Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ޓެލާގެ ދެ ލަނޑުން މޮޅުވެ، ލެވަކޫސަންގެ މޮޅުވުން ކުރިއަށް

މޮޅާއެކު ލެވަކޫސަން އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2024 | އާދީއްތަ 01:36
މެޗުގައި ލަނޑު ޖެހުމަށްފަހު ޓެލާ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޓެލާ އުފާ ފާޅު ކުރަނީ

ޖަރުމަނު ލީގުގައި ޑާމްސްޓަޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާ ލެވަކޫސަން އިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޑާމްސްޓަޑުގެ ދަނޑުގައި ކުޅުނު މެޗު ލެވަކޫސަން އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ ޓީމަކީ ވެސް ލެވަކޫސަން އެވެ. މި ސީޒަންގެ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައި ނުވާއިރު، ލީގުގައި ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ލެވަކޫސަން އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ލެވަކޫސަން އަށް ލީޑު ނަގައިދިނީ ނަތަން ޓެލާ އެވެ. އޭނާ އެ ލަނޑު ޖެހީ އެލެކްސް ގްރިމާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ލެވަކޫސަންގެ ފަހު ލަނޑު ދެ ވަނަ ހާފުގައި ޖެހީ ވެސް ޓެލާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ފްލޯރިއަން ވާޓްޒް އެވެ.

މޮޅާއެކު ލެވަކޫސަން އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. މިހާތަނަށް ކުޅުނު 20 މެޗުން އެ ޓީމަށް ލިބެނީ 52 ޕޮއިންޓެވެ. 20 މެޗުގެ ތެރެއިން 16 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ.

ޖަރުމަން ލީގުބުންޑެސްލީގާބަޔާ ލެވަކޫސަން

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
04 މެއި 2025

ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް

04 މެއި 2025
ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު