Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖޭގެ ކަނޑު ސާވޭ ކުރުން

ރާއްޖޭގެ ކަނޑުގެއަޑި ސަރވޭކުރުމުގެ މަސައްކަތް ކުރުމުގެ ގާބިލްކަން ދިވެހި އަސްކަރިއްޔާއަށް ހޯދައިދިނުމުގެ މަސައްކަތް ފަށައިފި

ކަނޑާއި، ކަނޑުގެ އަޑިޔާއި، ވަޔާއި، އެއްގަމާ ހިމެނޭގޮތަށް ރާއްޖޭގެ ހުރިހާ ތަނެއް ހިމެނޭހެން ބަލަހައްޓާނީ ދިވެހިން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2024 | ބުދަ 04:47
ކޯސްޓްގާޑުން ކަނޑުމަތީގައި ހަރަކާތްތެރިވަނީ -ފައިލް ފޮޓޯ

ކޯސްޓްގާޑުން ކަނޑުމަތީގައި ހަރަކާތްތެރިވަނީ -ފައިލް ފޮޓޯ

ރާއްޖޭގެ ކަނޑުގެއަޑި ސަރވޭކުރުމުގެ މަސައްކަތް ކުރުމުގެ ގާބިލްކަން ދިވެހި އަސްކަރިއްޔާއަށް ހޯދައިދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑާއި، ކަނޑުގެ އަޑިޔާއި، ވަޔާއި، އެއްގަމާ ހިމެނޭގޮތަށް ރާއްޖޭގެ ހުރިހާ ތަނެއް ހިމެނޭހެން ބަލަހައްޓާނީ ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލައަށް ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ބޮޑު ޚާއްސަ އިގްތިސާދީ ސަރަހައްދުވެސް އަމިއްލަ ގާބިލުކަމާއެކު ބެލެހެއްޓޭނެގޮތް ދާދި އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.

އެގޮތުން އެކަމަށް ކުރަންހުރި ހުރިހާ ކަމެއް ފަށައި ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށާއި، ލަސްތަކެއްނުވެ އެކަމުގެ އަމަލީ މަސައްކަތްތައް ކުރާތަން ފެންނަން ފަށާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތްވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން، އެކަމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަންކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަދި އިރާދަފުޅާއެކު އެކަން ހާސިލުކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެއަޑި ސަރވޭކުރުމުގެ މަސައްކަތްވެސް ކުރާނީ ރާއްޖޭގައި އެކަމުގެ ގާބިލުކަން އުފައްދައިގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުއަޑި ސްކޭންކޮށް މެޕްކޮށް އެހެންބަޔަކު ގެންދިއުމަކީ ދިވެހިން ބޭނުންވާ ގޮތް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ދިވެހި އަސްކަރިއްޔާ އަމިއްލަ ފައިމައްޗަށް ތެދުވެ، އެފަދަ ސްކޭންކުރުމާއި މެޕްކުރުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ހޯދައިދިނުމުގެ މަސައްކަތް ފަށައި، އެކަމަށް ބޭނުންވާ ކަންކަން ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ވެވަޑައިގެންނެވީ އެ ވައުދުތައް އެ ވެވަޑައިގެންނެވިގޮތަށް އަކުރުން އަކުރަށް ފުއްދެވުމަށް ކަމުގައި ބަޔާން ކުރެއްވިއެވެ.

އެގޮތުން ހުރިހާ ބޮޑެތި ރަށެއްގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ވޭމަންޑޫގެ މަގުތައް ހެދުމުގެ ވައުދުވެސް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގެ ބިން އިތުރުކުރުމުގެ މަސައްކަތްވެސް އެންމެ އިސްކަމެއްދޭ ރަށެއްގެ ގޮތުގައި ބައްލަވައިގެން ފުރިހަމަ ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަސައްކަތް މިއަހަރު ފެށޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި، އެރަށުގެ ސްކޫލްގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތާއި ރަށުގެ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ފުޅާކުރުމުގެ މަސައްކަތަކީ ވެސް ކުރަން ނިންމަވާފައިވާ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކޮންމެ ސިޓީއަކާއި އަތޮޅުވެރިކަން ކުރާ ރަށެއްގައި، އިސްލާމްދީނުގައި އީދަށް އެ އޮންނަ އީދުގެ އުފާ ލިބޭގޮތަށް އިންތިޒާމުތައް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން ލައިޓްތައް ޖަހައި ދިއްލުމާއި ތަކްބީރުގެ އަޑުއިވޭގޮތަށް ދާދިފަހުން މާލޭގައި ކަންކަން ކުރިއަށްގެންދިޔަ ގޮތަށް އިންތިޒާމުތައް ކުރައްވާނެކަމަށާއި އަދި ކުރިއަށް އޮތް ފިޠުރު އީދުގައި ވޭމަންޑޫގައި އެކަން އެގޮތަށް ކުރިއަށް ދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު