Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ ބަޔާން

ރިޔާސީ ބަޔާން - ބޮޑެތި މަޝްރޫޢުތަކުގެ ލިސްޓުގައި "ޓަނެލްގެ" ވާހަކަ އެއް ނުހިމެނޭ

5 ފެބުރުއަރީ 2024 | ހޯމަ 14:41

ރާއްޖޭގެ އެތައް ސަރަޙައްދެއް ގުޅުވައިލުމުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ފެބުރުއަރީ 2024 | ހޯމަ 14:41
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ

ރިޔާސީ ބަޔާން އިއްވެވި ދުވަހެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާންކަަމަށް ވުމާއި އެކު އަޅުގަނޑުވެސް ނިކަން ކަނުލާ އެ ވާހަކަތައް އަޑު އަހަން ހުރީމެވެ. ރިޔާސީ ބަޔާނުގެ ރާގައި ވައްޓަފާޅީގެ ވާހަކަ އެހެން ދުވަހަކަށް ބާއްވާނަމެވެ. އެ ރިޔާސީ ބަޔާނުން ކިތަންމެ ކިތަންމެ ކަމެއް ފެނުނެވެ.

މިއަދު ދައްކަން މިއުޅެނީ ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކައަކަށް ވުރެ ބޮޑަށް ނުދައްކާ ވާހަކައެކެވެ. ތަރައްޤީގެ ބޮޑެތި އަމާޒުތަކާއި ކުރައްވާ އުންމީދުތަކުގެ ވާހަކަ އަށް އެމަނިކުފާނުގެ ބަޔާނުން ފުދޭވަރަކަށް ވަގުތު ހުސްކުރެއްވިއެވެ، ޓޫރިޒަމްގެ ދާއިރާގެ އަމާޒުތަކުގެ ތަފްސީލް ދެއްވިއެވެ. އެގޮތުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރާނެ މަސައްކަތްތައް ވިދާޅުވެެދެއްވިއެވެ.

މީގެ އިތުރުން ބައިނަލްއަޤުވާމީ ބޮޑެތި މަހާސިންތާތަކާއި ޙަފްލާތައް ބޭއްވޭ މަންޒިލަކަށް ރާއްޖެ ހަދަން މައިސް ޓޫރިޒަމް ތަޢާރުފްކުރާނެ ވާހަކަ ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖޭގައި ކުރެވިދާނެ ޞިނާޢީ އާ މަސައްކަތްތަކާއި، ކުރެވިދާނެ އައު އިންވެސްޓްމަންޓްތައް ވަރަށް ގިނަ. ކަމަށާއި އެކަމަށް ޝައުގުވެރިވާ މީހުންވެސް ތިބިކަމަށް ވިދާޅުވިއެވެ.

އާދައިގެ މަތިން ރަސްމާލެގެ ވާހަކަ ވެސް ތަކުރާރުކުރެއްވިއެވެ. އެތަން ތަރައްޤީކުރުމުގެ ހުވަފެނުގެ ތަސްވީރު ކުރައްސަވާލައްވާ އެ ވާހަކަ ވެސް ވަރަށް ޝައުގުވެރިކަމާއި އެކު ދެއްކެވިއެވެ. މީގެއިތުރުން، ރާއްޖޭގައި ބުރިޖުތަކާއި ކޯޒްވޭތަކުން ގުޅުވައިލައިގެން އާބާދުކުރެވެން ހުރި މިފަދަ އެތައް ސަރަޙައްދެއް ގުޅުވައިލުމުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބުރިޖަކުން ގުޅުވައިލުން ކަމަށް ވެސް ވިދާޅުވިއެވެ.

އެކަމަކު ކުރިން ވެސް ބުނިހެން މިއަދުގެ ރިޔާސީ ބަޔާނުން ފެންނާނެ ކަަމަށް ހީކުރި އެއް ވާހަކަ އެއް ރައީސްގެ ބަޔާނަކުން ނުފެނުނެވެ. އެ ވާހަކަ އަކީ ރަސްމާލެ އާއި މާލެ އަންޑަވޯޓަރ ޓަނެލްއަކުން ގުޅާލުމުގެ ވާހަކައެވެ. ބޮޑު ޓަނަލް އެއް އަޅާ ވާހަކަ މީގެ ކުރިން ވަރަށް ފުޅާ ޕްރޮޖެކްޓެއްގެ ގޮތުގައި އެ ވާހަކަދެއްކެވިއެވެ. އެހެންކަމުން އެ ވާހަކައިގެ އިތުރު ތަފްސީލަކަށް ހުރިހާ އެންމެންވެސް ތިބީ އުންމީދުކޮށްގެންނެވެ. އެހެނަސް އެ ޓަނަލްގެ ވާހަކަ އެއްގޮތަކަށް ވެސް ނުގެންނެވުމުން ހައިރާންވެއްޖެއެވެ.

އެހެންޏާ ފަހެ އެތައް އިންވެސްޓަރުންނެއް ރާއްޖެއަށް އިންވެސްޓްކުރަން ޝައުގުވެރިވާ ކަަމަށް ވިދާޅުވި އިރު އެންމެ ބޮޑު ޕްރޮޖެކްޓްތަކުގެ ލިސްޓުގައި ޓަނަލްގެ ވާހަކަ ނުގެންނެވުމުން ސުވާލު އުފެދެއެވެ. އެއީ ޖަޒުބާތުގައި ދެއްކެވި ވާހަކައަކީތޯ ނޫނީ މިހާރު އިހަށް އެ ޕްރޮޖެކްޓް މަޑު ޖެހުނީތޯ ވެސް ސުވާލު އުފެދުނެވެ. ރައީސް އެކަމަށް ދެއްވާ އިސްކަމާއި ކުރިން އެ ވާހަކަދެއްކެވި ޝައުގުވެރި ރާގަށް ބަލާ އިރު އެ ވާހަކަ މި ރިޔާސީ ބަޔާނުގައި ނުދައްކަންވީ ސަބަބެއް ނެތެވެ.

ރިޔާސީ ބަޔާނުގައި އެހާ ބޮޑު މަޝްރޫޢުއެއްގެ ވާހަކަ ނުދައްކާ ދޫކޮށްލެއްވި ސަބަބާއި މެދު ސުވާލު އުފެދެއެވެ. އެ ވިދާޅުވާ ޓަނެލް އެޅިދާނެ ކަމާއި މެދު ޙުދު މަނިކުފާނަށް ސުވާލު އުފެދުނީތޯ ނޫނީ އެއީ އެ ދުވަސްވަރު ސިޔާސީ ޖަޒުބާތުގައި ދެއްކެވި ވާހަކައެއްތޯ ސުވާލު އުފެދެއެވެ. އެހެން މި ދަންނަވަން ޖެހެނީ އޭރު އެ ދުވަސްވަރު ދިމާވީ މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރެއްވި އާޒިމާ ޝަކޫރުގެ ކެމްޕެއިން ދުވަސްކޮޅާއި ކަމަށް ވުމެވެ. އެހެންވީމަ އެއީ ކެމްޕެއިނަށް ދެއްކެވި ދަޅައެއްތޯ ސުވާލު އުފެދެއެވެ. އެއީ މާލޭގެ މޭޔަރުކަމުގެ އިންތިޚާބު ބަދަލުކޮށްލަން ދެއްކެވި އަވާމެންދުރެއްތޯއެވެ؟ ނޫނީ އެކަން ކުރެވިދާނެ ކަމާއި މެދު ސުވާލު އުފެދި އެވާހަކަ ނުދެއްކުމުން އާއްމުން އެކަން ހަނދާން ނެތޭނެ ކަމަށް އުންމީދުކުރަނީތޯއެވެ؟

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

28 ޖޫން 2025

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
20 މާރިޗު 2025

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
05 ފެބުރުއަރީ 2025

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް
03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
02 ފެބުރުއަރީ 2025

ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ

02 ފެބުރުއަރީ 2025
ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ
01 ފެބުރުއަރީ 2025

މި ސަރުކާރަށް ވަގުތުދޭ ކަމަށްވާނަމަ ރައްޔިތުން އިތުރަށް ބިކަވާނެ: ކުރީގެ ނައިބު ރައީސް ފައިސަލް

01 ފެބުރުއަރީ 2025
މި ސަރުކާރަށް ވަގުތުދޭ ކަމަށްވާނަމަ ރައްޔިތުން އިތުރަށް ބިކަވާނެ: ކުރީގެ ނައިބު ރައީސް ފައިސަލް
31 ޖެނުއަރީ 2025

ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު
31 ޖެނުއަރީ 2025

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހުއްޓިފައިވާ މަޝްރޫތައް އަލުން ފެށުމަށް: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހުއްޓިފައިވާ މަޝްރޫތައް އަލުން ފެށުމަށް: ރައީސް މުއިއްޒު
30 ޖެނުއަރީ 2025

ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު

30 ޖެނުއަރީ 2025
ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް