Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަޒުލު ކުރުމުގެ މާއްދާތަކަށް އަމަލުކުރުން ހުއްޓުވު

އަޒުލު ކުރުމުގެ މާއްދާތަކަށް މަޖިލީހުން ގެނެސްފައިވާ ބަދަލަށް އަމަލުކުރުން ސުޕްރީމް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފި

49 ވަނަ މާއްދާގެ ކ،އ އަދި ވ އަށް ގެނެސްފައިވާ އިޞްލާޙުތަކަށް މިވަގުތަށް ޢަމަލުނުކުރުމަށް އަންގާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2024 | ބުރާސްފަތި 13:24
ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާތަކުގެ ތެރެއިން

ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާތަކުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ ބޭފުޅަކު އަޒުލުކުރުމުގެ މަރުހަލާ ބަޔާންކުރާ މާއްދާތަކަށް މަޖިލީހުން ގެނެސްފައިވާ ބަދަލަށް އަމަލުކުރުން ސުޕްރީމް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.

ސުޕްރީމް ކޯޓުން އެފަދައިން އަމުރުކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެ ކޯޓުން ކުރި އަމުރެއްގައެވެ. އެ އަމުރަކީ ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާވާ ދުސްތޫރީ މައްސަލައިގައި ނެރެފައިވާ އަމުރެކެވެ. އެ އަމުރުގައި ބުނެފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ގޮތެއް ނުނިމެނީސް ގަވާއިދަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްނުކޮށްފިނަމަ މައްސަލައިގެ މައުލޫގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑިދާނެ ކަމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ވަގުތީ އަމުރު ނެރެފައި ވަނީ ފަނޑިޔާރުންގެ އަގުލަބިއްޔަތާއި އެކުގައެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން މި މައްސަލަ ބަލަމުންދާ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އައިޝާ ސުޖޫން ވަނީ ތަފާތު ރައުޔެއް ނެރުއްވާފައައެވެ.

ޝުޖޫންގެ ރައުޔުގައި ބުނެފައި ވަނީ ސިޔާސީ ސުވާލުގެ މައްޗަށް ބިނާވާ ނިންމުންތަކުގެ މައްޗަށް ކޯޓުގެ އިހްތިޞާޞް ނެތް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެކ، އ އަދި ވ ގައިވާ ގޮތުގެ މަތިން ނިންމާ ނިންމުންތަކަށް ކޯޓުތަކުން ފައިސަލާކުރުމުގެ ފުރުސަތު ނެތް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ނަމަވެސް ޤާނޫނުއަސާސީއާ ޚިލާފަށް ޢަމަލުނުކުރެވޭނެ ކަމުގެ މައްޗަށް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ބަޔާންކުރައްވާފައިވާ ކަންކަމާމެދު ދެބަސްވުމެއް ނެތް ކަމަށެވެ.

އެހެންނަމަވެސް މި މައްސަލައިގައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން މިހާރު ވަގުތީ އަމުރެއް ނުނެރެފި ނަމަ މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަންކަމުގެ މުޢާލާތް ކެނޑިގެން ހިގައިދާނެކަމާމެދު އޭނާގެ ޚިޔާލު ތަފާތުކަމަށް ޝުޖޫން ވިދާޅުވިއެވެ.

އެކަމުގެ އެއް ސަބަބަކީބަންޑާރަނާއިބުގެ ފަރާތުން ވަގުތީ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމުގަ، 3 ބަންޑާރަނާއިބުގެ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގެ 6.20 ގައި ހިމަނާފައިވާ ކަންކަމަށް ހަވާލާދީ އެ ނަންބަރުގައި ބަޔާންކުރެވުނު ފަދަ މައްސަލައެއްގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ވޯޓަކުން ގޮތެއް ނިންމާ، އެ ނިންމުމެއް ތަންފީޒު ކުރެވިއްޖެނަމަ އެ ކަމުގެ ސަބަބުން މައްސަލައިގެ މައުލޫއަށް ގޮތް ކަނޑައެޅުމުގެ ކުރިން، މައުލޫއުގައި ހިމެނޭ ކަމުގެ މުޢާމަލާތް ކެނޑިގެން ދިއުމުގެ އިޙްތިމާލް ފާޅުކަން ބޮޑުގޮތެއްގައި އޮތްކަމަށް ބަޔާންކޮށްފައިވާއިރު ބަންޑާރަނާއިބުގެ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގެ 6.20 ގައި ހިމަނާފައިވާ ތާވަލުގައި ހަވާލާދީފައިވަނީ ހުސޫމާތް އުފެދިފައިވާ "މަޖިލީހުގެ ޖުމްލަ މެމްބަރުން" ގެ ވޯޓަށް ބިނާކޮށް ފާސްވާންޖެހޭ ކަންކަމަށް އެކަނި ނޫންކަން ފާހަގަވުމެވެ.

ދެ ވަނަ ކަމަކީ ބަންޑާރަނާއިބުގެ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގެ 6.20 ގައި ހިމަނާފައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ޢަދަދުގެ މައްޗަށް ބިނާކޮށް ވޯޓު ން ފާސްވާންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކާގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާކަން ބަންޑާރަނާއިބުގެ ފަރާތުން ފާހަގަކޮށްފައި ނެތުމުގެ އިތުރުނ،ް އެފަދަ އެއްވެސް ހެއްކެއްވެސް ބަންޑާރަނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވުމެވެ.

ތިން ވަނަ ކަމަކީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް މައްސަލައިގައި ފާހަގަކޮށްފައިވާ އިސްލާހުތައް ގެނެސްފައިވަނީ 18 ޑިސެމްބަރު 2023 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ކަމުގައިވެފައ،ި މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެވުނު އިސްލާހަކީ ޤާނޫނުއަސާސީއާ ޚިލާފު އިސްލާހެއް ކަމުގައި ބުނެ ބަންޑާރަނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓަށް ލިބިފައިވަނ،ީ އެ އިސްލާހު ފާސްކުރި ތާރީޚުން ފެށިގެން 01 މަސްދުވަހަށް ވުރެ ގިނަދުވަސްވީ ފަހުން 29 ޖެނުއަރީ 2024 ގައި ކަން މައްސަލަ ހުށަހެޅި ފޯމުން އެނގެން އޮތުމެވެ.

އެހެންކަމުން އެއީ މުސްތަޤުބަލުގައި ޤާނޫނުއަސާސީއާ ޚިލާފުވެދާނެ ހާލަތްތަކެއް އުފަންވެދާނެކަމަށް ބަލާ، އެ އިހުތިމާލުތަކުގެ މައްޗަށް ބިނާކޮށްގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައި ބެލެވޭތީއާއ،ި މި ފަދަ ހުށަހެޅުމަކާ ގުޅިގެން މައްސަލަ ރައްދުވާ ފަރާތަށް ބަސްބުނުމުގެ ފުރުސަތެއް ދިނުމަކާއި ނުލާ، މިއީ މައްސަލައިގައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފިނަމަ މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަންކަމުގެ މުޢާލާތް ކެނޑިގެން ހިގައިދާނެފަދަ، އަދި ވަގުތީ ފިޔަވަޅު އަޅަންޖެހޭފަދަ ހާލަތެއް ކަމުގައި ބަލައި ނުގަނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެެހެންކަމުން ދުސްތޫރީ މައްސަލައެއްގައި ވަގުތީ އަމުރެއް ނެރުމުގެ ކުރިން އެ ވަގުތީ އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުމުގައި ފުރިހަމަވާންޖެހޭކަމަށް މުޙައްމަދު ޙަލީމް އަދި އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުالله މައްސަލައިގައި ބަޔާންކުރާ ކަންކަން ވަގުތީ އަމުރަށް އެދި ހުށަހެޅި މި ހުށަހެޅުމުގައި ފުރިހަމަވާކަމަށް އޭނާ އަށް ބުރަ ނުވެވޭތޯ އެދިފައިވާ ފަދައިން މިހިނދުގައި ވަގުތީ އަމުރެއް ނެރެދެވެން އޮތްކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށް ޝުޖޫން ވިދާޅުވިއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ގެ ރައުޔަށް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއާއި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދުކުރައްވާފައިވެއެވެ. ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ށ ގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލިހުގެ ބަރުލަމާނީ އިމްތިޔާޒަށް ރިޢާޔަތްކުރުމާއި، ޢާންމު އުސޫލަކީ ރައްޔިތުންގެ މަޖިލިހުގެ ނިންމުމެއް ނުވަތަ ކޮށްފައިވާ ކަމަކާ މެދު ފައިސަލާކުރުމުގެ ފުރުސަތު ކޯޓުތަކަށް ލިބިފައިނުވާ ކަމަށް އެ ރައުޔުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް މީގެ އިސްތިސްނާ ހާލަތަކީ ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވ. 4 ރައްޔިތުންގެ މަޖިލިހުގެ އިދާރާ ގަޒިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިނ،ް ރައްޔިތުންގެ މަޖިލީހުންވެސް ޤާނޫނުއަސާސީއާ ޚިލާފަށް ޢަމަލުކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ބެލުމުގެ ފުރުސަތު ކޯޓުތަކަށް އޮތް ކަމަށް ވަނީ ބުނެފައެވެ. ހަމައެހެންމެ މުޙައްމަދު ޙަލީމް އަދި އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުالله ގަޒިއްޔާގައި ދުސްތޫރީ މައްސަލައެއްގައި ވަގުތީ އަމުރެއް ނެރެދެވިދާނެ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެ ހާލަތްތަކަކ،ީ އެ މައްސަލައަކީ ދުސްތޫރީ ބަހުސެއް އުފެދޭ މައްސަލައެއް ކަމުގައިވުމާއ،ި ވަގުތީ އަމުރު ނުނެރެފިނަމަ އެ މައްސަލައިގެ ފައިސަލާ ކުރަނިވި ޙުކުމެއް ކުރާއިރު އެ މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަމުގެ މުޢާލާތް ކެނޑުމުގެ ފުރުސަތު އޮތުމާއި އަދި އެ އަމުރެއް ނެރުމަކީ އާންމު މަސްލަހަތު 6 ދެމެހެއްޓުމަށްޓަކައި ކޮންމެހެން ނެރެންޖެހޭ އަމުރެއްތޯ ބެލުން ކަމަށް ވަނީ ބުނެފައެވެ.

ހުށަހެޅިފައިމިވާ މައްސަލައަކީ ދުސްތޫރީ ބަހުސެއް އުފެދޭ މައްސަލައަކަށްވެފައ،ި ސިޔާސީ ސުވާލުގެ މައްޗަށް ބިނާވާ ނިންމުންތަކަކީ އެކަންކަމުގެ މައްޗަށް ކޯޓުތަކުގެ އިޚްތިޞާޞް ނުހިނގާ ކަންކަން ކަމުގައިވާއިރު އެ މާއްދާތަކަށް އަށް ގެނެސްފައިވާ އިސްލާހުތަކުގައިވާ ގޮތުގެ މަތިން ނިންމާ ނިންމުންތަކަށް ފަހުން ފައިސަލާކުރުމުގެ ފުރުސަތު ކޯޓުތަކަށް ނެތް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ގަވާއިދަކުން ވިޔަސް ޤާނޫނުއަސާސީއާ ޚިލާފަށް ޢަމަލުނުކުރެވޭނެ ކަމަށާއި މި މައްސަލައިގައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފިނަމ،ަ މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑުމުގެ އިހުތިމާލު އެބައޮތް ކަމަށް އެ ރައުޔުގައި ބުނެފައިވެއެވެ.

އަދި ޤާނޫނުއަސާސީއަށް 7 އޮގަސްޓް 2008 ގައި ޢަމަލުކުރަން ފެށުނީއްސުރެ ފާއިތުވި 15 އަހަރަށްވުރެ ދިގު މުއްދަތުގައި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ޢަދަދު ކަނޑައެޅީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ރައުޔުގައި އިތުރަށް ބުނެފައި ވަނީ ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް ނުވަތަ ކޯޓުން އެނޫންގޮތަކަށް އަންގަންދެން ފެށުނީއްސުރެ ރައްޔިތުންގެ މަޖިލިހުން ޢަމަލުކުރަމުންދިޔަ ގޮތް ދެމިއޮންނަންޖެހޭ ކަމުގައި ދެކޭކަމަށެވެ. އަދި މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއް ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ވަގުތީ އަމުރަކަށް އެދި ހުށަހަޅާ އެންމެ އާދައިގެ އެހެނިހެން މައްސަލަތަކުގައިވެސް އެ އަމުރަކީ އަވަހަށް ނެރެންޖެހޭ އަމުރެއްކަމަށް މައްސަލަ ބަލާ ފަނޑިޔާރުންނަށް ބުރަވެވޭނަމަ ވަގުތީ އަމުރުގެ ޖަވާބު ހުށަހެޅުން ލާޒިމު ނޫން ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ،އ އަދި ވ އަށް ގެނެސްފައިވާ އިޞްލާޙުތަކަށް މިވަގުތަށް ޢަމަލުނުކުރުމަށް މި މައްސަލަ ބަލާ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލީހަށް ވަނީ އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު