Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމޫސުމީ ނޭދެވޭ ބަދަލުތައް

ބޮމާއި ބަޑީގެ ބަދަލުގައި، ޤައުމުގެ ދިފާޢަށް ޢިރާޤުން މިފަހަރު ހިއްލާލީ ކަނޑުލާއި ރަނޑޫ!

ތެލުގެ މުއްސަނދިކަން ލިބިފައި އޮތް ބަޞްރާގެ ދެކުނުގައި އޮންނަ، ގްރޭންޑް ފޯވ ޕޯރޓްގައި އެފަދަ 7000 ގަސް އިންދުމަށް ޢިރާޤުގައި މިހާރު ދަނީ ޚާއްޞަ މަޝްރޫޢެއް ހިންގަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2024 | ބުދަ 08:12
ކުޅިތަކާއި ކަނޑުފާތަކުގައި ހެދޭ ފަދަ ގަސްތަކަކީ، އައްސޭރިފަށުގެ ގޮނޑުދޮށްތައް ގިރައިގެން ދިއުމުގެ މައްސަލައަށްވެސް އޮތް ޙައްލެއް

ކުޅިތަކާއި ކަނޑުފާތަކުގައި ހެދޭ ފަދަ ގަސްތަކަކީ، އައްސޭރިފަށުގެ ގޮނޑުދޮށްތައް ގިރައިގެން ދިއުމުގެ މައްސަލައަށްވެސް އޮތް ޙައްލެއް

ތިމާވެއްޓަށް ކުރިމަތިވެފައި ވާ ގިނަގުނަ މައްސަލަތަކުގެ ތެރެއިން، މޫސުމީ ނޭދެވޭ ބަދަލުތަކާއި ރަށްގިރުމުގެ މައްސަލައަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ޢާބާދަކަށް ކުރިމަތިލާން ޖެހިފައިވާ މައްސަލަތަކެކެވެ. މީގެ ކުރިން، އަހަރެމެން ހީވެސް ނުކުރާ ފަދަ ޤައުމުތަކަށް މި މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކާއި ރަށްގިރުމުގެ މައްސަލައާ އޭގެ އެންމެ އިންތިހާއަށް ކުރިމަތިލާން ޖެހި، އެކަމާ ދެކޮޅަށް ބިނާކުރަނިވި ފިޔަވަޅުތަކެއް އަޅަމުންދާ އެއް ޤައުމަކީ ޢިރާޤެވެ. ތިމާވެށީގެ މައްސަލަތަކުގެ ވާހަކަ ދައްކާއިރު، ޢިރާޤުގެ ނަން ފާހަގަ ކުރަން ޖެހިދާނެ ކަމަށް މީގެ ކުރިން ހީވެފައި ނެތެއް ކަމަކު، ޢިރާޤަށްވެސް އިސްތިސްނާއެއް ނެތެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރާ ގެއްލުމުގެ އަސަރު ކުޑަކޮށް، ރަށްގިރުމުގެ މައްސަލައަށް ޙައްލު ހޯދުމަށް ޢިރާޤުން ދަތުރުފެށީ އިންޤިލާބީ ރާސްތާއަކުންނެވެ. ޢަމާޒު ހިފީ، ކުޅިތަކާއި ކަނޑުފާތަކުގައި ހެދޭ ފަދަ ގަސްތައް އިންދައިގެން ވެށި ސަލާމަތް ކުރުމަށެވެ. ތެލުގެ މުއްސަނދިކަން ލިބިފައި އޮތް ބަޞްރާގެ ދެކުނުގައި އޮންނަ، ގްރޭންޑް ފޯވ ޕޯރޓްގައި އެފަދަ 7000 ގަސް އިންދުމަށް ޢިރާޤުގައި މިހާރު ދަނީ ޚާއްޞަ މަޝްރޫޢެއް ހިންގަމުންނެވެ. ވެލިގަނޑު ގިރައިގެން ދިއުން ކޮންޓްރޯލް ވުމުގެ އިތުރަށް، ހިޖުރަމަތީ ދޫނިތަކާއި، ކަނޑުފަޅުގެ ދިރުންތަކުގެ ވެށިވެސް ހިމާޔަތް ކުރެވޭނެތީއެވެ.

ކުޅިތަކާއި ކަނޑުފާތަކުގައި ހެދޭ ފަދަ ގަސްތައް އިންދުމުގެ ސަބަބުން، އާދަޔާ ޚިލާފަށް ހޫނުގަދަ ވުމުގެ މައްސަލަވެސް ހިސާބަކަށް ކޮންޓްރޯލް ކުރެވެއެވެ. ވަކިން ޚާއްޞަކޮށް ހޫނު މޫސުމުގެ ދުވަސްވަރު، އާދަޔާ ޚިލާފަށް ހޫނުގަދަވެ، ހަނަފަސްކަން ކުރިމަތިވުމުގެ މައްސަލަ ކޮންޓްރޯލް ކުރަން އެހީވެދެއެވެ. ހަމަ އެއާއެކު، ޤުދުރަތީ ދިރުންތައް ޢާލާ ވެވޭ ފަދަ މާޙައުލެއް އުފެދެއެވެ.

ޢިރާޤުގައި ކުޅިތަކާއި ކަނޑޫފާތައް ތިޔާގި ކުރުމުގެ މަޝްރޫޢުގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޢައްބާސް ޤާސިމްއެވެ. ކުޅިތަކާއި ކަނޑުފާތަކުގައި ހެދޭ ފަދަ ގަސްތަކަކީ، ޢާންމު ގަސްގަހާގެއްސާ އަޅާ ބަލާއިރު، 2 ގުނަ އިތުރަށް އޮކްސިޖަން ބޭރު ކޮށްދޭ ގަސްތަކެއްކަން، ޢައްބާސް ފާހަގަކުރިއެވެ.

ކުޅިތަކާއި ކަނޑުފާތަކުގައި ހެދޭ ފަދަ ގަސްތަކަކީ، އައްސޭރިފަށުގެ ގޮނޑުދޮށްތައް ގިރައިގެން ދިއުމުގެ މައްސަލައަށްވެސް އޮތް ޙައްލެކެވެ. ބޮޑަވަކި، ބޮޑުކަނޑޫ، ބުރެވި، ކުއްޅަވަށް އަދި ރަނޑޫ ފަދަ ގަސްތަކަކީ ލޮނުކަން ގަދަ ފެންގަނޑުތަކުގައިވެސް ހެދޭ ގަސްގަހެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރާ ގެއްލުމުގެ އަސަރު ކުޑަކޮށް، ރަށްގިރުމުގެ މައްސަލައަށް ޙައްލު ހޯދުމަށް ޢިރާޤުން ބަޞްރާގެ ދެކުނުގައި ކުރިއަށް ގެންދާ މަޝްރޫޢު އިތުރަށް ފުޅާ ކުރުމަށްވެސް މިހާރު ވަނީ ރާވާފައެވެ. މަޝްރޫޢުގެ 2 ވަނަ ފޭސް ކުރިއަށް ގެންދާނީ، ޝައްތުގެ ޢަރަބި އައްސޭރީގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2023

ސްޓްރޯކް ޕޭޝަންޓުންނަށް ފިޒިއޯތެރަޕިސްޓުންގެ ބަދަލުގައި ހެޑްސެޓެއް؟

07 އޮކްޓޯބަރު 2023
ސްޓްރޯކް ޕޭޝަންޓުންނަށް ފިޒިއޯތެރަޕިސްޓުންގެ ބަދަލުގައި ހެޑްސެޓެއް؟
11 އެޕްރީލު 2023

މިއުޒިކްގެ ބަދަލުގައި ޤުރުއާން އަޑުއަހާ މިންވަރު އިތުރު ކުރުމުގެ ފަހަތުގައި ހިތްގައިމު އަޑުގެ ވެރި އިމާމުން!

11 އެޕްރީލު 2023
މިއުޒިކްގެ ބަދަލުގައި ޤުރުއާން އަޑުއަހާ މިންވަރު އިތުރު ކުރުމުގެ ފަހަތުގައި ހިތްގައިމު އަޑުގެ ވެރި އިމާމުން!
25 ޖުލައި 2022

ބަޑީގެ އަޑުފަށްގަނޑު އިވެމުން ދިޔަ ސޫރިޔާއިން މިއުޒިކް

25 ޖުލައި 2022
ބަޑީގެ އަޑުފަށްގަނޑު އިވެމުން ދިޔަ ސޫރިޔާއިން މިއުޒިކް
09 ސެޕްޓެމްބަރު 2020

އިންޑިއާގައި ޕަބްޖީގެ ބަދަލުގައި ފައުޖީ!

09 ސެޕްޓެމްބަރު 2020
އިންޑިއާގައި ޕަބްޖީގެ ބަދަލުގައި ފައުޖީ!
12 މާރިޗު 2019

ހީނާގެ ބަދަލުގައި ކޮމޯލިކާގެ ރޯލު ކުޅޭނީ އާލީޝާތަ؟

12 މާރިޗު 2019
ހީނާގެ ބަދަލުގައި ކޮމޯލިކާގެ ރޯލު ކުޅޭނީ އާލީޝާތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު