Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީގެ ތަހުގީގު

އެއްވެސް މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ ކަންކަން ކުރިއަށްގެންދަން މިނިސްޓްރީގައި ދަންނަވާފައިވާނެ: އޭސީސީ

7 ފެބުރުއަރީ 2024 | ބުދަ 07:46

ޝަރުތުހަމަވެ، އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވަނީ 20.7 އިންސައްތަ ފޯމުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ފެބުރުއަރީ 2024 | ބުދަ 07:46
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓު ހަވާލު ކުރުމުގެ ކަންކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދަން ހައުސިންގ މިނިސްޓްރީގައި ދަންނަވާފައިވާނެކަމަށް އެންޓި ކޮޕަރްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން އެހެން ބުނީ، ބުދަ ދުވަހު އޮތް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

އޭސީސީން ފުރަތަމަ ވަނީ މި ކޮމިޓީ ސިއްރު ކޮށްދިނުމަށް އެދިފައެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، މިއީ މިހާރުވެސް ތަހުގީގު ހިނގަމުންދާ މައްސަލައަކަށްވާތީ ކަމަށެވެ.

ނަމަވެސް ކޮމިޓީން ނިންމީ ތަހުގީގަށް ހުރަސްއެޅޭ ޒާތުގެ ސުވާލުތައް ފިޔަވައި އެހެން ސުވާލުތައް ކުރައްވައި އާންމުކޮށްގެން ކޮމިޓީ ކުރިއަށް ގެންދިއުމަށެެވެ.

މި ބައްދަލުވުމުގައި އޭސީސީން ވަނީ ތަހުގީގު މިހާރު ގޮސްފައި އޮތް ހިސާބާ ގުޅޭ ޕްރެޒެންޓޭޝަނެއް ކޮމިޓީގައި ހިއްސާކޮށްފައެވެ. އެއީ އޭސީސީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހިއްސާކުރި މައުލޫމާތުތަކެވެ.

ކޮމިޓީ ބައްދަލުވުމުގައި ބައެއް މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިޔާ ފްލެޓުތަކާއި މިހާރު ދޫކޮށްފައިވާ 4000 ފްލެޓާ ގުޅިގެން އޭސީސީން ތަފާތުކުރުން ގެންގުޅެނީ ކީއްވެތޯ ކުރި ސުވާލު ހިމެނެއެެވެ.

އަދި އޭސީސީގެ ދައުރަކީ ކަރަޕްޝަނެއް އޮތްތޯ ނުވަތަ ނެތްތޯ ބަލައި، ޝަރުޠު ހަމަނުވާ މީހަކަށް ދިނުމުގައި ހިނގާދިޔަ ޢަމަލު ބަލައި، އެފަދަ ކަމެއް އޮތްނަމަ އެކަން ކުރި ބައެއްގެ މައްޗަށް ތަހްޤީޤު ހިންގުންކަމަށްވާއިރު، އެކަން ކުރުމެއް ނެތި ފްލެޓް ލިބުނު ފަރާތްތަކަށް ހުރަސް އަޅާކަމަށް ވިދާޅުވެ ވެސް ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން އޭސީސީގެ ރައީސް ޝާމިލް ވިދާޅުވީ، އޭސީސީން ބަލާފައިވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައި ހުރި އަސާސަށް ކަމަށާއި ނަމަވެސް އުސޫލުގައި ނުހިމެނި ހުރި ކަންކަން ވެސް ހުރި ކަމަށެވެ.

ހިޔާ ފްލެޓު މަޝްރޫއާއި މި މަޝްރޫއު ތަފާތު ކުރާކަމަށް މެންބަރުން ވިދާޅުވި ވާހަކައަށް ރައްދުދެމުން އޭސީސީން ބުނީ، ހިޔާ ފްލެޓު މަޝްރޫއަކީ އެކި ކެޓެގަރީތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށާއި، އޭގެ ތެރެއިން ބައެއް ކެޓެގަރީގައި ވަކި މުއްދަތެއް ވަންދެން މާލޭގައި އުޅެފައިވުން ޝަރުތުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ރަށްރަށުގައި އުޅެމުންދާ މީހުންނަށް ވެސް ފްލެޓު ލިބިފައި ހުރުން އެކަށީގެންވާކަމަށް އޭސީސީން ފާހަގަ ކުރިއެވެ.

ޝާމިލް ވިދާޅުވީ، މި މައްސަަލަ ބެލިއިރު ވެސް އޭސީސީގެ މެންޑޭޓު ތަންފީޒު ކުރުމަށްޓަކައި ވިސްނުން ބަހައްޓާފައިވާނެ ކަމަށާއި، ވީހާވެސް ނަޒާހަތްތެރިކަން ކަށަވަރު ކުރެވޭނެ ގޮތަކަށް މަސައްކަތްތައް ގެންދަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ބަލާއިރު، ފޯމުތައް އޭސީސީން އިވެލުއޭޓުކުރީ ތަހުގީގުގެ ބޭނުމަށް ކަމަށާއި، ފޯމުތަކާމެދު ދެން މިނިސްޓްރީން އަމަލު ކުރާ ގޮތެއް ބެލުމަކީ އޭސީސީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫންކަމަށް ޝާމިލް ވިދާޅުވިއެވެ.

އަދި އެއްވެސް މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ ކަންކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދަން މިނިސްޓްރީގައި ދަންނަވާފައިވާނެކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ. އޭސީސީން ބުނީ، ތަހުގީގުގައި ޝަރުތުހަމަވެ، އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވަނީ 20.7 އިންސައްތަ ފޯމުގައި ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް