Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިކްޓްރީ ސްޕޯޓްސް ކުލަބު

ދަނޑުގައި ތަޅައި ގަތުން، ސޮބާ އަށް ހިތްދަތި އިޙުސާސެއް!

8 ފެބުރުއަރީ 2024 | ބުރާސްފަތި 01:53

ހަމަ ނުޖެހުންތަކުގެ ތެރޭގައި ކުޅުންތެރިން ހުއްޓުވަން ސޮބާ މަސައްކަތް ކުރިއިރު، ސަޕޯޓަރަކު ވަނީ ސޮބާގެ މޫނު މަތީގައި އަތުން ޖަހައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2024 | ބުރާސްފަތި 01:53
މެޗުގައި ހިނގި ހަމަނުޖެހުން ހުއްޓުވުމަށް ސޮބާ މަސައްކަތް ކުރަނީ

މެޗުގައި ހިނގި ހަމަނުޖެހުން ހުއްޓުވުމަށް ސޮބާ މަސައްކަތް ކުރަނީ

ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޑަހެންވޭރު ޔުނައިޓެޑު އާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގައި ހަމަނުޖެހުން ހިނގައި، ތަޅާ ފޮޅައިގެންފައިވާއިރު، އެއީ ކުރެވުނު ހިތްދަތި އިޙުސާސެއް ކަމަށް ވިކްޓްރީގެ ކޯޗު ސޮބާހު މުޙައްމަދު (ސޮބާ) ބުނެފި އެވެ.

ސޮބާ މިހެން ބުނީ މެޗުގައި ހަމަނުޖެހުން ހިނގައިގެން އުޅޭ މަންޒަރު ފެންނަ ބައެއް ފޮޓޯތަކަކާއެކު، އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ސޮބާ ބުނީ، ކޯޗެއްގެ ޙައިޞިއްޔަތުން އޭނާގެ ކުޅުންތެރިންނަށް ހިމާޔަތާއި، ރައްކާތެރިކަން ދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ. އަދި ހަމައެހެންމެ، ފުޓުބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ހޭދަ ކުރި ދުވަސްތަކާއި، ކޯޗެއްގެ ގޮތުގައި ހޭދަކުރަމުންދާ ދުވަސްތަކުގައި، މީގެ ކުރިން މިފަދަ ކަމެއް ތަޖުރިބާ ކޮށްފައި ނެތް ކަމަށް ވެސް އޭނާ ބުންޏެވެ. މެޗުގައި ހިނގައި ދިޔަ ކަންތައްތަކުގެ ސަބަބުން، އޭނާ ވަރަށް ދެރަވެއްޖެ ކަމުގައި ވެސް ސޮބާ ވަނީ ބުނެފަ އެވެ.

މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ސަޕޯޓަރުންތަކެއް ވަނީ ދަނޑަށް އަރައިފަ އެވެ. އެއާއެކު މެޗު އިތުރަށް ހޫނުވެގެން ދިޔަ އެވެ. އެ ހަމަ ނުޖެހުންތަކުގެ ތެރޭގައި ކުޅުންތެރިން ހުއްޓުވަން ސޮބާ މަސައްކަތް ކުރިއިރު، ސަޕޯޓަރަކު ވަނީ ސޮބާގެ މޫނު މަތީގައި އަތުން ޖަހައިފަ އެވެ. އެކަމުގެ ސަބަބުން ސޮބާގެ އަނގަމަތި ފަޅައިގެން ވެސް ދިޔަ އެވެ. މެޗުގައި ހިނގައި ދިޔަ ހަމަނުޖެހުންތައް މައިތިރި ކުރަން، ދަނޑުގައި ތިބި ފުލުހުން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ.

އެކަންތައްތަކުގެ ސަބަބުން މެޗު ވަނީ މެދު ކަނޑާލައިފަ އެވެ. މެޗު އިތުރަށް ކުރިއަށް ގެންގޮސްފައި ނުވާއިރު، މެޗު އޮފިޝަލުން ނިންމީ މެޗުގެ ބާކީ 10 މިނެޓާ މެދު ފަހުން ގޮތެއް ނިންމުމަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލްގެ ޖާގަ ލިބޭނެ އެވެ. ސެމީ ފައިނަލްގައި އެ ޓީމެއް ވާދަކުރަން ޖެހޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ އެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޕްރެކްޓިކަލް ޓްރެއިނިން ހެދުމަށް ގްރީން ސްޓްރީޓުގެ ކޯޗު ސޮބާ ބަސާ އަށް

12 މާރިޗު 2017
ޕްރެކްޓިކަލް ޓްރެއިނިން ހެދުމަށް ގްރީން ސްޓްރީޓުގެ ކޯޗު ސޮބާ ބަސާ އަށް
10 މާރިޗު 2017

ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

10 މާރިޗު 2017
ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ
09 މާރިޗު 2017

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

09 މާރިޗު 2017
މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ
08 މާރިޗު 2017

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް
05 މާރިޗު 2017

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް