Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ޢާއްމު އިންތިޚާބު

ޕާކިސްތާނުގެ އިންތިހާބުގެ ނަތީޖާ އިއުލާންކުރުން ލަސްވަމުންދާތީ ހުޅަނގުން ކަންބޮޑުވުން ފާޅުކޮށްފި

ޚާން ވެސް ޝަރީފް ވެސް ވަނީ އިންތިޚާބުގެ ކާމިޔާބީ އިއުލާން ކުރައްވާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 11 ފެބުރުއަރީ 2024 | އާދީއްތަ 09:18
ބްރާސްފަތިދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރެވޭނެ ދުވަހެއް އަދި ނޭންގޭ

ބްރާސްފަތިދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރެވޭނެ ދުވަހެއް އަދި ނޭންގޭ

މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާންގައި ބޭއްވި އެގައުމުގެ އާއްމު އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުން ލަސްވަމުންދާތީ އެމެރިކާ، އިނގިރޭސިވިލާތް އަދި ވިލާތުގެ އިއްތިހާދު (އީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިންތިޚާބު ބޭއްވިތާ ހަތަރުދުވަސްވީއިރު ވެސް ވަގުތީ ނަތީޖާ އިއުލާންކޮށްފައި ނުވާތީ އެ އިންތިހާބުގެ އިންސާފުވެރިކަމާމެދު އެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާ އާއި އީޔޫއިން ވަނީ އިންތިހާބާ ދިމާކޮށް އެކްޓިވިސްޓުން ހައްޔަރު ކުރުމާއި އެ ނޫން ވެސް އިންތިހާބުގައި ހިނގައިދިޔަ ކަންކަމުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވައިލައިފައެވެ.

އޭގެ އިތުރުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާކަން ފާހަގަކޮށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ވެސް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ އިންތިހާބާ މެދު ކަންބޮޑުވުން ފާޅުކޮށް، ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.

ސިޔާސީ ޕާޓިތަކާއި ކެންޑިޓޭޓުންނަށް ކުރާ އަނިޔާގެ ވާހަކަ ފާހަގަކޮށް އދގެ އިންސާނީ ހައްގުތަކާބެހޭ އިދާރާއިން ވެސް ވަނީ އިންތިޚާބާމެދު ސުވާލު އުފެއްދުމާއެކު އެކަން ކުށްވެރިކޮށްފައެވެ.

އިންތިހާބާ ދިމާކޮށް ޕާކިސްތާނުގައި ދޭ ހަމަލާތައް އިތުރުވެ، އެތައް ބަޔަކު މަރުވެފައިވާއިރު، އާންމު އިންތިހާބުގައި ވާދަކުރެއްވި ޕާކިސްތާނުގެ އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ އެ ގައުމުގެ ކުރީގެ ދެ ބޮޑު ވަޒީރުން ކަމަށްވާ އިމްރާން ހާނާއި ނަވާޒް ޝަރީފްވެސް ވަނީ ކާމިޔާބު އިއުލާނުކުރައްވައިފައެވެ.

އެ އިންތިހާބުގައި އެއް ޕާޓީއެއްގެ ގޮތުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) ޕާޓީންނެވެ. ނަމަވެސް, ޚާން ވިދާޅުވީ, އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތަކުން އޭނާގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީން ކުރި ހޯދާފައިވާ ކަމުގައެވެ.

ސަރުކާރުން ކުރިމަތިކުރުވި ފިއްތުންތަކާ ގުޅިގެން އޭނާގެ ޕާޓީގެ ގިނަ ކެނޑިޑޭޓުން ވާދަ ކުރައްވާފައި ވަނީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައެވެ. އިންތިހާބުގައި އެންމެ ގިނަ ވޯޓު ކާމިޔާބު ކޮށްފައި ވަނީ މިނިވަން ކެނޑިޑޭޓުންނެވެ. އެގޮތުން 98 މިނިވަން ކެނޑިޑޭޓުން ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ކަށަވަރު ކުރައްވާފައިވާއިރު, އެއީ އިމްރާނަށް ތާއިދުކުރައްވާ ބައިއަތު ހިފާފައިވާ ކެނޑިޑޭޓުންނެވެ.

ނަވާޒް ޝަރީފްގެ ޕީއެމްއެލްއެން އަށް ލިބުނީ 69 ގޮނޑިއެވެ. އަދި, ތިން ވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ބިލާވަލް ބުއްޓޫ ޒަރްދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީންނެވެ.

ޕާކިސްތާނުގެ މި އިންތިޚާބަކީ ކުރީ ބޮޑުވަޒިރު އިމްރާންޚާންގެ ވެރިކަން ދައުރުގެ މެދުތެރެއިން ވައްޓާލުމަށް ފަހު ބާއްވާ މިފަދަ ފުރަތަމަ އިންތިޚާބެވެ. ޚާންގެ ވެރިކަން ވައްޓާލުމުގެ ފަހަތުގައި ޕާކިސްތާނުގެ އަސްކަރިއްޔާ އޮތްއިރު ސިއްރިޔާތުގައި މިކަމަށް ވާގިވެރިވި ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވަނީ ކުރެވިފައެވެ. އިމްރާން ޚާންގެ ޑިމޮކްރެޓިކް ވެރިކަން ވައްޓާލުމަށް ޑިމޮކްރަސީއަށް ގޮވާލާ އެމެރިކާ އެއްބާރުލުމާއި ހިއްވަރުދިންކަން ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ. މިކަން އިމްރާންޚާން ވަނީ އޭނާ ޖަލަށް ނުލަނީސް ވެސް ޖާސޫސީ މައުލޫމާތުގެ އަލީގައި ޕާކިސްތާން ރައްޔިތުންނަށް ހާމަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

29 ޖުލައި 2017

ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ

29 ޖުލައި 2017
ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ
28 ޖުލައި 2017

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި
28 ޖުލައި 2017

ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި
25 ޖުލައި 2017

ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު

25 ޖުލައި 2017
ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު
12 ޖޫން 2017

ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު

12 ޖޫން 2017
ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު