Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަފަހްއަށް ހަމަލާދޭން ތައްޔާރުވުން

ތޮއްޖެހިފައިވާ ރަފަޙްއަށް ހަމަލާދީފިނަމަ ކާރިސާއެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ދުނިޔޭގެ ލީޑަރުން ދެއްވައިފި

ފަލަސްތީނުގެ ރައްޔިތުން މިސްރަށް ވެއްދުމަކީ އިސްރާއީލުގެ އެންމެ ފަހުގެ ގޭމް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 11 ފެބުރުއަރީ 2024 | އާދީއްތަ 09:56
ޣައްޒާގެ ރޮކެޓް ހަމަލާއެއްގައި ހަލާކުވެފައިވާ އދ.ގެ ވެހިކަލެއް

ޣައްޒާގެ ރޮކެޓް ހަމަލާއެއްގައި ހަލާކުވެފައިވާ އދ.ގެ ވެހިކަލެއް

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަޙްއަށް ހަމަލާދީފިނަމަ، އެކަމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު އިސްރާއީލުގެ އަވަށްޓެރި ންނާއި ދުނިޔޭގެ މުހިންމު އެހެނިހެން ލީޑަރުން ދެއްވައިފިއެވެ.

އިސްރާއީލުން މީގެ ކުރިން ވަނީ ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ހާލުގައި ޖެހިފައިވާ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މިސްރުގެ ބޯޑަރު ސިޓީއަށް ހުސްކުރުމަށް އަންގާފައެވެ.

ފަލަސްތީނުގެ ރައްޔިތުން މިސްރަށް ވެއްދުމަކީ އިސްރާއީލުގެ އެންމެ ފަހުގެ ގޭމް ކަމަށް ބުނެ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކަންބޮޑުވުން ތައް ދަނީ އިތުރުވަމުންނެވެ.

މިސްރުގެ ޚާރިޖީ ވަޒީރު ސަމޭހް ޝޫކްރީ ވިދާޅުވީ ރަފަޙްއަށް އިސްރާއީލުން އެއްގަމު މަގުން ހަމަލާދީފިނަމަ އެކަމުގެ ނުރައްކާތެރި ނަތީޖާއެއް ނުކުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިސްރާއީލުގެ އަމާޒަކީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކުރުން ކަމަށާއި އެކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހަތަރު އަހަރުވީ ސުލްހައިގެ މުއާހަދާއަށް ނުރައްކާވާނެ ކަމުގެ އިންޒާރު މިސްރުން ދީފައިވާ ކަމަށެވެ.

"ވަރަށް ސީރިއަސް ނަތީޖާއެއް ނުކުންނާނެ" ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާއިންވސް ދީފައިވާއިރު، ނަތަންޔާހޫ އާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން ވެސް ދަނީ އިތުރުވަމުންނެވެ. އެމެރިކާގެ އޮފިޝަލުން ބުނަމުން ދަނީ އެއްވެސް އާންމުންނަށް ރޭވުމެއް ނެތި ރަފަޙްގެ އާންމުންނަށް ހަމަލާއެއް ދިނުމުން ކާރިސާއަކަށް މަގުފަހިވާނެ ކަމަށެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރު އެނަލީނާ ބެއަރބޮކް އެކްސްގައި ވިދާޅުވެފައިވަނީ ޣައްޒާގެ ރައްޔިތުން ވިއްސި ވިހާލި ކޮށްލެވިގެން ނުވާނެ ކަމަށެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ނަތަންޔާހޫ ވަނީ ރަފަޙްއަށް އަރައިގަތުމުގެ ރޭވުންތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލުގެ ހަރުކަށި ލީޑަރު ވަނީ ހަމަލާއެއް ދިނުމުގެ ކުރިން އެތައް ލައްކަ ބަޔަކު އެތަނުން ބޭލުމަށް ރޭވުމަށް އޭނާގެ އަސްކަރިއްޔާއަށް އަންގާފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ޓައިމްލައިނެއް ވެސް ނުދެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލްގެ ފައުޖުތަކުން ޣައްޒާއަށް ހަމަލާދޭން ފަށައިފައިވާއިރު، ހިޒްބުالله އިން ވެސް ދަނީ  ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް އިސްރާއީލާ ދެކޮޅަށް ބަޑީގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށްވަނީ 28،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފައެވެ. އަދި ލައްކައެއްހައި މީހުން ޒަޚަމްވެފައިވާކަމަށް ބެލެވޭއިރު، 65 ހާސްމީހުން ވަނީ ގެދޮރު ގެއްލިފައެވެ.

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2022

ޒެޕޮރީޒިއާގައި ނިއުކްލިއަރ ކާރިސާއެއް ހިނގާފާނެކަމުގެ އިންޒާރު

22 ނޮވެމްބަރު 2022
ޒެޕޮރީޒިއާގައި ނިއުކްލިއަރ ކާރިސާއެއް ހިނގާފާނެކަމުގެ އިންޒާރު
12 ނޮވެމްބަރު 2022

ޗެންނާއީއަށް އަނެއްކާވެސް ބޯ ވިއްސާރައިގެ ކާރިސާއެއް

12 ނޮވެމްބަރު 2022
ޗެންނާއީއަށް އަނެއްކާވެސް ބޯ ވިއްސާރައިގެ ކާރިސާއެއް
16 އޯގަސްޓު 2021

ގައުމު ދޫކުރައްވައި ވަޑައިގަތީ ލޭއޮހުރުވުމަކަށް ނުގޮސް އިންސާނީ ކާރިސާއެއް ހުއްޓުވުމަށް – ރައީސް ޣަނީ

16 އޯގަސްޓު 2021
ގައުމު ދޫކުރައްވައި ވަޑައިގަތީ ލޭއޮހުރުވުމަކަށް ނުގޮސް އިންސާނީ ކާރިސާއެއް ހުއްޓުވުމަށް – ރައީސް ޣަނީ
05 ޖެނުއަރީ 2020

އީރާނުން އެމެރިކާއަށް ހަމަލާދީފިނަމަ، ނުރައްކާތެރި ރައްދު ހަމަލާތަކެއްދޭނެކަމުގެ އިންޒާރު އެމެރިކާއިން ދީފި

05 ޖެނުއަރީ 2020
އީރާނުން އެމެރިކާއަށް ހަމަލާދީފިނަމަ، ނުރައްކާތެރި ރައްދު ހަމަލާތަކެއްދޭނެކަމުގެ އިންޒާރު އެމެރިކާއިން ދީފި
23 އޯގަސްޓު 2019

އެމޭޒަން ޖަންގަލީގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކަކީ ބައިނަލްއަގުވާމީ ކާރިސާއެއް: ފްރާންސްގެ ރައީސް

23 އޯގަސްޓު 2019
އެމޭޒަން ޖަންގަލީގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކަކީ ބައިނަލްއަގުވާމީ ކާރިސާއެއް: ފްރާންސްގެ ރައީސް
24 ޖުލައި 2018

ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުން ކާރިސާއެއް ކަމަށް ކަނޑައަޅައިިފި

24 ޖުލައި 2018
ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުން ކާރިސާއެއް ކަމަށް ކަނޑައަޅައިިފި
01 މެއި 2018

އެމެރިކާއިން މަސައްކަތް ކުރަނީ މުސްލިމުންނާ މުސްލިމުން ޖައްސާ، މެދު އިރުމަތީގައި އިތުރު ސަރަހައްދީ ކާރިސާއެއް އުފައްދަން: އިރާން

01 މެއި 2018
އެމެރިކާއިން މަސައްކަތް ކުރަނީ މުސްލިމުންނާ މުސްލިމުން ޖައްސާ، މެދު އިރުމަތީގައި އިތުރު ސަރަހައްދީ ކާރިސާއެއް އުފައްދަން: އިރާން
22 މާރިޗު 2018

ތޮއްޖެހިފައިވާ ޖަލުތަކަށް ލުޔެއް ދޭން ޒިމްބާބުވޭގައި 3،000 ކުށްވެރިން މިނިވަންކޮށްފި

22 މާރިޗު 2018
ތޮއްޖެހިފައިވާ ޖަލުތަކަށް ލުޔެއް ދޭން ޒިމްބާބުވޭގައި 3،000 ކުށްވެރިން މިނިވަންކޮށްފި
08 ޖެނުއަރީ 2018

ޗައިނާ ތެޔޮ ޓޭންކަރު އެކްސިޑެންޓް: ތެޔޮ ލީކުވެ ތިމާވެށީގެ މުސީބާތެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެއްޖެ

08 ޖެނުއަރީ 2018
ޗައިނާ ތެޔޮ ޓޭންކަރު އެކްސިޑެންޓް: ތެޔޮ ލީކުވެ ތިމާވެށީގެ މުސީބާތެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެއްޖެ
28 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ މައްސަލައަކީ ގަބޫލު ކުރެވޭނެ ކާރިސާއެއް ނޫން: އިނގިރޭސި ވިލާތް

28 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ މައްސަލައަކީ ގަބޫލު ކުރެވޭނެ ކާރިސާއެއް ނޫން: އިނގިރޭސި ވިލާތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު