Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

10 މިނިޓް ކުޅެން ކުޑަހެންވޭރު ބޭނުމެއްނުވި، މެޗު ވިކްޓަރީއަށް

އެފްއޭއެމުން ނިންމީ މާދަމާ ފަހު 10 މިނިޓް ކުޅެން

ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2024 | ބުރާސްފަތި 11:50
ވިކްޓަރީއާއި ކުޑަހެންވޭރު މިއަދު ކުޅުނު މެޗުގެ ތެރެއިން

ވިކްޓަރީއާއި ކުޑަހެންވޭރު މިއަދު ކުޅުނު މެޗުގެ ތެރެއިން

ސަޕޯޓަރުން އަރައި ހަމަނުޖެހުން ހިންގައި ހުއްޓުވާލި މެޗުގެ ފަހު 10 މިނިޓް ކުޅެން ކުޑަހެންވޭރުން ބޭނުންނުވުމުން, އެ މެޗުން ވިކްޓަރީ މޮޅުވީ ކަމަށް އެފްއޭއެމުން ނިންމައިފިއެވެ.

މި މެޗު ހުއްޓާލީ 81 ވަނަ މިނިޓްގައެވެ. އޭރު 3-1ން ލީޑްކުރަމުންދިޔައީ ވިކްޓަރީއެވެ.

އެފްއޭއެމުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު މިއަދު މީޑިއާއަށް ހިއްސާކުރެވި މައުލޫމާތުގައި ވިދާޅުވީ، އިއްޔެ އިރުއޮއްސި އަނދިރިވިއިރު ވެސް އަލުން ނުފެށުނު މެޗުގެ ބާކީ ވަގުތުކޮޅު ނުކުޅެ މެޗު ނިންމާލަން ކުޑަހެންވޭރުން އެފްއޭއެމަށް ސިޓީ ފޮނުވާފައި ވާކަމަށެވެ.

މިހެންވެ އެފްއޭއެމުން މާދަމާ އެ މެޗުގެ ފަހު 10 މިނިޓް ކުޅެން ހަމަޖެއްސި ނަމަވެސް އެ ނިންމުން ބަދަލުކުރީ ކަމަށެވެ.

މި ނިންމުމާއެކު ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި ވާދަކުރާނީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ، އަދި އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ވިކްޓަރީއާއި ނިއުރޭޑިއަންޓެވެ. މި މެޗުން މޮޅުވާ ޓީމެއް މި އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅުމަށް ޕްރޮމޯޓްވާނެއެވެ.  

އިއްޔެގެ މެޗު ހުއްޓާލީ ވިކްޓަރީގެ ބިދޭސީ ކުޅުންތެރިއަކާއި ކުޑަހެންވޭރުގެ ކުޅުންތެރިއެއްގެ މެދުގައި ހިނގި ދެ ބަސްވުމަކާއެކު ސަޕޯޓަރުން ދަނޑަށް އަރައިގަތުމުންނެވެ. ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދާއި ފޯވަޑް އެނަޓޯލީއަށް އަނިޔާވި މި ހަމަނުޖެހުމަށްފަހު މެޗު އަލުން ނުފެށުނީ އެނަޓޯލީއަށް ރަތްކާޑު ދައްކަންޖެހޭ ކަމަށް ކުޑަހެންވޭރުން ބުނަމުންދިއުމާއެކު އުފެދުނު ދެބަސްވުމެއް ހައްލު ނުކުރެވިގެންނެވެ.

ވިކްޓަރީ ނިއު މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާއިރު ދެން ފައިނަލަށް ދާނީ މިއަދު ލެގޫންސް ނުވަތަ ޓެންޓް ސްޕޯޓްސް ކުޅޭ މެޗުން މޮޅުވާ ޓީމެއް، މަސްއޮޑިއާ ބައްދަލުކޮށްގެން މޮޅުވާ ޓީމެކެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު