Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެ ވަނަ ޑިވިޝަން

ސަޕޯޓަރުން އަރައި ތަޅައިގަނެ ވިކްޓަރީ – ކުޑަހެންވޭރު މެޗު ހުއްޓާލަން ޖެހިއްޖެ

އިރުއޮއްސި 18:30ވީއިރު ވެސް މެޗުގެ ކުޅުން ކުރިއަށް ގެންދެވޭގޮތް ނުވި

ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2024 | ބުދަ 14:03
ވިކްޓަރީ އާއި ކުޑަހެންވޭރު މިއަދު ކުޅުނު މެޗުގެ ތެރެއިން

ވިކްޓަރީ އާއި ކުޑަހެންވޭރު މިއަދު ކުޅުނު މެޗުގެ ތެރެއިން

ސަޕޯޓަރުން ދަނޑަށް އަރައި ތަޅައިގަނެ، އިރުއޮއްސި އަނދިރިވިއިރު ވެސް މެޗު ކުރިއަށް ނުގެންދެވުމުން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވިކްޓަރީ އާއި ކުޑަހެންވޭރު ކުޅުނު ކުއާޓާ ފައިނަލް މެޗު ހުއްޓާލައިފި އެވެ.

މެޗު ހުއްޓާލިއިރު މެޗުގެ ނަތީޖާ އަކީ 3-1އިން ވިކްޓަރީ ކުރީގައި އޮތުމެވެ. މެޗު ހުއްޓާލީ ދެ ޓީމުގެ މެނޭޖަރުންނާއި މެޗު ކަމިނަރަރުންނާއި ރެފްރީން ވާހަކަ ދެއްކުމަށްފަހު ފަހުން މެޗާމެދު ގޮތެއް ނިންމުމަށެވެ. މި މެޗަކީ މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި މައްސަލަ ޖެހިގެން ހުއްޓާލަން ޖެހުނު ފުރަތަމަ މެޗެވެ. ނަމަވެސް މެޗާ ބެހޭ ގޮތުން އެފްއޭއެމުން ވަކި އެއްޗެއް ނުބުނެ އެވެ.

މެޗު ހުއްޓާލަން ޖެހުނީ 81 ވަނަ މިނިޓްގައި ވިކްޓަރީގެ އެނަޓޯލީ އާއި ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިފްއަތު 81 ވަނަ މިނިޓްގައި ބޯޅަ ހޯދަން އުޅެނިކޮށް ދިމާވި ހާދިސާއަކާހެދި އެވެ. ކުޑަހެންވޭރުން ބުނަނީ އެނަޓޯލީ ހާޒިމަށް ހަމަލާދިނީ ބޯޅަނެތީސް ގަސްތުގައި ކަމަށެވެ. ވިކްޓަރީ ބުނަމުންއައީ އެނަޓޯލީ އަށް މުޅި މެޗުގައި ވެސް ދިޔައީ އަނިޔާކުރަމުން ކަމަށެވެ. މި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހުން ވެސް ދަނޑަށް އެރި އެވެ.

މިއާއެކު ސަޕޯޓަރުން ދަނޑަށް އަރައި ތަޅައި ގަތުމުން ވިކްޓަރީގެ އެނަޓޯލީ އާއި ކޯޗު ސޮބާހް މުހައްމަދަށް ވެސް އަނިޔާވެ ފަރުވާދޭން ޖެހުނެވެ.

މި ހާދިސާއާ ގުޅިގެން މެޗު ކުރިއަށް ނުގެންދެވި ގާތްގަނޑަކަށް އިރުއޮއްސި 18:30ވީއިރު ވެސް ކުޅުންތެރިން ތިބީ ދަނޑުމަތީގަ އެވެ. އެއިރު ގަލޮޅު ދަނޑު އޮތީ މުޅިން އަދިރިވެފަ އެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅެން ހަމަޖައްސާފައި އޮތީ ހަވީރު އެވެ. އެއީ ގަލޮޅު ދަނޑުގެ ބޮކިދަނޑިތައް ހަލާކުވެ، ދިއްލޭގޮތް ނުވެފައިވާތީ އެވެ.

މި މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ވާދަކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ އެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

22 މާރިޗު 2017
ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް
21 މާރިޗު 2017

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017
ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު