Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާ ގައި މިސްކިތެއް ތަލާލުން

އިންޑިޔާ ގައި މިސްކިތެއް ތަޅާލުމުން ހިނގި ހަމަނުޖެހުންތަކުގައި 4 މީހުން މަރުވެއްޖެ

9 ފެބުރުއަރީ 2024 | ހުކުރު 13:53

މިސްކިތާއެކު އެތަނުގައިވާ މަދަރުސާ އެއްވެސް ވަނީ ތަޅާލާފައެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 9 ފެބުރުއަރީ 2024 | ހުކުރު 13:53
އިންޑިޔާ ގައި ހިނގި ހަމަނުޖެހުން ތަކުގެ ތެރެއިން ތަނެއްގައި ހުޅުޖަހާފައި

އިންޑިޔާ ގައި ހިނގި ހަމަނުޖެހުން ތަކުގެ ތެރެއިން ތަނެއްގައި ހުޅުޖަހާފައި

އުތުރު އިންޑިޔާ ގެ އުއްތަރަޚާންދްގައި ހުރި މިސްކިތެއް ސަރުކާރުން ތަޅާލުމާއި ގުޅިގެން ފެށުނު ހަރުކަށި ހަރަކާތްތަކުގައި ހަތަރު މީހުން މަރުވެ އިތުރު ބަޔަކަށް އަނިޔާވެއްޖެއެވެ.

ސަރުކާރުން ބުނާ ގޮތުގައި ތަޅާލެވުނީ ގަވާއިދާ ޚިލާފަށް އަޅާފައިވާ މިސްކިތެކެވެ. އަދި މިހާރުވަނީ ގަވާއިދާ ޚިލާފަށް ބިނާކޮށްފައިވާ ދީނީ ތަންތަން ތަޅާލުމުގެ މަސައްކަތެއް ފަށާފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް ތަޅާލި މިސްކިތަށް އަރާފަރާތްތަކުން ބުނި ގޮތުގައި މިކަމަކީ އިންސާފާ ހަމަތަކާބޭރުން މުސްލިމުންނާ ދެކޮޅަށް ފަށާފައިވާ ހަރަކާތެކެވެ. މިސްކިތާއެކު އެތަނުގައިވާ މަދަރުސާ އެއްވެސް ވަނީ ތަޅާލާފައެވެ. މިއާއެކު މިކަމާ ދެކޮޅު ހެދުމަށް ނިކުތް އެތައްހާސްބަޔަކާ ދެކޮޅަށް ފުލުހުންވެސް ވަނީ ހަރަކާތްތެރި ވެފައެވެ. މިގޮތުން ފުލުހުން ކަރުނަގޭސް ބޭނުން ކުރަން ފެށުމުން އެއްވި އާންމުންވަނީ ފުލުހުންނާ ދިމާއަށް ގާއުކާ އަދި ބައެއް ވެހިކަލްތަކާ ތަންތަނުގައި ހުޅުޖަހާ ހަދާފައެވެ.  

ބުރާސްފަތިދުވަހު ހަވީރު ފެށުނު ކުރިމަތިލުން ތަކާގުޅިގެން މިހާރު އުއްތަރަޚާންދްގައި ގައިވަނީ ކަރފިއު ހިންގާފައެވެ. އަދި ބޭރުގަ އުޅެނިކޮން ފެންނަކޮންމެ މީހެއްގެ ގަޔަށް ބަޑިޖަހާނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.

އުއްތަރަޚާންދްގެ ހާލަތު ހުކުރު ދުވަހުވެސް ވަރަށް ގޯސްކަމަށާ ސަރުކާރުން އެސަރަހައްދުގެ މޮބައިލް ފޯނާއި އިންޓަނެޓުގެ ޚިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ހަމަނުޖެހުންތަކާގުޅިގެން އެހިސާބުގެ ސްކޫލްތައްވެސް ވަނީ ބަންދު ކޮށްފައެވެ.   

ތަޅާލެވުނު މިސްކިތް ހުންނަ ޑިސްޓްރިކްޓް ގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުވެސް ވަނީ ބޮޑެތި ހަމަނުޖެހުން ތަކެއް ހިނގާފައެވެ. އެއީ އިންޑިއަން ރެއިލްވޭސް އަށް ނިސްބަތްވާ ބިންތަކެއްގައި އުޅޭ ކަމަށްބުނެ 50 ހާހަށް ވުރެ ގިނަ މީހުންނަށް އެމީހުންގެ ގެދޮރު ދޫކޮށް ދިއުމަށް ސަރުކާރުން އަމުރު ކުރުމާއި ގުޅިގެންނެވެ.އެފަހަރުގެ އަމުރު ވަނީ މަތީ ކޯޓުން ހުއްޓުވާފައެވެ.

އޮފިޝަލުން ބުނާގޮތުގައި މިހާރު އަނެއްކާ ނުގަވާއިދުން ހުރި ތަންތަން ނައްތާލަން ފަށާފައިވަނީ ހައިކޯޓުގެ އަމުރަކާ އެކުއެވެ. ނަމަވެސް އާންމުން ބުނަނީ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން މިސްކިތާ މަދަރުސާ ތަޅާލީ ކަމުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
07 ޖެނުއަރީ 2017

ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި

07 ޖެނުއަރީ 2017
ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި
07 ޖެނުއަރީ 2017

ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި

07 ޖެނުއަރީ 2017
ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް