Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޮރޮކޯއަށް އާދަޔާ ޚިލާފަށް ވައިބާރުވުން

ވައިގަދަވުމުގެ ސަބަބުން މޮރޮކޯގެ އެކި ކަންކޮޅުތަކުގައި ވައިގެ ދަތުރު ފަތުރަށް ބުރޫ އަރައިފި

ހުކުރު ދުވަހު ވަނީ 17 ފްލައިޓެއް ކެންސަލްކޮށް 16 ފްލައިޓެއް ރީރޫޓްކޮށްފަ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 10 ފެބުރުއަރީ 2024 | ހޮނިހިރު 06:39
ރޯޔަލް އެއާ މެރޮކްއަށް ނިސްބަތްވާ ޕާސެންޖަރ ކެރިއަރެއް

ރޯޔަލް އެއާ މެރޮކްއަށް ނިސްބަތްވާ ޕާސެންޖަރ ކެރިއަރެއް

މޮރޮކޯއަށް ޖެހެމުންދާ ބާރުގަދަ ވައިގެ ސަބަބުން އެގައުމުގެ އެކިކަންކޮޅުތަކުގައި ވައިގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ނޭޝަނަލް އެއާޕޯޓްސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ ހުކުރު ދުވަހު ވައިގަދަވުމުގެ ސަބަބުން އެގައުމުގެ އެކި އެއާޕޯޓުތަކުގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން 17 ފްލައިޓެއް ކެންސަލްކޮށް، އިތުރު 16 ފްލައިޓެއް އެހެން އެއާޕޯޓުތަކަށް ބަދަލުކޮށްފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ތޫފާނުގެ އަސަރު މުޅި ގައުމަށް ކޮށްފައިވާއިރު، ބައެއް ސަރަޙައްދުތަކަށް ވައިގަދަވެ ވައިގެ ދަތުރުފަތުރުގެ އޮޕަރޭޝަންތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ކަސަބްލާންކާގެ މުހައްމަދު ވީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރިމަތިވި ހުރަސްތަކުގެ ސަބަބުން، އަންނަން އޮތް ހަތަރު ފްލައިޓެއް އެހެން އެއާޕޯޓަށް ރީޑައިރެކްޓްކޮށްފައިވާއިރު، އައުޓްބައުންޑް ދެ ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ.

ހަމަ އެފަދައިން ޓެންގިއަރގެ އިބްނު ބަޠޫތާ އެއަރޕޯޓުގައި ވެސް ފަސް ފްލައިޓް ކެންސަލްކޮށް، އިތުރު ހަ ފްލައިޓެއް ވަނީ ޑައިވާޓް ކޮށްފައެވެ.

އޮޖްޑާގެ އަންގަޑްސް އެއާޕޯޓުން އަންނަ އެއް ފްލައިޓް ރީރޫޓްކޮށް އަނެއް ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ނަޑޯރުގެ އަލް އަރޫއީ އެއާޕޯޓުން އަންނަ ދެ ފްލައިޓް ރީޑައިރެކްޓްކޮށް ފަސް ޑިޕާޗާ ކެންސަލްކޮށްފައިވާ އިރު، އިތުރު ޑިޕާޗާއެއް ވަނީ ލަސްވެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ޓެޓޫއާންގެ ސާނިއާ ރަމެލް އެއާޕޯޓަށް ވެސް އަސަރުކޮށް، އަންނަން އޮތް ތިން ފްލައިޓް ޑައިވާޓްކޮށް، އެތެރޭގެ މަންޒިލްތަކަށް ދަތުރުކުރާ ދެ ޑިޕާޗާ ކެންސަލް ކުރިއެވެ.

އެގޮތުން އަލް ހޮސެއިމާ ޗެރިފް އަލް އިދްރީސީ އެއާޕޯޓާއި އެރަޗިޑިއާ އެއާޕޯޓުން ކޮންމެ އެއާޕޯޓަކަށް ވެސް އެތެރޭގެ އުދުހުންތައް ކެންސަލްކުރިއެވެ.

ފްލައިޓްތަކަށް ބުރޫ އެރުމުގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން އުތުރާއި މެދުތެރޭ އެޓްލަސް ޕްލޭންސް އާއި ރިފް އަދި އިރުމަތީ ސަރަހައްދުތައް ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކަށް އާދައިގެ ވަރަކަށް ބޯކޮށް ވާރޭ ވެހުނެވެ. ބައެއް ސަރަހައްދުތަކަށް ހުޅަނގާއި އިރުދެކުނުން ބޯކޮށް ވާރޭ ވެހުނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ހޮނިހިރު ދުވަހު، މިޑްލް އެޓްލަސް އަދި ރިފް ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ފިނިހޫނުމިން ދަށަށް ދާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އިތުރަށް ކިޔާލަން

07 ޖުލައި 2017

ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި

07 ޖުލައި 2017
ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު