Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެޑިޔުކޭޝަން މިނިސްޓަރު އިތުރުފުޅު ހެއްދެވުން

މިނިސްޓަރުގެ އިތުރުފުޅާއެކު ހޫނު ފެނަށް ''މިނެކެ ނުލައި ކޮންމި ކަމަކު ދޮގެ ހެދުމާ އާއްމު ދާ؟''

ދިވެއްސާއި، އިސްލާމް ކިޔަވައިދިނުމުގެ ޕްރޮގްރާމް ހުއްޓާލާފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2024 | ހޮނިހިރު 08:54
އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު

އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެއެވެ. މިހާރުވެސް މިސަރުކާރުގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައި ކަމަށް ބުނެވިދާނެއެވެ. އެއީ މިފަހުން ބޭއްވިގެން ދިޔަ މާލެސިޓީގެ މޭޔަރު އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓު ބޮޑުތަނުން ބަލިވުމާއި ގުޅިގެންނެވެ. މިކަމުގައި ގިނަ ސަބަބުތަކެއްވާ ކަމަށް ރައްޔިތުން ބުނެ އުޅެއެވެ. ސޯޝަލް މީޑިއާގައި ފާޑުކިޔާ ގިނަ އާއްމުން ބުނަމުންދަނީ މިސަރުކާރުން މަގުބޫލުކަން ހޯދުމަށްޓަކައި ރައްޔިތުންނަށް ދޮގު ހަދައި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިފަހުން ވެސް މިވަނީ އެފަދަ ހާދިސާއެއް ހިނގާފައެވެ. ރައީސް މުއިއްޒު ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު މިވަނީ އިތުރުފުޅު ހައްދަވާފައެވެ.

ތ. ވަންދޫއަށް ވަޑައިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދިވެހިން ގިނައިން ދިރިއުޅޭ ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ދިވެއްސާއި، އިސްލާމް ކިޔަވައިދިނުމުގެ ޕްރޮގްރާމް މިދިޔަ ސަރުކާރުގައި ހުއްޓާލާފައިވާ ކަމަށެވެ. މި ޕްރޮގްރާމަށް ކުރީ ސަރުކާރުން ބޮޑު އެއްބާރުލުމެއް ދީފައިނުވާ ކަމަށް ވެސް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިސަރުކާރުން މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭނެ ކަމަށާއި، ދިވެއްސާއި އިސްލާމް ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް އަލުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން މިފެށޭ ހަފްތާގައި ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީއު މިމޭރުމުން ވާހަކަފުޅު ދެއްކެވީ މިސަރުކާރު ޕްރޮޕޯޓް ކުރުމުގެ މަގުސަދުގައި ނުވަތަ ކުރީ ސަރުކާރު ބަދުނާމު ކުރުމުގެ ނިޔަތުގައި ކަމެއް ނޭނގެއެވެ. ނަމަވެސް އާއްމު ރައްޔިތުން ވަނީ މިނިސްޓަރު ހެއްދެވީ ދޮގުކަން މިހާރު ސާބިތުކޮށްދީފައެވެ. ގިނަ ބައެއްގެ ފާޑު ކިޔުން މިނިސްޓަރަށް އަމާޒުވެފައިވާއިރު، ލަންކާގެ ސޯސަންވިލާގައި ހިންގާ މޯލްޑިވްސް ސެންޓަރުގެ އިސްވެރިޔަކަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ހުންނެވި ޖައުފަރު ރަޝީދު (ޖޯރޭ) ވަނީ، ލަންކާ އާއި މެލޭޝިއާގައި ދިވެއްސާއި އިސްލާމް ކިޔަވައިދިނުން ހުއްޓިފައިވާ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި ވާހަކަ ދޮގުކުރައްވާފަ އެވެ.

ރާއްޖެ އެޑިއުކޭޝަން މިނިސްޓަރު މިހާބޮޑު ދޮގެއް ރާއްޖޭގެ ރަށަކަށް ވަޑައިގެން ރޯމާ ދުވާލު ހެއްދެވީ ކީއްވެތޯ ސުވާލު އުފައްދަވައި ޖައުފަރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މިދިޔަ ފަސް އަހަރު ލަންކާގައި ދިރިއުޅޭ ކުދިންނަށް ދިވެހި، އިސްލާމް އަދި ގުރުއާން ކިޔަވައި ދިނުން ހުއްޓާލާފައެއް ނުވާ ކަމަށާއި، މެދުކެނޑިފައެއްވެސް ނުވާ ކަމަށެވެ. ކޮވިޑް-19ގެ ތެރޭގައި އޮންލައިންކޮށްވެސް ކިޔެވުން ކުރިއަށް ގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ ސަރުކާރުގައި ޚާއްސަ ސަމާލުކަމެއް ދީގެން މޯލްޑިވްސް ސެންޓަރު (ސޯސަންވިލާ) ގެ ކިޔަވައިދިނުން އިތުރަށް ރަނގަޅުކޮށް ވަނީ ހަރުދަނާ ވެސް ކޮށްފައެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަށް ކިޔެވުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މިދިޔަ 5 އަހަރުވެސް ސޯސަންވިލާގައި، ދިވެހި ދަރިވަރުން އެސްއެސްސީ އިމްތިހާނު ހަދާފައިވާއިރު، ނަތީޖާވެސް ވަރަށް ރަނގަޅެވެ. މިދިޔަ ފަސް އަހަރުވެސް އެސްއެސްސީ އިމްތިހާނުން އޭ ސްޓާރ ހޯދި ދަރިވަރުން ތިބި ކަމަށް ޖައުފަރު ވަނީ ވިދާޅުވެފައެވެ.

ކިޔެވުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ޖައުފަރު ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި ހިއްސާކޮށްދީފައެވެ.

އެގޮތުން މޯލްޑިވްސް ސެންޓަރުގައި ކިޔަވައިދޭ ދުވަސްތައް ވަނީ އިތުރުކޮށްފައެވެ. ކޮންމެ ހަފްތާއަކު 3 ދުވަހު ހަވީރު 4 ން 6 އަށް ހުރިހާ ގްރޭޑް ތަކުގެ ކިޔަވައިދެއެވެ. ގްރޭޑް 10 އަދި ގްރޭޑް 9 ގެ ދަރިވަރުންނަށް ހަފްތާ ބަންދު (ހޮނިހިރު، އާދީއްތަ) މި ދެ ދުވަހު ދިވެހި، އިސްލާމް އިން އިތުރު ގަޑިވެސް މުދައްރިސުން ނަގައިދެއެވެ.

މޯލްޑިވްސް ސެންޓަރުގައި 198 ދަރިވަރުން ތިބިއިރު، މި ތިން މާއްދާ ކިޔަވައި ދިނުމަށް 14 މުދައްރިސަކު ޚިދުމަތުގައި އެބަ ތިއްބެވެ. އެއީ މުޅިވެސް ދިވެހި ރައްޔިތުންނެވެ. އަދި މި އަހަރުވެސް މޯލްޑިވްސް ސެންޓަރުގެ ގްރޭޑް 10 ގައި 7 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. މި އަހަރު އޮންނަ އެސްއެސްސީ އިމްތިހާނުގައިވެސް އެ 7 ދަރިވަރުން ބައިވެރިވާއިރު، އަމިއްލަ ގޮތުން ބައިވެރިވާ ދަރިވަރުންނާއެކު، ޖުމްލަ 12 ދަރިވަރުން ކުރިއަށް އޮތް އެސްއެސްސީ އިމްތިހާނުގައި މޯލްޑިވްސް ސެންޓަރުގައި އިށީންނާނެއެވެ.

ރައީސް ސާލިހުގެ ސަރުކާރު އަގު ވެއްޓޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓަރު ޝަފީއު ވާހަކަފުޅު ދެއްކެވިއިރު، މޯލްޑިވްސް ސެންޓަރުގައި ގުރުއާން ޕޫލެއް ފުރަތަމަ ފަހަރަށް ތައާރަފް ކޮށްފައިވާނީ ރައީސް ސާލިހުގެ ވެރިކަމުގައެވެ. މޯލްޑިވްސް ސެންޓަރުގެ ދަރިވަރުން، ސެންޓަރުގެ ނަމުގައި ރާއްޖެ އައިސް، މާލޭގައި އޮންނަ ގައުމީ ގުރުއާން މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރި ވުމުގެ ފުރުސަތު ދެއްވި ސަރުކާރަކީ ވެސް ރައީސް ސާލިހު ސަރުކާރެވެ. މިދިޔަ އަހަރު މާލޭގައި އޮތް ގައުމީ މުބާރާތުގައި ސެންޓަރުގެ ހަތަރު ދަރިވަރަކު މުބާރާތުގައި ކިޔެވިއެވެ. އެއީ ރާއްޖެއިން ބޭރުގައި ތިބޭ ދިވެހި ދަރިވަރުން ރާއްޖެ އައިސް ކިޔެވި ފުރަތަމަ ފަހަރުވެސް މެއެވެ.

ނަމަވެސް ރައީސް ސާލިހުގެ ސަރުކާރު ނިމުނު ފަހުން، އެންމެ ފުރަތަމަ އަންނަ ގައުމީ ގުރުއާން މުބާރާތުގައި ވެސް މޯލްޑިވްސް ސެންޓަރުގެ ދަރިވަރުން ބައިވެރި ނުކުރުމަކީ ވަރަށް ފަހަތަށް އެޅޭ ފިޔަވަޅެކެވެ. މިއަހަރު ގައުމީ ގުރުއާން މުބާރާތުގައި މި ސަރުކާރުން މޯލްޑިވްސް ސެންޓަރު ބައިވެރި ކޮށްފައި ނުވެއެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވެ ނިމުނުއިރު، އެއްވެސް ދަރިވަރަކަށް އެފުރުސަތު ދީފައިނުވެއެވެ. މިއީ މޯލްޑިވްސް ސެންޓަރުގައި ގުރުއާން އަށް ދިން އަހަންމިއްޔަތަށް މި ސަރުކާރުންވީ ވަރަށް ބޮޑު އިހުމާލެކެވެ.

މީގެ އިތުރުން މެލޭޝިޔާގައި ވެސް ދިވެހި، އިސްލާމް ކިޔަވައި ދެއެވެ. މެލޭޝިޔާގައި ތިބޭ ކުދިންނަށް އެސްއެސްސީ އިމްތިހާނު ހެދުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ފަހިކޮށްދެއްވީ ރައީސް ސާލިހުގެ ސަރުކާރުގައެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޝަފީއު ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރެއްވީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި، މައާފަށް އެދެންޖެހޭ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. ގިނަ ބައެއްގެ ފާޑުކިޔުން އެޑިއުކޭޝަން މިނިސްޓަރު ޝަފީއު އަށް އަމާޒުވެފައިވާ މިދަނޑިވަޅުގައި ރައީސް ސާލިހު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވެސް ވަނީ މިމައްސަލައާ ގުޅިގެން ތެދު ހާމަކުރެއްވީތީ ޖައުފަރަށް ޝުކުރު އަދާކުރައްވައި، މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރުގެ) ޅެން ބައިތެއް ހިއްސާ ކުރައްވާފައެވެ. އަދި އެ ބައިތުގެ މާނައިގެ ޝަރަހައެއް ލިޔުއްވާފަ އެވެ.

ފެނެކެ ނެތަސް ކައުޓި ބިނުން މިކަލެ ނިކަން އާއްމު ދާ؟

މިނެކެ ނުލައި ކޮންމި ކަމަކު ދޮގެ ހެދުމާ އާއްމު ދާ؟

ޝަރަހާގައި ބުނެފައިވަނީ ދިޔަ ނުޖެހުނަސް ހަރު ކާށި ކަމަށް ބަލައި ކާށި ބިނުން އާއްމު ވެއްޖެ ދޯއެވެ؟ ކޮންމެ ކަމަކާ ގުޅިގެން އެއްވެސް މިނެއް ނެތި ދޮގު ހެދުން އާއްމު ވެއްޖެ ދޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްލޭނިންގ މިނިސްޓަރުގެ ތިމާވެއްޓާ ރަށްޓެހި \"އޯވާ ވޯޓާ\" ދިރިއުޅުމުގެ ކޮންސެޕްޓް

ޕްލޭނިންގ މިނިސްޓަރުގެ ތިމާވެއްޓާ ރަށްޓެހި "އޯވާ ވޯޓާ" ދިރިއުޅުމުގެ ކޮންސެޕްޓް

18 ފެބުރުއަރީ 2020
ދުނިޔެ ހޫނުވެ، އުޅެން ނުކުޅަދާނަ ވެގެން ދާއިރު، ފައިސާ ހޯދުމުގެ ބޭނުމަކީ ކޮބާ؟

ދުނިޔެ ހޫނުވެ، އުޅެން ނުކުޅަދާނަ ވެގެން ދާއިރު، ފައިސާ ހޯދުމުގެ ބޭނުމަކީ ކޮބާ؟

27 ސެޕްޓެމްބަރު 2019
އެންމެންގެ ސަމާލުކަން ބޮޑު ޝަރީއަތަށް. ވަޒީރުންވެސް ގަދަ ހޫނުގައި ދިގު ކިއޫގައި

އެންމެންގެ ސަމާލުކަން ބޮޑު ޝަރީއަތަށް. ވަޒީރުންވެސް ގަދަ ހޫނުގައި ދިގު ކިއޫގައި

14 އޮކްޓޯބަރު 2018
އެންމެ ފޮޓޯއަކުން މެޑަމް ހޫނު ފެނަށް

އެންމެ ފޮޓޯއަކުން މެޑަމް ހޫނު ފެނަށް

07 މެއި 2018
މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

15 މާރިޗު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު