Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑު ދިރާސާ ކުރާ ޗައިނާގެ ބޯޓު

ދިރާސާކުރާ ބޮޑެތި އުޅަނދުފަހަރު ރާއްޖެހުރަސްކޮށް އަބަދުވެސް ދަތުރުކުރޭ، ޗައިނާގެ އުޅަނދާ ގުޅޭގޮތުން ޖަވާބެއް ނުދެއްވި

9 ފެބުރުއަރީ 2024 | ހުކުރު 07:56

މިހާރު އެބޯޓު ހަރަކާތްތެރިވަމުންދަނީ ލައިވް ޓްރެކިން ސިގްނަލް ނިއްވާލައިގެން

އަމްނާ އިމާދު
އަމްނާ އިމާދު | 9 ފެބުރުއަރީ 2024 | ހުކުރު 07:56
ޗައިނާގެ ދިރާސާކުރާ ބޯޓު ޒިއަންގް ޔަންގް ހޮންގް 3

ޗައިނާގެ ދިރާސާކުރާ ބޯޓު ޒިއަންގް ޔަންގް ހޮންގް 3

ދިރާސާކުރާ ބޮޑެތި އުޅަނދުފަހަރު ރާއްޖެހުރަސްކޮށް އަބަދުވެސް ދަތުރުކުރާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ޗައިނާގެ ދިރާސާކުރާ އުޅަނދު ''ޒިޔާންގ ޔެންގް ހޮންގް3'' މިމަހުގެ 8 ވީ ބުރާސްފަތި ދުވަހު މާލެއަށް ބަނދަރުކުރާނެ ކަމަށް އޮންލައިން ޓްރެކިންތަކުން ވަނީ ދައްކާފައެވެ. ނަމަވެސް މިހާރު އެ ބޯޓު ހަރަކާތްތެރިވަމުންދަނީ ލައިވް ޓްރެކިން ސިގްނަލް ނިއްވާލައިގެންނެވެ.

Advertisement - newsAdvertisement

މި ކަމާއި ގުޅޭގޮތުން ރާއްޖެއެމްވީ ދެންނެވި ސުވާލަކަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު ވިދާޅުވީ ހުރިހާ ސަރުކާރެއްގައި ދިރާސާކުރާ ބޮޑެތި އުޅަނދުފަހަރު ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު ރާއްޖެއަށް ބަނދަރުކޮށް ތެޔޮއަޅާ އެހެނިހެން ކަންކަން ވެސްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ޗައިނާގެ ދިރާސާކުރާ އުޅަނދު ނުވަންނަ ކަމަށް ހަލީލު ވިދާޅުވި ނަމަވެސް، އެ އުޅަނދު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް އޮންލައިން ޓްރެކިން އިން ވަނީ ދައްކާފައެވެ.

އިންޑިއަން ޑިފެންސް ރިސަރޗް ވިންގުން ބުނެފަވަނީ ޗައިނާގެ މިއުޅަނދު އިންޑިއާ، ސްރީލަންކާ އަދި ރާއްޖެ، މި 3 ގައުމުގެ އީއީޒެޑުން ބޭރުގައި ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި 29 ޖެނުއަރީ 2024 ގައި މިޝަނެއް ފަށާފައިވާ ކަމަށެވެ. އަދި ކުރާ ދިރާސާއަކާ ބެހޭ ތަފްސީލު ހާމަނުކޮށް މަސައްކަތް ކުރަމުންދާތީ މިއީ އަސްކަރީ ބޭނުމަށް ކުރަމުންދާ ކަމެއްކަމަށް ޝައްކު ކުރެވޭކަމަށް ބުނެފައިވެއެވެ.

4 ފެބުރުއަރީ 2024 ގައި 250 ނޯޓިކަލްމޭލު ދުރުން ރާއްޖޭގެ އިރުމަތިން މިނބޯޓު ފެނިފައިވާ ކަމަށް މި ބޯޓުގެ ހަރަކާތްތައް މޮނިޓަރ ކުރަމުންދާ އިންޑިއާގެ އަސްކަރީ ސަބްމެރިން އައިއެންއެސް ކަރަންޖް ކަލްވާރީން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ އުޅަނދު އޮތް ޕޮޒިޝަނަށް ބެލުމުން އެ އުޅަނދުން ކުރިއަށްގެންދާ މިޝަންއާއި އޭގެ މަޤްސަދާމެދު އިތުރަށް ސުވާލު އުފެދޭކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. މީގެއިތުރުން ބައިނަލްއަޤުވާމީ ކަނޑުތަކާބެހޭ ޤާނޫނު ލާޒިމްކުރާ މައުލޫމާތު ހާމަނުކުރުމާއި އިންޑިއާގެ ކަންބޮޑުވުންތަކަށް އެކަށޭނަ ޖަވާބެއް މިހާތަނަށް ވެސް ލިބިފައިނުވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ދެކުނު ޗައިނާ ކަނޑުގެ ޝިއާމެންގެ އައްސޭރިފަށުގައި އޮވެފައި، ކްރޫއިންނާއި ކޮއްތު އައު ކުރުމަށް ކަމަށް ބުނެ ރާއްޖެއަށް ބަނދަރުކުރަން ނިންމާފައިވާ މި ބޯޓަކީ ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ކަނޑުގެ ސަތަހައިން ފެށިގެން ހުރިހާ މައުލޫމާތެއް ބޯޓުގައި ތިބެގެން ނެގޭ ވަރުގެ ގާބިިލުކަން ހުރި ބޯޓެކެވެ.

މި ބޯޓާ ގުޅިގެން އިންޑިޔާ ކަނޑުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ މައިގަނޑު ޒިންމާ އުފުލާ އިންޑިޔާ އިން ވެސް ދަނީ އެ ބޯޓުގެ ހަރަކާތްތައް ގާތުން ބަލަމުންނެވެ. އެގޮތުން އެ ބޯޓު ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ދަތުރުކުރި ކަން ވެސް އެންމެ ފުރަތަމަ އިއުލާންކުރީ އިންޑިޔާ އަދި ބައިނަލްއަޤްވާމީ ނޫސްތަކުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

18 މެއި 2017

ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް

18 މެއި 2017
ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް
17 މެއި 2017

އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

17 މެއި 2017
އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
24 އެޕްރީލު 2017

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް