Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ޓުޗެލްގެ ދިފާއުގައި ނިކުތީ މުލާ!

މުލާ ބުނީ، އަބަދު ކޯޗުގެ ވާހަކަ ދެއްކުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2024 | ހޯމަ 00:09
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް އަދި ތޯމަސް މުލާ

ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް އަދި ތޯމަސް މުލާ

ޖަރުމަނުގެ ބަޔާން މިއުނިކަށް އިރުޝާދު ދެމުން އަންނަ ތޯމަސް ޓުޗެލްގެ ދިފާއުގައި، ތޯމަސް މުލާ ވާހަކަ ދައްކައިފި އެވެ.

ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ބަޔާން ވަނީ ލީގު ރޭހުގައި ފަހަތަށް ސޮއްސާލައިފަ އެވެ. އެއާއެކު، ބަޔާންގެ ކޯޗު ޓުޗެލް އަށް އަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. އަދި ކުލަބުގެ އިސްވެރިންގެ ޕްރެޝަރު ބޮޑުވެ، ޓުޗެލް އިތުރަށް ހޫނު ފެނަށް ވެއްޓިފައިވާ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ގިނަ ބަޔަކު ޓުޗެލް އަށް ފާޑު ކިޔަމުން ދަނިކޮށް، ބަޔާންގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ މުލާ ވަނީ، ޓުޗެލްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އެގޮތުން މުލާ ބުނީ، އަބަދު ކޯޗުގެ ވާހަކަ ދެއްކުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. ބައެއ ޙާލަތްތަކުގައި ޓީމުގައި ތިބި ކުޅުންތެރިންގެ ވާހަކަ ދައްކަން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޓީމެއްގެ ކުޅުމާއި، އެހެނިހެން ކަންކަން ބިނާވެފައި އޮންނަނީ ހަމައެކަނި ކޯޗަށް ނޫންކަން ފާހަގަކޮށް އޭނާ ބުނީ، ކުޅުންތެރިންނަކީ ވެސް ޓީމުގެ ކަންކަމުގައި ޒިންމާ ނަގަން ޖެހޭ ބައެއް ކަމަށެވެ.

މީގެ އިތުރުން މުލާ ބުނީ، ބަޔާންގައި ތިބި ގިނަ ކުޅުންތެރިންނަކީ ތަޖުރިބާ ހުރި ކުޅުންތެރިން ކަމަށެވެ. ޚާއްސަކޮށް ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް އެ ކުޅުންތެރިންނަކީ ތަޖުރިބާ ހުރި ކުޅުންތެރިން ކަަމަށާއި، އެއީ މަތީ ފަންތީގައި ހިމެނޭނެ ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން، ކުޅުންތެރިން ވެސް ބަޔާންގެ ގޭމު މައްޗަށް ޖައްސާލަން ޖެހޭ ކަމަށާއި، އެކަން ކުރެވޭނީ ކުޅުންތެރިން ވެސް ހިތްވަރެއް ލައިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ބަޔާން އަކީ ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ލެވަކޫސަން އަތުން ވީ ބައްޔަކީ، މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާންގެ ތިން ވަނަ ބައްޔެވެ. ދެ ޓީމު ވެސް އެއް އަދަދަކަށް މެޗު ކުޅެފައިވާއިރު، ދެ ޓީމުގެ ދެމެދުގައި މިހާރު ފަސް ޕޮއިންޓުގެ ފަރަގު އެބަ އޮތެވެ. ލެވަކޫސަން އަކީ މި ސީޒަންގައި އެންމެ ރަނގަޅު ނަތީޖާ ނެރެމުން އަންނަ އެއް ޓީމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވާދަވެރިކަން އެއްފަރާތްކޮށް މެސީގެ ދިފާއުގައި ރާމޯސް

ވާދަވެރިކަން އެއްފަރާތްކޮށް މެސީގެ ދިފާއުގައި ރާމޯސް

04 ސެޕްޓެމްބަރު 2020
ބާސާގެ ރައީސް ބާޓޮމެއޫގެ ދިފާއުގައި ރެއާލްގެ ކުރީގެ ރައީސް

ބާސާގެ ރައީސް ބާޓޮމެއޫގެ ދިފާއުގައި ރެއާލްގެ ކުރީގެ ރައީސް

27 އޯގަސްޓު 2020
ފްލޮއިޑްގެ ދިފާއުގައި ބަޔާން މިއުނިކްގެ ކުޅުންތެރިން ނުކުންނަށް ކިމިޗް ގޮވާލައިފި

ފްލޮއިޑްގެ ދިފާއުގައި ބަޔާން މިއުނިކްގެ ކުޅުންތެރިން ނުކުންނަށް ކިމިޗް ގޮވާލައިފި

04 ޖޫން 2020
ބަޔާންގެ އެއްބަސްވުން މުލާ އާކޮށްފި

ބަޔާންގެ އެއްބަސްވުން މުލާ އާކޮށްފި

08 އެޕްރީލު 2020
މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން، އެކަން ހާސިލްވެއްޖެ: ފިލިޕީންސް ކޯޗު

މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން، އެކަން ހާސިލްވެއްޖެ: ފިލިޕީންސް ކޯޗު

14 ނޮވެމްބަރު 2019

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު