Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
4000 ފްލެޓް މައްސަލަ

4000 ފްލެޓްގެ މައްސަލައިގައި ސިޓީ ކައުންސިލުން ފޮނުވި ރިޕޯޓަށް އަމަލު ކުރެވޭކަށް ނެތް: އޮފިޝަލް

މިކަމުގައި އެތައް ފަހަރަކު ގުޅާ އަވަސް ކޮށްދިނުމަށް ކޮމިޓީގެ ޗެއަރ އަހްމަދު ނަރީޝް އަށް ދަންނަވާފައިވާނެ ކަމަށްވެސް މިނިސްޓްރީ އިން ބުނޭ

ރާއްޖެ އެމްވީ | 21 ޖުލައި 2024 | އާދީއްތަ 13:44
އޮފިޝަލް ބުނީ، ބުރާސްފަތި ދުވަހު ނިންމުމެއްގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ކޮމިޓީގެ މެމްބަރުންގެ ސޮއި ނެތުމާއެކު ރިޕޯޓް ފުރިހަމަ ކަމަށް ބަލައިގަނެވެން ނެތް ކަމަށް

އޮފިޝަލް ބުނީ، ބުރާސްފަތި ދުވަހު ނިންމުމެއްގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ކޮމިޓީގެ މެމްބަރުންގެ ސޮއި ނެތުމާއެކު ރިޕޯޓް ފުރިހަމަ ކަމަށް ބަލައިގަނެވެން ނެތް ކަމަށް

ރައީސް ސާލިޙް ގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމް ގެ ދަށުން ދޫކުރި 4000 ފްލެޓްގެ މައްސަލައިގައި ސަރުކާރަށް ލަފާ ދިނުމަށް އުފެއްދި މާލޭ ސިޓީ ކައުންސިލްގެ ކޮމިޓީ ރިޕޯޓުގައި ކޮމިޓީ މެމްބަރުންގެ ސޮއި ހަމަ ނުވާތީ އެ ރިޕޯޓަށް އަމަލު ކުރެވެން ނެތް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ފްލެޓް ދޫކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން އާދިއްތަ ދުވަހު އާންމު ފަރާތަކުން މިނިސްޓްރީ އަށް މައުލޫމާތު ސާފު ކުރުމަށް ގުޅުމުން އެ މިނިސްޓްރީގެ އޮފިޝަލް ބުނީ، ބުރާސްފަތި ދުވަހު ނިންމުމެއްގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ކޮމިޓީގެ މެމްބަރުންގެ ސޮއި ނެތުމާއެކު ރިޕޯޓް ފުރިހަމަ ކަމަށް ބަލައިގަނެވެން ނެތް ކަމަށެވެ.

ރިޕޯޓް ލިބުނީ ބުރާސްފަތި ދުވަހުގެ ހަވީރު ކަމަށާއި، މިނިސްޓްރީގެ ނިންމުން ތައްޔާރު ކުރެވޭނީ ކައުންސިލް ކޮމިޓީގެ ސޮއިކޮށްފައި އޮތް ރިޕޯޓް ލިބުމުން ކަމަށް އޮފިޝަލް ބުނެފައިވެއެވެ.

މިނސްޓްރީގެ އޮފިޝަލް ބުނެފައިވާ ގޮތުގައި ރިޕޯޓް ލިބުނީވެސް 12 ވަރަކަށް ފަހަރު ގުޅުމުން ކަމަށެވެ. އޭނާ ހާމާ ކުރި ގޮތުގައި ގޮތެއް ނިންމުމުގައި ލަސްވާ މައްސަލައަކީ ކޮމިޓީގައި ހިމެނޭ މެމްބަރުންގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ.

އަނެއްކޮޅުން ހައުސިންގ މިނިސްޓްރީގެ އޮފިޝަލް ފާހަގަ ކުރި ގޮތުގައި ބުދަ ދުވަހު ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔައީ ކޮމިޓީ ބައްދަލުވުމެއް ނޫނެވެ. އޭނާ ބުނިގޮތުގައި ކުރިއަށް ދިޔައީ ކައުންސިލް ބައްދަލުވުމެއް ކަމަށް ވާތީ މިނިސްޓްރީ އަށް ފޮނުވާފައިވާ ނިންމުން ނިންމާފައި އޮތީ ކޮމިޓީން ކަމަށް ނުބެލޭނެ ކަމަށެވެ.

ހައުސިންގ މިނިސްޓްރީގެ އޮފިޝަލް ބުނިގޮތުގައި ކޮމިޓީގެ ނިންމުމެއް ނިންމައިދިނުމަށް ކޮމިޓީގެ ޗެއަރގެ ގޮތުގައި ހުންނެވި ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް އަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގުޅަމުން ގޮސްފައިވާނެ ކަމަށާއި ބުދަ ދުވަހުގެ ނިންމުމާ ގުޅިގެން ބާރަ ވަރަކަށް ފަހަރު އެދުވަހުވެސް އޭނާ އާ ގުޅާފައިވާނެ ކަމަށެވެ.

މެއި މަހުގެ ތެރޭގައި ފްލެޓް ކަންތައްތަކާ ބެހޭ ގޮތުން ސަރުކާރުން އުފެއްދި އެޑްވައިޒަރީ ކޮމިޓީގެ ނިންމުން ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ކައުންސިލް ކޮމިޓީގެ ނިންމުން އަދިވެސް ލިބުނު ކަމަށް ނުބެލޭ ކަމަށް ވެސް އޮފިޝަލް ބުނެފައިވެއެވެ.

ކައުންސިލްގެ ލަފާދޭ ކޮމިޓީގެ ނިންމުން ހުރިހާ މެމްބަރުންގެ ސޮޔާއެކު މި ހަފްތާގައި ލިބިއްޖެ ނަމަ މިނިސްޓްރީން ފްލެޓް ތަކުގެ މައްސަލައިގައި ނިންމާ ގޮތެއް އަންނަ ހަފްތާގައިވެސް އިއުލާން ކުރެވިދާނެ ކަމަށް އޮފިޝަލް ބުނެފައިވެއެވެ.

ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 154 ވަނަ ރަސްމީ އާއްމު ޖަލްސާގައި ފްލެޓް ދޫކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ހުރި މައްސަލަތައް ދެނެގަނެ އެއަށް ގޮތެއް ނިންމުމުގައި ލަފާ ދިނުމަށްޓަކައި މާލޭ ސިޓީ ކައުންސިލް ގައި އުފެއްދި ކޮމިޓީގެ ރިޕޯޓް ކައުންސިލް ބައްދަލުވުމަށް ހުށަހަޅުއްވަމުން ލަފާދޭ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ވިދާޅުވީ، ކޮމިޓީން ގޮތެއް ނިންމާފައި ވާނީ އޭސީސީން ކޮށްފައިވާ ތަހުގީގީ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންތައްތަކަށާއި، މި މައްސަލައިގައި ބައްދަލު ކުރަން އައި އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާ ތަކުގެ މައްޗަށް ބެލުމަށް ފަހު ކަމަށެވެ.

ކޮމިޓީގެ ރިޕޯޓު ކައުންސިލްގެ ބުދަ ދުވަހުގެ ބައްދަލުވުމުގައި ފާސްކުރި އިރު މިހާރު ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އެއްވެސް މައްސަލަ އެއް ނެތް ކަމަށް ފާހަގަ ކުރެވޭ ފަރާތްތަކަށް ފްލެޓް ދިނުން އަވަސް ކުރުމަށާއި، އަދި އެއްވެސް ފަރާތެއް ލިސްޓުން އުނި ކުރާނަމަ، އެ ފަރާތެއް އުނިވި ސަބަބު ސާފުކޮށް ބުނެދޭން ޖެހޭ ގޮތައް ރެކޮމެންޑޭޝަންގައި ހިމެނުމަށްވެސް ވަނީ ފާސް ކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލްފްލެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު