Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް ސިފައިން ރަފަޙްއަށް ހަމަލާދޭން ތައްޔާރު

ތޮއްޖެހިފައިވާ ރަފަޙްއަށް އަރައިގަންނަން އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވެއްޖެ

10 ފެބުރުއަރީ 2024 | ހޮނިހިރު 06:09

ނަތަންޔާހޫ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކެންއަށް އަންގާފައިވަނީ 2 ހަފުތާގެ ތެރޭގައި ރަފަޙް އަށް އަރައިގަންނާނެ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 10 ފެބުރުއަރީ 2024 | ހޮނިހިރު 06:09
އިސްރާއީލްގެ އަސްކަރިއްޔާއިން މެދުކެނޑުމެއްނެތި ޣައްޒާއަށް ދޭ ހަލާތައް ވަނީ ވަރުގަދަ ކޮށްފައި

އިސްރާއީލްގެ އަސްކަރިއްޔާއިން މެދުކެނޑުމެއްނެތި ޣައްޒާއަށް ދޭ ހަލާތައް ވަނީ ވަރުގަދަ ކޮށްފައި

ޣައްޒާގެ ދެކުނުގައި އޮންނަ އާބާދީ ބޮޑު ރަފަޙްއަށް އަރައިގަންނަން އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކާން އިން ބުނި ގޮތުގައި މިސްރާއި އެމެރިކާގެ އެދުމުގެ މަތިން ރަފާގައި އަސްކަރީ އޮޕަރޭޝަން ފަށާނީ އެ ސިޓީން މީހުން "ބޮޑު ތަނުން ބޭލުމުގެ" މަސައްކަތް ނިމުމުންނާއި، ޣައްޒާ އާއި މިސްރާއި ދެމެދު އޮންނަ ބޯޑަރު ސަރަހައްދުތަކުގައި އިސްރާއީލުގެ އަސްކަރީ ހަރަކާތާ ބެހޭ ގޮތުން ތެލްއަވީވް އާއި ގާހިރާއާ ދެމެދު ވެފައިވާ އެއްބަސްވުމަކަށް ފަހުއެވެ.

ކާން އިން ބުނި ގޮތުގައި ރަފަޙްގައި ހިންގާ އޮޕަރޭޝަނަށް ތައްޔާރުވުމުގެ މައުލޫމާތު އިޒްރޭލުން ވަނީ ސަރަހައްދުގެ ގިނަ ގައުމުތަކަށާއި އެމެރިކާއަށް ވެސް އަންގާފައެވެ.

ޔެޑިއޯ އަހްރޯނޯތު ނޫހުގައި ވާގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހުގައި އެއްގަމު އޮޕަރޭޝަނެއް ހިންގުމަށް ހުއްދަ ދީފައެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަފަޙްގެ ގްރައުންޑް އޮޕަރޭޝަންތައް ދެ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކެންއަށް ވަނީ އަންގާފައެވެ.

މިދިޔަ ހުކުރު ދުވަހު ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ރައްޔިތުން ހަނގުރާމައިން ހިމާޔަތް ހޯދަމުން އަންނަ އެއް މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަފަޙްއިން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް، ހަމާސްގެ އެންމެ ފަހުގެ ބެޓެލިއަންތައް ބަލިކުރުމަށް ދެ ވަނަ ޕްލޭނެއް އެކުލަވާލުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގަވާފައެވެ.

ނަތަންޔާހޫގެ އެ އެންގުވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ރަފަހްގައި ތިބި އާންމުންގެ ރައްކާތެރި ކަމަށް ރިއާޔަތް ނުކޮށް ފަށައި އެއްވެސް އަސްކަރީ އޮޕަރޭޝަނަކަށް އެމެރިކާއިން ތާއީދުނުކުރާނެ ކަމަށެވެ. އޭގެއިތުރުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް މިހާރު ހައްދު ފަހަނައަޅައި ގޮސްފައިވާ ކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

އިސްރާއީލު ސިފައިން ރަފަހް އަށް ވަދެއްޖެނަމަ، މަރުވެގެންދާނެ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަރަށްބޮޑަށް އިތުރުވާނެ ކަމަށާއި، އިންސާނީ އެހީގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތައް ފެށުނީއްސުރެ އިސްރާއީލުން ވަނީ ޣައްޒާގެ އުތުރާއި މެދުތެރޭގެ ރައްޔިތުން ޣައްޒާގެ ދެކުނުފަރާތަށް ހުސްކުރުމަށް އަންގާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްޠީނުގެ 27،947 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 67،459 މީހުން ޒަޚަމްވެފައިވާކަމަށް ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނެއެވެ.

އިސްރާއީލުން ދިން ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2017

އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން

04 ޑިސެމްބަރު 2017
އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން
02 ޑިސެމްބަރު 2017

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ

02 ޑިސެމްބަރު 2017
އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ
19 ނޮވެމްބަރު 2017

އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި

19 ނޮވެމްބަރު 2017
އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި
05 ނޮވެމްބަރު 2017

ކިންގް ޚާލިދު އިންޓަނެޝަނަލް އެއާޕޯޓަށް ފޮނުވި މިސައިލެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި

05 ނޮވެމްބަރު 2017
ކިންގް ޚާލިދު އިންޓަނެޝަނަލް އެއާޕޯޓަށް ފޮނުވި މިސައިލެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
15 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ އަވަށްތައް އަސްކަރިއްޔާއިން ދަނީ އަންދަމުން: އެމްނެސްޓީ އިންޓަނޭޝަނަލް

15 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އަވަށްތައް އަސްކަރިއްޔާއިން ދަނީ އަންދަމުން: އެމްނެސްޓީ އިންޓަނޭޝަނަލް
14 ޖޫން 2017

ފިލިޕީންސްގެ މަރާވީގެ ބޮޑުބައެއް އަސްކަރިއްޔާއިން ކޮންޓްރޯލް ކޮށްފި

14 ޖޫން 2017
ފިލިޕީންސްގެ މަރާވީގެ  ބޮޑުބައެއް އަސްކަރިއްޔާއިން ކޮންޓްރޯލް ކޮށްފި
06 މާރިޗު 2017

އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި

06 މާރިޗު 2017
އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި
03 މާރިޗު 2017

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް