Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލްގެ ހަމަލާއެއް ހަމާސްގެ އޮފިޝަލަކަށް

ލުބުނާނުގައި އިސްރާއީލުން ދިން ޑްރޯން ހަމަލާއަކުން ހަމާސްގެ އޮފިޝަލަކު ސަލާމަތްވެއްޖެ

މި ޑްރޯން ހަމަލާ ދީފައިވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތާއި 35 ކިލޯމީޓަރު (22 މޭލު) ދުރުގައި އޮތް ކާރަކަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2024 | އާދީއްތަ 09:39
އިސްރާއީލްގެ ހަމަލާގައި ހަމާސްގެ އޮފިޝަލްގެ ކާރުވަނީ އެއްކޮށް އަނދާފައި

އިސްރާއީލްގެ ހަމަލާގައި ހަމާސްގެ އޮފިޝަލްގެ ކާރުވަނީ އެއްކޮށް އަނދާފައި

ލުބުނާނުގައި އިސްރާއީލުން ދިން ޑްރޯން ހަމަލާއަކުން ހަމާސްގެ އޮފިޝަލަކު ސަލާމަތްވެއްޖެއެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތާއި 35 ކިލޯމީޓަރު (22 މޭލު) ދުރުގައި އޮތް ކާރަކަށް އަމާޒުކޮށް އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި ދެ މީހަކު މަރުވި ނަމަވެސް ހަމަލާގެ އަމާޒަކަށް ވީ ހަމާސްގެ އޮފިޝަލަކު ސަލާމަތްވި ކަމަށް ސަލާމަތީ މަސްދަރުތަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވެއެވެ.

އިސްރާއީލުގެ ޑްރޯނަކުން ފޮނުވާލި ދެ މިސައިލް ހޮނިހިރު ދުވަހު އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ޖަދްރާގައި ހަމާސްގެ އޮފިޝަލެއްގެ ވެހިކަލަށް އަރައި، އެސަރަޙައްދުގައި ތިބި ޢާޢްމުންގެ ދެމީހަކު އެ ހަމަލާގައި މަރުވެފައިވާ ކަމަށް އަލްޖަޒީރާގެ ޒީނާ ޚުދްރް ބެއިރޫތުން ރިޕޯޓުކޮށްފައިވެއެވެ.

ލުބުނާނުގެ ސިވިލް ޑިފެންސްގެ އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަރުވި ދެ މީހުންނަކީ އާންމުން ކަމަށެވެ.

މި ހަމަލާގައި ހަމަލާ އަމާޒުވި ހަމާސްގެ އޮފިޝަލަކީ މިދިޔަ މަހު އިސްރާއީލުން ބެއިރޫތުގެ އަވަށަކަށް ދިން ހަމަލާއެއްގައި ޝަހީދުވި ހަމާސްގެ ޑެޕިއުޓީ ޗީފް ސާލިހް އަލް އަރޫރީއާ ވަރަށް ގާތް ބޭފުޅެއް ކަމަށް ސަލާމަތީ މަސްދަރަކުން ބުނެއެވެ.

ޓައިމްސް އޮފް އިޒްރޭލް ޑެއިލީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާ ދިން މީހަކީ ބަސެލް ސަލާހް ކަމަށްވާއިރު، އޭނާ އަކީ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހަމާސް އަށް ރެކްރޫޓްކުރާ މީހެކެވެވެ.

މި ހަމަލާއަކީ އިސްރާއީލާ އެކު އޮންނަ ބޯޑަރު ސަރަހައްދުން ބޭރުން ލުބްނާނަށް މި ހަފުތާގައި ދިން ދެވަނަ ހަމަލާއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލްގެ ފައުޖުތަކުން ޣައްޒާއަށް ހަމަލާދޭން ފަށައިފައިވާއިރު، ހިޒްބުالله އިން ވެސް ދަނީ  ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް އިސްރާއީލާ ދެކޮޅަށް ބަޑީގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށްވަނީ 28،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފައެވެ. އަދި ލައްކައެއްހައި މީހުން ޒަޚަމްވެފައިވާކަމަށް ބެލެވޭއިރު، 65 ހާސްމީހުން ވަނީ ގެދޮރު ގެއްލިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު