Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް ކޮންގްރެސް

އެފްއޭއެމް ކޮންގްރެސްގެ ކޯރަމް ހަމަނުވި، މެދުކަނޑާލައިފި

ކޯރަމް އަކީ 13، ހާޒިރުވީ 9

ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2024 | ބުރާސްފަތި 04:56
އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގެރެސްގެ ތެރެއިން

އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގެރެސްގެ ތެރެއިން

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކޯރަމް ހަމަނުވެގެން މެދު ކަނޑާލައިފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ނުވައެއް ޖެހިއިރު ފަށަން އޮތް ކޮންގްރެސް އަށް ހާޒިރުވީ 9 މީހުންނެވެ. ރަޖިސްޓްރަކީ ކުރީ 14 މީހުންނެވެ. ކޯރަމް އަކީ 13 އެވެ.

މިހެންވެ ކޮންގްރެސް 9:45ގައި ފަށަން ވަނީ މެދުކަނޑާލައިފަ އެވެ.

އެފްއޭއެމް ކޮންގްރެސް އަށް ކޯރަމް ހަމަނުވީ މި ކޮންގްރެސް ބާއްވަން ނިންމީ އޮންލައިންކޮށް ކަމަށް ކަނޑައަޅައި ފަހު ވަގުތު އެންމެން ހާޒިރުވެގެން ބާއްވަން ނިންމާފައިވަނިކޮށެވެ. އޮންލައިންކޮށް ބާއްވަން އުޅުމުން ބައެއް ކުލަބުތަކުން ވަނީ ރަޖިސްޓްރީ ހުށަނާޅައިފަ އެވެ. ނަމަވެސް މިއަދުގެ ކޮންގްރެސްގައި އެކުލަބުތަކަށް އަލުން ރަޖިސްޓަރީވާން ހުށަހެޅުމުން ކޮންގަރެސްގައި ބައިވެރިވި ހުރިހާ ކުލަބަކުން ވަނީ އެ ފުރުސަތު ނުދޭން ވޯޓުދީފަ އެވެ.

އޮބްޒާވަރުންގެ ގޮތުގައި ފީފާ އާއި އޭއެފްސީން ވެސް ބައިވެރިވާ މި ކޮންގްރެސްގެ ގަވާއިދާ ހިލާފު ކަމަށް 10 ކުލަބަކުން ބުނެ އެވެ. އެއީ ނަމަވެސް އެފްއޭއެމުގެ އަސާސީ ގަވާއިދުގައިވަނީ ކޮންގްރެސް ބާއްވާ ތަނާއި ވަގުތު ހަތް ދުވަސް ކުރިން އަންގަންޖެހޭ ކަމަށް ބުނެފައިވާއިރު އެކަން ކޮށްފައިނުވާތީ އެވެ.

މިއަދު ހެނދުނު ބާއްވާ ކޮންގްރެސްގެ ކޯރަމް ހަމަނުވެއްޖެނަމަ ދެން ކޮންގްރެސް ބާއްވަން ޖެހޭނީ 24ގަޑިއިރުގެ ތެރޭގައި ކަމަށް ގަވާއިދުގައިބުނެ އެވެ. އެކޮންގްރެސް އަށް ކޯރަމެއް ބޭނުމެއްނުވާނެ އެވެ. މިހެންވެ ކުލަބުތަކުން ދަނީ ފަހުން ކޮންގްރެސްއެއް ބާއްވާނަމަ އަދި މިއަދު އެންމެން ހާޒިރުވެގެން ބާއްވާ ކޮންގްރެސް އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމަށް ގޮވާލަމުންނެވެ.

މީގެ އިތުރުން ކްލަބް ވެލެންސިއާ އަށް ދައުވަތު ނުދޭ ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ. ނަމަވެސް އެފްއޭއެމުގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވަނީ ވެލެންސިއާ އަށް ދައުވަތު ދިންކަމަށް ބުނެފަ އެވެ.

މި އިންތިހާބާ ގުޅިގެން ވެލެންސިއާ ދެބައިވެ، އިންތިހާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންނަށް ވެސް ވަނީ ސިޓީ ދީފަ އެވެ. ޓޮމްގެ ކެނޑިޑެސީ ބާތިލްވީ ވެސް ވެލެންސިއާގެ ސިޓީ ބަލައިނުގަންނަން ބާތިލްވި އިންތިހާބާ ކޮމިޓީން ނިންމުމުންނެވެ.

އެފްއޭއެމް ކޮންގްރެސް މި ބާއްވަނީ އެ އިދާރާގައި ސައްހަ އިންތިހާބީ ކޮމިޓީއަކާއި އެޕީލްސް ކޮމިޓީއެއް ނެތުމުން ފީފާއިން އެކަން ކުރަން އެންގުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި

އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި

08 މާރިޗު 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު