Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ބަޔާން އޮތީ ލެވަކޫސަަންގެ މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް ގެންނަން ތައްޔާރަށް

10 ފެބުރުއަރީ 2024 | ހޮނިހިރު 00:37

މިވަގުތު ޖަރުމަނު ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ ލެވަކޫސަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ފެބުރުއަރީ 2024 | ހޮނިހިރު 00:37
ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަން އިން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް ގެންނަން، ބަޔާން މިއުނިކުން އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ، ހޮނިހިރު ދުވަހުގެ ރޭ ޖަރުމަނު ލީގުގައި ލެވަކޫސަންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނިކުންނައިރު، ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ ލެވަކޫސަން އެވެ. ދެ ޕޮއިންޓުގެ ލީޑަކުން ލެވަކޫސަން އެއް ވަނައިގައި އޮތްއިރު، އެ މެޗުން މޮޅުވެގެން އަލުން އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ބަޔާނަށް އޮންނާނެ އެވެ.

ޓުޗެލް ބުނީ ލެވަކޫސަންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ބަޔާން ނިކުންނާނީ މޮޅުވާން ކަމަށެވެ. އެ މެޗުންް މޮޅުވާން ބޭނުންވާ ނަމަ، ފެންވަރު ރަނގަޅު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް ވެސް ޓުޗެލް ބުންޏެވެ. ޚާއްސަކޮށް އެންމެ ފަހުން ބަޔާނުން ކުޅުނު މެޗުގައި ދެއްކި ކުޅުމަށްވުރެ، ރަނގަޅު ކުޅުމެއް ދައްކަން ޖެހޭ ކަމުގައި ވެސް ޓުޗެލް ވަނީ ބުނެފަ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ބަޔާނުން، އެ ޓީމަށް ބޭނުން ކުރެވެން ހުރި ހުރިހާ ވަސީލަތެއް ވެސް ބޭނުން ކުރަން ޖެހެ އެވެ. އޭނާ ބުނީ ބަޔާނުން ކުޅޭނީ އެ މީހުންގެ އަމިއްލަ ގޭމެއް ކަމަށާއި، ހާސްވެގެން ތެޅިގަނެގެން ނޫޅޭނެ ކަމަށެވެ.

ލެވަކޫސަންއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓުޗެލް ބުނީ، މި ސީޒަންގައި ލެވަކޫސަން އިން އަންނަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކައި، ވަރަށް ރަނގަޅު ނަތީޖާތަކެެއް ނެރެމުން ކަމަށެވެ. އެހެންކަމުން ބަޔާނުން ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅުކޮށް، އެ މެޗަށް ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އެ ނޫން ނަމަ، ލެވަކޫސަންގެ މައްޗަށް ކުރި ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށާއި، މިއީ ލީގު ރޭހުގައި ބަޔާނަށް ލިބޭނެ އެންމެ ތަނަވަސް އެއް ފުުރުސަތު ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް ބަޔާން އޮތީ މެޗަށް ތައްޔާރަށް ކަމަށާއި، އެނބުރި އަންނަން ބޭނުން ވަނީ މޮޅުވެގެން ކަމަށް އޭނާ ބުންޏެވެ.

މިހާތަނަށް ލީގުގައި ކުޅުނު 20 މެޗުން ލެވަކޫސަން އަށް ލިބެނީ 52 ޕޮއިންޓެވެ. މި ސީޒަންގެ ލީގުގައި ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ލެވަކޫސަން އެވެ. ލެވަކޫސަނާ އެއް އަދަދަކަށް މެޗު ކުޅެގެން، ދެ ވަނައިގައި ބަޔާނަށް ލިބެނީ 50 ޕޮއިންޓެވެ. މި ސީޒަންގެ ލީގުގަައި މިހާތަނަށް ބަޔާން ވަނީ ދެ މެޗަކުން ބަލިވެފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
17 މާރިޗު 2017

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

17 މާރިޗު 2017
ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ
12 މާރިޗު 2017

ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި

12 މާރިޗު 2017
ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް