބަޔަކަށް ބަހާލައިފައެވެ. ބަހާލައިފައިވާ ތިން ސަރަހައްދުގެ ތެރެއިން އެއްވެސް ސަރަހައްދަކަށް އެހީގެ އެއްވެސް އެއްޗެއް އެތެރެކުރެވޭނީ އިސްރާއީލުގެ ހުއްދަ ލިބި، އެމީހުން ފާސްކުރުމުންނެވެ.

މިފަދަ ދަތިކުރުންތަކެއްގެ ތެރެއިންވެސް، އިސްރާއީލުން ހުއްދަ ހޯދައިގެން ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީއާ ގުޅިގެން މަސައްކަތް ކުރަމުން ދިޔަނަމަވެސް، ކަނޑުމަގުން ޣައްޒާގެ އުތުރުގެ ސަރަހައްދަށް ދިއުމަށް ދަތުރު ކުރަމުން ދިޔަ އިންސާނީ އެހީގެ ގާފިލާއަކަށް ހޯމަ ދުވަހު ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އދ.ގެ އޮފީސް ފޯރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއަރޒް (ޔޫއެން އޯސީއެޗްއޭ)އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އައިސީޖޭއިން ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ނެރުނު އަމުރާއެކު ވެސް ޣައްޒާއަށް އެތެރެވާ އެހީގެ ޓްރަކްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

އައިސީޖޭގެ މި ނިންމުމުގެ ކުރިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އެހީގެ 156 ޓްރަކް ޣައްޒާއަށް އެތެރެވެފައިވާއިރު، އދ.ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީ 26ގެ ފަހުން 11 ދުވަހުގެ ތެރޭގައި އެހީގެ ޓްރަކްތަކަށް ހުއްދަ ދީފައިވަނީ އެންމެ 93 ޓްރަކަށެވެ. އެހެންކަމުން އައިސީޖޭގެ ނިންމުމަށްފަހު އިސްރާއީލުން ވަނީ އިންސާނީ އެހީއާއެކު ޣައްޒާއަށް އެތެރެވާ ޓްރަކްތަކުގެ އަދަދު 40 އިންސައްތަ މަދުކޮށްފައެވެ.

މިކަމުގެ ސަބަބުން ޣައްޒާގައި ބޭހާއި ސިއްހީ ސާމާނު ފަދަ ޒަރޫރީ ބޭނުންތަކަށް ދިމާވެފައިވާ ދަތިކަން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ފެށުމުގެ ކުރިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އެންކްލޭވްއަށް ވަންނަ 500 ޓްރަކްގެ ތެރެއިން މިހާރު ވަންނަނީ ވަރަށް މަދު އަދަދެކެވެ.

ބަނޑުހައިހޫނުކަމުގެ އިންޒާރު

އދ.ގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ހޯމަ ދުވަހު ވިދާޅުވެފައިވަނީ މުޅި ޖެނުއަރީ މަހަށް، ވާދީ ޣައްޒާގެ އުތުރުގައި އިންސާނީ އެހީގެ 61 މިޝަންގެ ތެރެއިން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެންމެ 10 މިޝަނަށް ކަމަށެވެ.

އިސްރާއީލުން ދިން ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ 2.2 މިލިއަން މީހުން ނުވަތަ ގާތްގަނޑަކަށް 2.3 މިލިއަން މީހުންގެ އާބާދީއަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވަމުންދާކަމުގެ އިންޒާރު އދ.ން ވަނީ ދީފައެވެ.

ޣައްޒާގެ 378،000 މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، ބަނޑުހައިހޫނުކަމާއި، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާއިރު، ކާބޯތަކެތީގެ ނުރައްކާތެރިކަން 939،000 މީހުންނަށް "އިމަރޖެންސީ" ލެވެލްގައި ކުރިމަތިވެފައިވާ ކަމަށް އދ.ން ބުނެއެވެ.

ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ ގަތުލުއާންމު

އދ.ގެ އެންމެ މަތީ ކޯޓުން އިންތިގާލީ ހުކުމެއް ކުރިނަމަވެސް ތެލްއަވީވުން މިހާތަނަށް އެގޮތަށް އަމަލުކުރަން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ކޮންމެ ދުވަހަކު ވެސް ހަމަނުޖެހުންތައް އިތުރުކޮށް، އާންމުންނަށް ބޮންއެޅުމާއި އިންސާނީ އެހީތައް ވަނުމަށް ހުރަސް އަޅައެވެ.

ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ވަނީ އެންމެ 13 ދުވަހުގެ ތެރޭގައި ޣައްޒާގައި އެކަނިވެސް ފަލަސްތީނުގެ 1625 މީހުން ޝަހީދުކޮށް، 2660 މީހުން ޒަޚަމްކޮށްލާފައެވެ.

އިސްރާއީލްގެ ވައިގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމު ފުނޑާލައިފައިވާއިރު، ގިނަ ހޮސްޕިޓަލްތަކެއްވަނީ ހުއްޓުމަކަށް އައިސްފައެވެ. ނިރުބަވެރިން ހިންގަމުންދާ ގަތުލުއާންމު ފުޅާވެފައިވަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައި ތިބި ބަލިމީހުންނަށް ވެސް ބެލުމެއް ނެތިއެވެ.

ރަފަހަށް ހަމަލާދޭން ތައްޔާރުވުން

ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ގާތްގަނޑަކަށް ދެ މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަޖުބޫރުކޮށް އެމީހުންގެ އަމިއްލަ ގެދޮރުން ނެރެލައިފައެވެ. ގެދޮރު ގެއްލުނު މީހުންގެ ތެރެއިން ގިނަ މީހުން ވަނީ މިސްރުގެ ދެކުނު ބޯޑަރުގައި އޮންނަ ރަފަހް ސިޓީގައި ހިމާޔަތް ހޯދާފައެވެ.

އިސްރާއީލުން ދިން ހަމަލާތަކުގެ ކުރިން ރަފަހްގައި ގާތްގަނޑަކަށް 280،000 މީހުން ދިރިއުޅެމުން ދިޔައެވެ. މިއަދު އެ ގައުމުގެ އާބާދީ ވަނީ 1.2 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.

ބޯހިޔާވަހިކަން ނުލިބުމުގެ ސަބަބުން ރަފަހްގެ ބޮޑު އަޣުލަބިއްޔަތެއް ވަގުތީ ކޭމްޕްތަކުގައި ދިރިއުޅެން ވަނީ ދަތިވެފައެވެ. މިފަދަ ދަތިހާލުގައި ތިބި ތޮއްޖެހިފައިވާ އާބާދީއަށް އިސްރާއީލު ސަރުކާރުން މިހާރު ދަނީ އެއްގަމު މަގުން އަރައިގަތުމަށް ތައްޔާރުވަމުންނެވެ.

1948 ވަނަ އަހަރުގެ ޖެނޯސައިޑް ކޮންވެންޝަންގެ 2 ވަނަ މާއްދާގެ ދަށުން ގަތުލުއާންމު ހުއްޓާލުމަށް އައިސީޖޭއިން އަމުރުކުރި ނަމަވެސް، އިސްރާއީލުން ދަނީ ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ 2 މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުން އަންނަ ދެކުނުގެ ސަރަހައްދަށް ހަމަލާތައް ފުޅާކުރަން ތައްޔާރުވަމުންނެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ވެސް ވަނީ މިދިޔަ ހަފުތާގައި ރަފާއަށް ގްރައުންޑް އެޓޭކެއް ދޭން ނިންމާފައިވާކަން ފާޅުގައި އިއުލާނުކޮށްފައެވެ. އެހެންކަމުން މިއީ އދ.ގެ އެންމެމަތީ ކޯޓް ކަމަށްވާ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ފުރައްސާރަކުރުން ކަމުގައި ދުނިޔެ ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
 "ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

"ދުނިޔޭގެ އެންމެ ބޮޑު ކޭކް އެޅުމުގައި 300 މީހުން"

29 އޮކްޓޯބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު