Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް އިންތިޚާބު

ސަރުކާރުން ބޭނުން ވަނީ ރޯދަ މަހު ވޯޓުލާން - ހާޒިރުވި ސަރުކާރު މެމްބަރުން ބިލަށް ޖެހީ ރެޑް

ކޮމިޓީން ނިންމާފައި ވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބޭއްވުމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ފެބުރުއަރީ 2024 | އާދީއްތަ 10:51
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމަށް ކޮމިޓީން ފާސްކުރި ގޮތަށް އިންތިޚާބުތަކާބެހޭ ގާނޫނަށް ގެނައި އިސްލާހު ފާސްކުރުމާއި ސަރުކާރު މެމްބަރުން ދެކޮޅު ހައްދަވައިފިއެވެ.

ކޮމިޓީން ނިންމާފައި ވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބޭއްވުމުގެ އިތުރުން އިންތިޚާބުތަކާބެހޭ ގާނޫނަށް އިތުރު ބައެއް އިސްލާހުތައް ގެނައުމަށެވެ. އިންތިޚާބުތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރީ، އެ މައްސަލައިގައި ދިރާސާ ކުރުމަށް އެކުލާވާލާފައިވާ ފަސް މެމްބަރުންގެ ކޮމިޓީން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

އެ އިސްލާހުތަކާއި އެކު ކޮމިޓީން ފާސްކުރި ގޮތަށް ބިލް ފާސްކުރުމަށް ފެންނަތޯ ބެލުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތީ ސަރުކާރަށް ނިސްބަތްވާ އެންމެ 3 މެމްބަރުންނެވެ. އެއީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަނީ އަބްދުލްޙަކީމް އަދި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. އެ 3 ބޭފުޅުން ވެސް ވޯޓުދެއްވީ ބިލާއި ދެކޮޅަށެވެ. ސަރުކާރަށް ނިސްބަތްވާ އެހެނިހެން މެމްބަރުން ވަނީ އެ ވޯޓުގެ ވަގުތުގައި ފްލޯ ދޫކޮށް ނުކުމެ ވަޑައިގަންނަވާފައެވެ. އެ ބިލް ފާސްވެފައި ވަނީ 45 މެމްބަރުން ވޯޓާއިއެކުގައެވެ.

އިންތިޚާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އެގޮތުން އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އިސްލާހުކުރަން ހުށަހަޅުއްވާފައިވެއެވެެ. 43 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، އިންތިޚާބުތަކުގައި އެ އިންތިޚާބެއްގައި ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާންކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

މީގެ އިތުރުން މި މާއްދާގެ (ށ)ގައި ބުނެފަައިވަނީ، މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތްނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.

މި ބިލަށް ގެނެސްފައިވާ އިސްލާހުތަކުގެ ވޯޓު ކަރުދާހުގައި ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގައެއް ކަމަށް ބެލެވޭ ނިޝާނެއް ޖަހާފައިވާނަމަ އެއީ ސައްހަ ވޯޓެއް ކަމުގައި ބަލައިގަތުން ހިމެނެއެވެ. އަދި ފާހަގަ ފުރިހަމަކުރުމުގެ ގޮތުން، އެ ފާހަގަމަތިން ފަވާލެވޭ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮތް ނަމަވެސް ވޯޓު ބާތިލު ނުވާގޮތަށް އިސްލާހު ގެނައުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ވެސް އެ ބިލުގައި ކޮމިޓީން ވަނީ ހިމަނާފައެވެ.

އޭގެ ތެރޭގައި؛ އިންތިޚާބެއް ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓަރސް ރެޖިސްޓްރީ ގެޒެޓުކޮށް، ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރާ ގޮތަށް ގެނައި އިސްލާހާއި، ވޯޓު ކަރުދާސް ދެއްކުމަކީ ކުށެއް ކަމަށް ކަނޑައެޅުން ހިމެނެއެވެ. އަދި އެ ކުށަށް އަދަބެއް ކަނޑައެޅުމަށް ވެސް ހިމަނާފައިވެއެވެެ. އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި އިސްލާހާ ގުޅިގެން ވަގުތީ ކޮމިޓީން ވަނީ، އިންތިޚާބެއްގައި ވޯޓު ކަރުދާސް ދައްކައިފިނަމަ އެއީ ކުށެއް ކަމަށް ކަނޑައަޅައި، އަދަބުގެ ގޮތުން 1 މަހާއި 3 މަހާ ދެމެދުގެ ޖަލު އަދަބެއް ކަނޑައެޅުން، ނުވަތަ 6000 ރުފިޔާއާއި 18000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ފާސްކޮށްފައެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރޯދަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ބުނާގޮތުން، އިންތިޚާބާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ މި ހާލަތުގައި، އެ އިންތިޚާބަކާގުޅޭ ޚާއްސަ ގާނޫނުގެ ދަށުން، ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު