Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިކްޓްރީ އާއި ނިއުގެ މެޗު

މާލޭ ލީގު: ވިކްޓަރީގެ މައްޗަށް ނިއު ކުރި ހޯދައިފި

މާލޭ ލީގުގައި ވިކްޓްރީ ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފަ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 4 މާރިޗު 2017 | ހޮނިހިރު 08:06
ވިކްޓްރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ

ވިކްޓްރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ

މާލޭ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މައްޗަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުރި ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ވިކްޓްރީއާ ވާދަކޮށް ނިއު އިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ނިއު އިންނެވެ. އެގޮތުން އެޓީމުން ވަނީ ވިކްޓްރީގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފްގައި މެޗުގެ ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނިއުge ބިދޭސީ ކުޅުންތެރިޔާ ގަލާޑޯ އަށެވެ. އެގޮތުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މީގެ އިތުރުން ވިކްޓްރީ އަށް ވެސް ވަނީ ފުރަތަމަ ހާފްގައި ލީޑު ނަގަން ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ރިލްވާން ވަހީދު ފޮނުވާލި ހިލޭ ޖެހުން ހިމެނެއެވެ. އެހެންނަމަވެސް ރިލްވާން ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ގޯލު ދަނޑިއަށެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ނިއު އިންނެވެ. މި ލަނޑު ފުރަތަމަ ހާފް ނިމެނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ އަކްރަމް އަބްދުލްޣަނީ އެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ވިކްޓްރީގެ މައްޗަށް ނިއު ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފެށިގެން ނިއު އިން އެޓީމުގެ ކުޅުން ރަނގަޅުކުރި އެވެ. އެގޮތުން އެޓީމުން ދިޔައީ ވިކްޓްރީގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ. ނިއު އިން މެޗުގެ ލީޑު ފުޅާކުރީ 68 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ގަލާޑޯ ކާމިޔާބުކޮށްދިން ލަނޑުންވެ.

ނިއުގެ މި ލަނޑާއެކު ވިކްޓްރީން ވަނީ ކުރިޔަށް ޖެހި އެޓީމުގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އެގޮތުން އިސްމާއިލް އީސާ (މެސީ) ގެ އެހީތެރިކަމާއެކު ވިކްޓްރީގެ ސްޓްރައިކަރު އެންދްރޭ ވަނީ އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ.

ވިކްޓްރީން ރަނގަޅަށް ކުޅެމުންދަނިކޮށް އަނެއްކާވެސް ނިއު އަށް މެޗުގެ ލީޑު ފުޅާކޮށްދިނީ ގަލާޑޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އަލީ ފާސިރު (ސެންޓޭ) ގެ އެހީތެރިކަމާ އެކުގައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ މި މެޗުގައި ދެ ލަނޑު ޖެހި ގަލާޑޯ އެވެ.

މާލޭ ލީގުގައި ވިކްޓްރީ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ. އެގޮތުން އެޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވީ ގްރީން ސްޓްރީޓާ ވާދަކޮށް 0-1 ގެ ނަތީޖާއިންނެވެ. ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އަދި ޔުނައިޓެޑް ވިކްޓްރީ އެވެ.

ދިވެހި ފުޓުބޯޅައިގަ މީގެ ކުރިން ރަސްކަން ކުރި މި ދެ ޓީމުގެ މެޗު ޕްރޮމޯޓްކޮށް ސަޕޯޓަރުން ވެއްދުމަށް ސޯޝަލް މީޑިއާގައި ވަރުގަފަ ކެމްޕެއިނެއް ހިންގާފައި ވެއެވެ. "ދި ކްލެސިކޯ" ގެ ނަން ދީގެން ޕްރޮމޯޓްކުރި މި މެޗު ބެލުމަށް ގިނަ ބަޔަކު ދަނޑަށް ވަދެފައި ވެއެވެ. ފާއިތުވި އަހަރުތަކުގައި ފުޓުބޯޅަ މެޗުތައް ބެލުމަށް ވަންނަ ސަޕޯޓަރުންގެ އަދަދު މަދުވުމާ ގުޅިގެން އެފްއޭއެމް އާއި ކްލަބުތަކުން ވެސް ވަނީ އާ ހިތްވަރަކާ އެކު ސަޕޯޓަރުންގެ ހިތް އަތުލުމަށް މަސައްކަތްތަކެއް ފަށާފައެވެ. އޭގެ ނަތީޖާ މަޑުމަޑުން އަންނަނީ ފެންނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު