Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝައިނީ- މައުމޫން

މާރާމާރީއާއި ހުޅުޖެހުމުގެ ތުހުމަތު "ގަޓު" ޝައިނީ، ރައީސް މައުމޫނަށް ކުރައްވައިފި

1 އޯގަސްޓު 2017 | އަންގާރަ 02:21

ރައީސް މައުމޫން ޓެގްކޮށް ކުރެއްވި ޓްވީޓެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 1 އޯގަސްޓު 2017 | އަންގާރަ 02:21
މިނިސްޓަރު ޝައިނީ، މާލޭގެ އެކި ސަރަހައްދުތަކުގެ ޒުވާނުންނާއެކު

މިނިސްޓަރު ޝައިނީ، މާލޭގެ އެކި ސަރަހައްދުތަކުގެ ޒުވާނުންނާއެކު

މާރާމާރީއާއި ހުޅުޖެހުމުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ތުހުމަތު ކުރައްވައިފި އެވެ.

ހަފްތާއެއްގެ ތެރޭގައި މާލޭގައި ގިނަ އަދަދެއްގެ މާރާމާރީ ހިންގައި، އެތައް ބަޔަކު ޒަހަމްކޮށް، ދެ މީހަކު ވަނީ މަރާލާފައެވެ. ހޯމަ ދުވަހުގެ ރޭ ގަރާޖެއްގެ ތެރޭގައި ހުރި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާއިރު، ބުރާސްފަތި ދުވަުހުގެ އިރާކޮޅު ކެފޭއެއްގެ ތެރޭގައި އިން ޒުވާނަކަށް ތޫނު އެއްޗަކުން ދިން ހަމަލާއަށް ފަރުވާ ހޯދަމުންދަނިކޮށް ވަނީ މަރުވެފަ އެވެ.

ދާދި ފަހުން "ޒުވާނުންނާއެކު" ކާނިވަލުގައި "ގަޓު" ދެއްކެވި ޝައިނީ ވަނީ އެ ކަންކަމުގެ ތުހުމަތު ރައީސް މައުމޫނަށް ކުރައްވާފަ އެވެ.

ޝައިނީ ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު ހަލަބޮލިކުރުމަށް ޒުވާނުންގެ ފުރާނަ ދުއްވާލައި ތަންތާ ރޯކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ޝައިނީގެ އެ ޓްވީޓުގައި ރައީސް މައުމޫން ޓެގް ކުރައްވާފައިވެއެވެ.

ޝައިނީގެ ޓްވީޓުގައި ތަންތަނުގައި ރޯކުރުމުގެ ވާހަކަ ދައްކަވާފައިވާއިރު، ހޯމަ ދުވަހު ވަނީ މަޖިލިސް ފާހާނާއެއް ތެރޭ ރޯކޮށްލާފަ އެވެ. އެކަމާ ގުޅިގެން މަޖިލިސް ޖަލްސާތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން ދެއްވަން ހަމަޖެހިފައިވަނިކޮށް، މަޖިލިސް ކުރާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެއަށްފަހު ރައީސް ޔާމީން ރިޔާސީ ބަޔާން ދެއްވީ ދަރުބާރުގޭގަ އެވެ.

ހަފްތާއެއްގެ ތެރޭގައި ދެ މީހުން މަރައި، ގެދޮރަށް ވަދެ ވަޅި ޖަހައި މާރާމާރީ ހިންގަމުންދާއިރު ޝައިނީ މިނިސްޓަރުކަން ކުރައްވާ ސަރުކާރުން އަދި މިހާތަނަށް އެއްޗެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މި ފަހުން ހިނގި ދެ މަރާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވެސް ނުވެ އެވެ.

ކުށްކުރުން ހުއްޓުވުމުގެ ބަދަލުގައި ސިޔާސީ މީހުން ހިފާހައްޔަރުކުރުމުގައި ފުލުހުންގެ ވަސީލަތާއި ވަގުތު ބޭނުންކުރާތީ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ފުލުހުންނާއި ހޯމް މިނިސްޓްރީއަށް ފާޑު ކިޔަމުންނެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ޒުވާނުންނާ ކާނިވަލުގައި ބައްދަލުކުރައްވައި ޝައިނީ ވިދާޅުވެފައިވަނީ ސަރުކާރުގައި "ގަޓު" އެބަހުރި ކަމަށާއި ޒުވާނުންނާއެކު ޒުވާނުން ބޭނުންވާ ކަންތައް ކުރުމަށް ގަޓު ހުރި ކަމަށެވެ.

"ހިތާމައަކީ ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެން އުޅުއްވަނީ އަޅުގަނޑުމެން ތަންކޮޅެއް މަޑުމަޑުން، މައިތިރިކޮށް ތިބީމަ އަޅުގަނޑުމެންގެ ގަޓްސްއެއް ނުހުންނާނެއޭ. އަޅުގަނޑުމެންގެ ގަޓްސް އެބަހުރި. އިރާދަ ކުރެއްވިއްޔާ ތި ޒުވާނުންނާއެކު ޒުވާނުން ބޭނުންވާ ކަންތައް ކުރުމަށް އަޅުގަނޑުމެން ވެސް ގަޓްސް އެބަހުރި،" ޝައިނީ ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
24 ފެބުރުއަރީ 2017

އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

24 ފެބުރުއަރީ 2017
އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
29 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

29 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް